ފ. އަތޮޅު ނިލަންދޫ، ގޭބިސީތަކުގައި ބޭނުން ކުރަމުންދާ ވަޅުފެނުގައި ތެލުގެ އަސަރުކޮށްފައިވޭތޯ ބަލަން އެރަށު ކައުންސިލުން ފަށައިފިއެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އައްޑަނަ ރައްޔިތުންގެ ތެއު ސެންޓަރު ހިމެނޭ ސަރަހައްދަށް ޑީސެލް ލީކްވެ ބިމަށް ހިދިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަމަކީ ރަށުގެ ފެންފަށަލައަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް، ކަމަށް ފެންނީ ބޭފުޅުން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

"މި ހާދިސާއާ ގުޅިގެން އެއްވެސް ގޭބިސީއެއްގައި ބޭނުން ކުރައްވަމުންގެންދާ ވަޅު ފެނުގައި ތެލުގެ އެއްވެސް އަސަރެއް ހުރިތޯ ބައްލަވައި ފެނުގެ ކުލަ، ރަހަ، ވަހަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން މި އިދާރާއަަށް ވީ އެންމެ އަވަސް ފުރުސަތެއްގައި އަންގަވައި ދެއްވުން އެދެމެވެ". އެ އިއުލާނުގައި ވެއެވެ.

"ވަގުތު"އާ ވާހަކަދެއްކި އެރަށު ކައުންސިލް ބޭފުޅަކު ވިދާޅުވި، އަދި މިހާތަނަށް އެއްވެސް ގޭބިސީއަކުން އެފަދަ މައްސަލައެއް ކުރިމަތިވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

އަދި ބިމަށް ޑީސަލް ލީކްވާން ޖެހުނު ސަބަބު އަދި އެނގިފައި ނުވާ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމާއި ގުޅިގެން އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށާއި، އަންގަން ޖެހޭ ސަރުކާރުގެ އެހެން މުވައްސަސާތަކަށްވެސް އަންގާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސްވެރިޔާ

    މިއަދު ނިލަންދޫ ކައިރިން ބޭނި މަސްތައްވެސް ތިބީ ތެޔޮ ބޮއެގެން ކެނޑިފަ 😂

  2. ކޫއްޑޫ

    ގއ.ކޫއްޑޫގަ ތިފަދަ ހާދިސާތައް ހިނގާތާ ދުވަސްކޮޅެއްވެއްޖެ. އެންމެ ފަހުން ރިޕޯޓު ލިބުނު ގޮތުގަ 30 ޓަނުގެ ޑީސެލް ވަނީ ކޫއްޑޫގެ ބިމަށް ހިނދިފަ. މިހާރު ހިނގަމުންދަނީ އެ ތެޔޮތައް ބިމުން ނެގުމުގެ މަސައްކަތް. މީގެ ކުރިންވެސް އެތައް ސަތޭކަ ޓަނުގެ ތެޔޮ ލީކުވެފައިވޭ. އެ ފަހަރުވެސް ބިމުން ތެޔޮ ނެގުމަށްފަހު ރިފައިންކޮށް އަލުން ބޭނުންކޮށްފައިވޭ.