ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމަށް ނެގި ސުންކުތައް އިންޑިއާ އަށް ފޮނުވައިފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިއަދު ވިދާޅުވީ އެ ސުންކުތައް ފޮނުވީ އިންޑިއާގެ ކޮޗިން ޔުނިވާސިޓީއަށް ކަމަށެވެ. މިކަމުގައި އިންޑިއާގެ ހައި ކޮމިޝަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އީޕީއޭގެ ޓީމުތަކުގެ އެހީތެރިކަން ލިބުނު ކަމަށް އެ ތަނުން ވިދާޅުވިއެވެ.

ރާއްޖޭގައި އާދަޔާ ހިލާފަށް ކަނޑޫފާތައް މަރުވާކަން ފާހަގަ ކުރެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެގޮތުން ހަތް ރަށަކުންނާއި ސައިޓަކުން ކަނޑޫފާތައް މަރުވާ ކަން އީޕީއޭގެ ދިރާސާތަކުން ހޯދިފައިވެއެވެ. އެންމެ ބޮޑަށް ކަނޑޫފާތައް ހަލާކުވި ރަށްތަކުގެ ތެރޭގައި ހދ. ނޭކުރެންދޫ އާއި ހދ. ކެލާ ހިމެނެއެވެ. އެ ދެ ރަށުގެ ކަނޑުފާތަކުގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ އެއްކޮށް މަރުވެފައެވެ.

އީޕީއޭ އިން ވިދާޅުވި ގޮތުގައި އުންމީދަކީ ޔުނިވަސިޓީގައި ހަދާ ދިރާސާ އިން ކަނޑޫފާތައް މަރުވާ ސަބަބު އެނގިގެން ދިއުމެވެ.

އީޕީއޭއިން މީގެ ކުރިން ވަނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅިގެން ކުކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ކަނޑޫފާތައް މަރުވަނީ ނުހެދޭތި ތިއަކީ އިންޑިޔާއަށް ފޮނުވަން ޖެހޭ ކަމެއްނޫން.އާދަކާދައާ ޚިލާފުވީމާ ކަނޑޫފާ ކަހަލަ ތަންތަން މަރުވާނެ