ކޮވިޑް-19 އަށް ފައްސިވި ބަޔަކު ފެނިގެން، މޮނީޓަރިންގ ހާލަތަށް ލި ގއ. ވިލިނގިލީގެ މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.

އެރަށް ކަރަންޓީން ކުރީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އެރަށް ކަރަންޓީންކޮށްފައި ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ ދަރިވަރާއި އޭނާގެ ގޭގައި އުޅޭ އިތުރު ދަރިވަރަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެންމެ ފުރަތަމަ ފައްސިވި ދަރިވަރަކީ ދެއްވަދޫ އިހަލާއި (ކްލަސްޓާ) ގުޅިފައިވާ ކުއްޖެކެވެ.

ގއ. ވިލިނގިލީ މޮނީޓަރިންގ އުވާލިކަން އަންގާ މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށު ކައުންސިލަށް ލިޔުން ފޮނުވާފައެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ އެރަށުގައި ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ކަނޑައެޅުނު ކަންކަން ބެލުމުން, މޮނީޓަރިންގ ހާލަތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"މި ލިޔުމުގައި މޮނީޓަރިންގ އުވާލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ތާރީޙުން ފެށިގެން މޮނީޓަރިންގ އުވާލެވުނީއެވެ. އަދި މޮނީޓަރިންގ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީއެވެ". އެ ލިޔުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު