ގއ.ދާންދޫން އެއް އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެ ކުއްޖާ ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެެވެ.

އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު އެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެ ކުއްޖާ ފައްސިވުމާއެކު މިހާރު އެރަށުން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދު މެންދުރު "ވަގުތު"އަށް މައުލޫމަތު ދެއްވި އިރު، އެރަށުން އިއްޔެ ފައްސިކަމަށް އެންގި ވޭދަނައެއް ކަށަވަރުވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ މިހާރު ފައްސިކަން ކަށަވަރުކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހާއަކީ އުމުރުން 46 އަހަރުގެ އަންހެނެކެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވީ އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ.

ދާންދޫ އިން މިހާރު ފައްސިވަމުން އަންނަނީ ގއ ދެއްވަދޫ އިހާ (ކްލަސްޓާ) އާއި ގުޅިގެެންނެެެވެެ.

ކިޔުންތެރިންގެ ހިޔާލު