ކޮވިޑް-19ގެ މި ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނަމަ އަމަލު ކުރަން ޖެހޭ ގައިޑްލައިން ތައްޔާރުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލެކްޝަން ކޮމިޝަނަށް ފޮނުވައިފިއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބިލް ފާސްކޮށްފައިވާއިރު، އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އެޗްޕީއޭއިން، ޑްރާފްކޮށް ފޮނުވި ގައިޑްލާއިނާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމަށް ބޭއްވުމަށް ނިންމާފައެވެ. މި ބައްދަލުވުން އޮތީ މާދަމާ ހެނދުނު އެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެންނެވެ.
އިލެކްޝަން ކޮމިޝަނުން ދެން ނިންމީ މި އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލާފައިވާއިރު، އިލެކްޝަނުން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ.
މާދަމާ އޮންނަ ބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރުން އޮންނާނެ ކަމަށް އެޖެންޑާގައި ވެއެވެ.
ބަލަގަ ޝައިތާނީ ހުނުމެއް. ގައުމު ހަލާކު ކުރުމުގަ ކުރީގަ.
އަދަކީ އިއްޔެއެއްނޫނެވެ. އަދު އިއްޔެއަށް ނުވިޔަސް އިއްޔެ ކަންކުރި މީހުން އަދުވެސް ތިބީ ހަމައެކަމުގައެވެ. ވަރަށް އުފަލުގަ ކަމަށް ފެނެއެވެ. ޒަމީރު އެގޮތް ގަބޫލް ނުކުރިޔަސް ފަރުވާލެއް އޮތްހެނެއް ނުވާހާވެއެވެ. މީގެންވެސް މިދޭހަވަނީ މާތްﷲ ގެ މިންވަރު ފުޅެވެ.
ވޯޓުވަގު
މަކަރާ ހީލަތުން ފުރިފައިވާ ހިޔަޅު ދަތްޕިލަ އެއް ޗި ޗި ޗި ވޯޓް ވަގު
ޤައުމުގެ ހާލަތު ދުނިޔޭގެ ހާލަތު އެނގިހުރެ އިގްތިސޯދު ހަމައަކަށް ނޭޅޭހިނދު، އެހެންނަމަވެސް އަމިއްލަ އެދުން ކުރިއަށް ވިސްނީމާ ދެން ވާނެ ގޮތެއް އަކަކަށްވެސް ނޭނގޭނެ....ދޯ.....
ކިހާ ހަރަދެއްދެއްތޯ....މުސާރަ ބޮޑު،ކައުންސިލުން ގިނަ.... ބޮޑު ހަރަދެއް.....އާދައިގެ ރަށްރަށުގެ އިތުރުކުރެވޭ ކައުންސިލް ތަކާއި މުސާރައިގެ ސަބަބުން ސާޅިސް ފަސްވަރަކަށް ހާސް ރުފިޔާ ހަރަދުވޭ.....އެ ފައިސާ ހަރަދުކޮށްގެން މަރުކަޒަށް އިތުރު ޑޮކްޓަރެއް ގެނައުން މާ ރަގަޅު ...ނޫނީ އިޖްތިމާއި ފައިދާ ވާކަހަލަ ކަމެއް ކުރުން.... ކީއްތޯ
އަކުރަމް އަނެއްކާވެސް މެންބަރަކަށްވީތޯ؟ ފޮޓޯފުޅު@ ޕަކާސް