ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން މިހެން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފެއްދި ވެކްސިން މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.

އެ އުފެއްދުމަކީ އިންޑިއާގެ ސިރަމް އިންސްޓިއިޓް އިން އުފެއްދި އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން އެވެ.

އެ ވެކްސިން މާދަމާ މެންދުރު ރާއްޖެ އަންނާނެ އެވެ.

ދަ އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ، އިންޑިއާއިން އުފެއްދި ކޮވިޝީލްޑް މާދަމާ ރާއްޖެ ފޮނުވާނެ ކަމަށާއި، ރާއްޖެ ވެފައި ވަނީ އެ ގައުމުން ވެކްސިން ފޯރުކޮށްދެ ފުރަތަމަ ގައުމަށް ކަމަށެވެ.

އަދި އިންޑިއާ އިން ފޮނުވާ މި ވެކްސިން ރާއްޖޭގެ ހުރިހާ ފްރޮންޓްލައިން ހެލްތް ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިހެން އިންޑިއާ ނޫސްތަކުން ބުނިނަަވެސް، ރާއްޖޭގެ އެއްވެސް ކަމާއި ގުޅުން ހުރި އިދާރާއަކުން މިކަން ކަށަވަރުކޮށްނުދެއެވެ.

ރާއްޖެއަށް އިންޑިއާއިން ދެ މި ވެކްސިންއާ ގުޅޭގޮތުން އާއްމުން އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާއިރު، އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮންނާނެކަމަށާއި، ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓުތަކަށް ރަނގަޅަށް ބެލޭނެކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14،582 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ގަމާރު

    ދޮގުނެހެދުމަށް ގޮވާލަން ތިގޮތަށްވެންޓިލޭޓަރުތަށްވެސް ހޯދީ ޑަބުލިޔޯ އެޗް އޯ މެދުވެރިކޮށް ކަމަށް ނުބުނަންތަ ދިވެހިންނަކީ އިތިއޮޮޕިޔާއެއް ނޫން އެއަށްވުރެ ތަރަށްގީ ވާނެ އޮޅުވާނުލުމަށް އާދޭސްކުރަން.

    61
    1
  2. ޥެކްސިން

    ޢިންޑިޔާގެ ވެކްސިން ފުރަތަމަޖެހި މީހުންގެ ތެރެއިން 5 މީހުން މިހާރު މަރުވެއްޖެ ކަމަށް ޚަބަރު ލިބޭ އަދި 500 މީހުން ހޮސްޕިޓަލްގައި ވަރަށް ޙާލު ދެރަކަމުގެ މަޢްލޫމާތު ލިބެނީ

    ޢެންމެ ފުރަތަމަ ތިވެކްސިން ޖަހަންވާނީ މިހާރުގެ ރައީސާ އަދި ކުރީގެ ހުރިހައި ރައީސުންނަށް ލައިވްކޮށް، ނަމަނަމަ ޔާމީނު ގަޔަށް ނުޖަހާތި

    24
  3. އަޙްމަދް

    ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭނެ.
    ------------------------------------------
    ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތުނަސް
    ވެކްސިން ޖެހުމާއި ނުޖެހުމުގެ އިޚްތިޔާރު އޮއްނަން ޖެހޭނެއެވެ
    ނުރުހުމުގައި ގަޔައް އައްލައިގެން މަޖްބޫރު ކުރުވައިގެން ބޭސްފަރުވާ ކުރުމަކީ ނުވަތަ ވެކްސިން ދިނުމކީ ޝަރިޢަތްވެސް އަދި ޤާނޫނުވެސް ދައްނައެއްޗެއް ނޫނެވެ.

    22
  4. ތޮރާ

    ފުރާނަ ނުޒުލާގަޔަށް އެއަށްފަހު ރައްޔިތުން

    10
  5. ނޭފަރުމީހާ

    ޗަކޮއި ޗަ ގޮވަނީ ކީކޭ! މިހާރު އަހަރެންނަށް އޮޅިއްޖެ! ޑަބްލިޔޫއެޗްއޯ ގެ އަމްރުތައްވެސް ނެރެނީ ޗަކޮއިތަ؟ ޗަކޮޔާ ޗަހެން އުޅޭކަށްނުވާނެ! އަހަރެމެންނަށް އޮޅުވޭލޭގެންވެސް އުޅޭވޭނީ ވަކިވަރަކަށް! ޗަ އިންޖެކްޝަންއަށް ހުއްދަ ދޭން އަދި ކޭރިވެސްނުވޭ!

    12
  6. ޑަގަނާ

    ޜަނގަޅުތޯ ޓެސްޓް ކުރަން ރަައްޖެއަށް ގެންނަނީި.

    14
  7. ހަސަންކޮއި

    އޮޅުއާނުލާ

    11
  8. ހެހެހެ

    ދިވެހި ރައްޔިތުން ޤުރުބާން ނުކުރެއްވުމަށް އާދޭހާއެކު ދަންނަވަން. ހެޔޮނުވާނެ އާދޭސް ކުރަން މި ނިކަމެތި ރައްޔިތުންނަށް އަނިޔާ ނުކުރައްވާ ބަޔަކު ހިތްހަމަ ޖެއްސުމަށް ދިވެހި ރައްޔިތުން ހާލުގަ ނުޖައްސަވާ ޓެސްޓް ކުރަން ބޭނުން ކުރާ މީދާ ތަކަކަށް ނުހައްދަވާ

    12
  9. ސަމްސިއްޔަ

    އަނެއްކާވެސް ޑަބްލިއުއެޗްއޯގެ ހުއްދައޯ. ވެންޓިލޭޓަރުތައް ގެންނަންވެސް ޑަބްލިއުއެޗްއޯ މެދުވެރިކޮށޯ. އާހިރުގައި ކިހިނެތްވީ؟؟

    11
  10. އެމަންޖެ

    ބަލަގަ ޑަބްލިވްއެޗްއޯގެ މިންގަނޑުތަކަށް ފެތުމެއްނޫނޭ މުހިންމީކީ ތިޔައީ އަދި ޓެސްޓު މަރުހަލާގެ ވެކުސިނެއް ތިޔަ ޓެސްޓު ކުރަން ތިޔައުޅެނީ ދިވެހިން ގަޔައް 25000 ހާހުން 60000 ދިނަސް ތިޔައެއް ނުޖަހާނަން.

    12
  11. ފިޔަވަޅު

    މިމީހުނ ރަނގަޅުވާނެ ޕާޓީ ހިންގަން.

    12
  12. ޢަހުމަލް

    މިނިސްޓަރާ ރައީސް އަދި ވަޒީރުން، ތި ވެކްސިން ރައްޔިތުން ކުރިމަތީގައި އެންމެ ފުރަތަމަ ޖަހާބަލަ، އެހެން ގައުމުތަކުގަވެސް ކަންކުރީ އެހެން. ރަޝިޔާގެ ރައީސްވެސް ފުރަތަމަ ވެކްސިން ޖެހީ އަމިއްލަ ދަރިފުޅުގަޔަށް.

    10
  13. މަސްއޫދު

    ވެންޓިލޭޓަރ ތައްވެސް ޑަބުލިއޯއެޗްގެ މިންގަޑަށް ފެތުނެއްނޫންތޯ! ކަލޭމެން ދައްކާވާހްކް ގަބޫލުކުރާނީވެސް މޮޔައިން!

    10
  14. ސުދާ

    ހުއްދަ އަދި ނުލިބޭނު ކަމަނާ

    10
  15. ޓަކަފިރޯށި

    ޑަބުޔިއު.އެޗް.އޯ ކޮންޓުރޯލް ކުރަރާނީ ކޮން ކުންފުނި ތަކަކުންތޯ؟ ވެކްސިން ހަދާ ކުންފުނި ތަކަކަކުން ނޫންތޯ؟ މިހާރު ޖަހަމުންދާ ވެކްސިންތަކުން ނުރައްކާތެރި އަސަރެއްނުކުރޭތޯ؟ ނަޒްލާމެން އަމިއްލައަށް ނަޒްލާމެންގެ އިތުބާރު ނަގާލާފަ ދެން އިތުބާރު ހޯދުމަކީ ވ.އުދަގޫކަމެއް!

  16. ބެއްޔާ

    އިންޑިޔާގެ ވެކްސިން އިނޑިޔާގެ ރައްޔިތުންނަކަށް އަދި ނުދޭ. ޓެސްޓުކުރަން ރާއްޖޭގެ ރައްޔިތުންނަށް ދޭނެކަމެއްނެތް.

    10
  17. އަޙްމަދު

    ދިވެހި ރާއްޖޭވީމާ ދުނިޔޭގެ ސިއްޙަތު ޖަމްޔާ އޯކޭ ވާނެ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  18. މުހައިމިން

    ކަމަނާ މޮޔަފުޅު ވަނީތޯ ތިއައީ އަދި ހުއްދަ ނުދޭ ފޭސް 3 ގަ އުޅޭވެކްސިނެއް

  19. ރެފްރީ

    ރާއްޖެ
    ވިޔަފާރި
    Baeh kahala haalathuge meehun Bharat Biotech ge covid vaccine nujahan e kunfunin angaifi
    އިންޑިއާ ކުންފުނީގެ ކޮވިޑްވެކްސިންގަ ސައިޑްއިފެކްޓްސްގެ ސީރިއަސް މައްސަލަތަކެއް
    ސައިފް އަޒްހަރު
    ސައިފް އަޒްހަރު
    19 January 2021, 18:54

    އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ކޮވިޑް ވެކްސިން، ބައެއް ހާލަތްތަކުގައި ތިބޭ މީހުން ނުޖެހުމަށް އެކުންފުނިން ގޮވާލައިފިއެވެ.

    ބާރަތު ބަޔޯޓެކުން ބުނެފައިވަނީ، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، އެލަޖީއާއި، ހުން އައުމާއި ލޭއައުންފަދަ ކަންކަން މެދުވެރިވާ ބަލިތަކުގެ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނޭ ކަމަށެވެ. ނުވަތަ އެފަދަ ހާލަތްތަކުގެ މީހުން އެ ކުންފުނީގެ ވެކްސިން އެއްގޮތަކަށްވެސް ނުޖެހުމަށް އެދިފައި ވެއެވެ.

  20. އިބްރާހީމް

    މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮންނާނެކަމަށާއި، ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓުތަކަށް ރަނގަޅަށް ބެލޭނެކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.
    ރާޢްޖޭގެ ފުޑް އެންޑް ޑޮރަގް އޮތޯރިޓީ އަކީ ކިހާވަރެއްގެ ތަނެއްބާއޭ ހިތަށް އަރާ....

  21. ރެފްރީ

    ސަބަބަކީ، ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިންގެ ރައްކާތެރިކަމާއި، އެ ވެކްސިން، ކޮވިޑްބަލިން ދިފާއުކޮށްދޭ މިންވަރާއި، ކްލިނިކަލް ޓްރައިލްސްގެ މާގިނަ މައުލޫމާތު އެ ކުންފުނިން ހާމަކޮށްފައި ނުވާތީއެވެ.

  22. ރެފްރީ

    ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ބާރަތު ބަޔޯޓެކްގެ ވެކްސިން، އިމަޖެންސީ ބޭނުންމަށް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަދިނީ، އެ ކުންފުނިން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާގެ އިތުރު މައުލޫމާތު ދިނުމަށް ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާގެ "ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީން" އެދުނުތާ އެއްދުވަސްފަހުންކަން ހާމަވުމާ ގުޅިގެންވެސް އެތައް ޝައްކުތަކެއް އުފެދިގެން ގޮސްފައި ވެއެވެ.

  23. ރެފްރީ

    އިންޑިއާގެ ސިއްހީ އެތައް ފަރާތަކުންނާއި، ސައިންސްވެރިންނާއި އަދި އިންޑިއާގެ ސިޔާސީ މައިދާނުގެ އެތައް ބަޔަކުވަނީ މި މައްސަލާގަ ނުރުހުން ފާޅުކޮށްފައެވެ.

    10
  24. ބެއްޔާބެ

    އިންޑިއާގެ ކޮވިޑް ވެކްސިން ބައެއް ދިވެހިންނަށް ކަމަކު ނުދޭ. އެކަމަކު ތިމާ އާއި ތިމާގެ އަނބިދަރިން ގަޔަށް މިހާރު ޖަހާފައިވާ ވެކްސިންގެ 60 ޕަސެންޓަކީ އެއްކަލަ ކައްޕަޅި އިންޑިއާ އިން އުފައްދާފައި ހުރި ވެކްސިން. ބަލިވީމާ ދަތުރު ހަދައިގެން ބޭސްފަރުވާ އަށް ދަނީ އިންޑިއާ އަށް. ބޭނުންކުރާ ބޭސްތަކުގެ 90 ޕަސެންޓަކީ އިންޑިއާގެ އުފެއްދުންތައް. އަޅެ ގޮސް ގޭގައި އޮތް ބޭސްކޮތަޅު ޗެކް ކޮށްލަބަލަ. ކޮންތަނެއްގެ އުފެއްދުމެއްތޯ. ޒަމާނީ ބޭސްވެރިކަމުގައި އިންޑިއާއަކީ ޔޫޕަރަޕްގެ ބޮޑެތި ގައުމުތަކަށް ވުރެ ވެސް ކުރީގައި އުޅޭ ގައުމެއް.

    1
    4
  25. އައްޑޫ މީހާ

    ފުރަތަމަ ރާއްޖެއިން ކޮވިޑް19 ފެނިގެން ކެނެރީގޭ މޮޔަސޮރާއި އަދިވެސް އޭނަގެ ބާގައިގެ މީހުން ކިޔަމުންދިޔަ މިވެނި އަދަދަކަށް މީހުން މަރުވާނެއޭ ކޮވިޑްޖެހިގެން މިހާރު ތިޔައުޅެނީ އެބުނި އަދަދަށް މީހުން މަރަން ކޮވިޑް ވެކްސިނޭ ކިޔާފައި އިންޑިއާގެ ޓެސްޓް ވެކްސިން ރާއްޖޭގައި ޓެސްޓްކޮށްގެން ނިކަން ކެރެންޏާ ތިޔަ ޑަބްލިއު އެޗްއޯއިން އެޕްރޫވްކުރި ލިޔުމާއި ޓެސްޓް ކާމިޔާބުވި ކަމުގެ ތަފްސީލް ރައްޔިތުންނަށް ދައްކަބަލަ ރަނގަޅު ވެކްސިނެއް ރާއްޖެއަށް ލިބެންދެން ރާއްޖޭގެ ރައްޔިތުން ތިބިހާލަުގައި ބޭތިއްބުން މާރަނގަޅު ވާނެ ތިޔަ ހަދަން އުޅޭ އެއްޗަކުން އެތަކެއް އާއިލާއެއްް ބިކަވެ ހިތާމައިގެ ކަނޑަކަށް ޤަރަގުވެދާނެ

  26. މާޝާ

    ޑަބްލިޔޫ އެޗްއޯ މިންގަނޑައް ނުފެތޭ ވެކްސީނެއް ނެތް.. އެކަަމަކު މިކިޔަނީ ހަމަ ޑަބްލިޔޫ އެޗްއޯއަށް ފެތިފައި ހުރި ވެކްސީން ޖަހައިގެން މީހުން މަރުވަމުންދާތީ އެތަކެތީގެ ރައްކާތެރިކަން ޔަގީން ނުވާކަމާއި އަދި މިކަމުގައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ސަރުކާރުތަކުޔާއި ސިއްހީދާއިރާ އަދި ޕަބްލިކް ހެލްތު ފަރާތްތައްވެސް ކަންބޮޑުވެފައިވާކަމެވެ. ވީމާ ޑަބްލިޔޫ އެޗްއޯގެ މިންގަނޑޭ ކިޔާލާފަ މިފަހަރު ނިންމާލެވޭކަށެއްނެތް.. ޑަބިލިޔޫއެޗްއޯ ވެގަނެގެން ތިބެ އަމިއްލަ ގަޔަށާއި ކަލޭމެންގެ އަނބިދަރީންނާއި މައިންބަފައިންނައް ތިޔާ ވިހަ ޖަހާށެވެ. ކޮންމެހެން ރައްޔިތުން ވާވައްދަން ނޫޅެ ފުރަތަމަ ހުރި ވެކްސީންތައް އަޅުވާކިޔައި ދިވެހިންނައް ދޭން އެންމެ ކަމުދާ އަދި ޔަގީންކަން ބޮޑު ވެކްސީނަކީ ކޮބާކަން ކޮންމެވެސް ޓުރާންސްޕޭރަންޓު އަދި އިންޑިޕެންޑެންޓް މެތަޑަކުން ހޯދައި ރައްޔިތުންނާއި އެކަން ހިއްސާކުރާށެވެ. ކަލޭމެންގެ ފެންވަރާއި ގާބިލުކަމާއި ނުގާބިލުކަމުގެ މިންވަރު އަހަރެމެން ރައްޔިތުން ދަންނަމުއެވެ. ވީމާ ކަލޭމެން ކިޔާހައި ކޮހަކާއި ހާވާހާ ހަޑިޔެއްއަކައް ކަނުވެތިބެ ބަލައިގަންނާކަށެއް ދިވެހިރައްޔިތުން ތިބީ ތައްޔާރަކައް ނޫނެވެ. ވަރައްވެދުން.

  27. އެންދެރި

    ކޮލިޓީ ދަށް ވެކްސިން އެއް ޖަހަން ސަރުކާރުން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ އެވެ.

  28. ރޯދަ މުބާރިކް

    މުހިންމީ މިންގަޑު ފެތުމެއް ނޫން! މުހިއްމީ ޑަބްލު އެޗް އޯ ގެ ހުއްދަ ލިބިފަ ވޭތޯ..! މި އުއްފެއްދި ހުރިހާ ވެކްސިނެއްވެސް އަދި ވެސް ޓެސްޓް މި ކުރެވެނީ...!! ވީމާ އިންޑިޢާ ތީ މާ ހާލު ދެރަ ބައެއް މި ކަމުގަ...ވިސްނާލާ..!!