މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 32 މީހުން ފައްސިވީ މާލެއިންނެވެ. 17 މީހަކު ރިސޯޓްތަކުން ފައްސިވެފައި ވާއިރު، ދެމީހަކު ވަނީ އަތޮޅުތެރެއިން ފައްސިވެފައެވެ.

މިއަދު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3168 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 49 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު