23:15

ރާއްޖޭގެ ރިސޯޓްތަކުގައި ކޮވިޑް-19 އަށް ފައްސިވެ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދުތައް އިތުރުވެއްޖެ.

22:56

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި ކޮވިޑް-19 ފެތުރި އެރިސޯޓުން މިހާތަނަށް 70 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:44

ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްއޯސީ އިން ވިދާޅުވެއްޖެ

22:29

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 79 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:26

ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހަން ފަށާނީ، އެ ވެކްސިންއެއް ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަމުގެ ޔަގީން ވުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

16:03

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށް ކޮވިޑް-19 ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.

14:49

ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފައްދަފައިވާ ވެކްސިންގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ދޭ ވެކްސިންއާއެކު އިންޑިއާގެ ފްލައިޓް ރާއްޖެ އަތުވެއްޖެ.

14:42

14:06

ކުރިއަށް އޮތް މަސްތަކުގައި އެންމެންނަށް ހިލޭ ކޮވިޑް-19ވެކްސިން ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ.

13:36

ގިނަބަޔަކު ފައްސިވި ގއ. ދެއްވަދޫއަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކެއަރ ޕެކޭޖް ފޮނުވައިފި.

12:24

ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު 14:00 ގައި ރައްޔިތުންނާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވެއްޖެ.

މަބްރޫކް ވިދާޅުވީ ރައީސް ގައުުމާއި މުޚާތަބު ކުރައްވާނީ ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކޮށް ކަމަށް.

10:34

އިންޑިއާ އިން ވެކްސިން ދިނުމާއިއެކު ނުރައްކާތެރި ވައިރަހުން ރާއްޖެ ސަލާމަތްވާނެ - ރައީސް ނަޝީދު


ކޮވިޑް-19 އަކީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާ ވައިރަހެއްކަން ޗައިނާ އިން ކަށަވަރު ކޮށްދިންތާ އެއްއަހަރު ދުވަސް ވީއެވެ. މިއެއްއަހަރު ދުވަހުގެ ތެރޭގައި 96 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ، ދެމިލިއަން މީހުން ބަލި ޖެހިގެން މަރުވެއްޖެއެވެ.

ކޮވިޑް-19 އަކީ އިންސާނުންގެ ތެރޭގައި ފެތުރޭ އެއްޗެއްކަން ޗައިނާ އިން ކަށަވަރު ކޮށްދިންތާ އެއްއަހަރު ވީނަމަވެސް ބަލި ޗައިނާ އިން ފެނުނުތާ މިހާރު އެއްއަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ހުރިހާ އުއްމީދެއް ގުޅިފައި އޮތީ ވެކްސިނާއެވެ. ވެކްސިން ދިނުމުގެ މަސައްކަތް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފަށާފައި ވާއިރު ވެކްސިންގެ ރައްކާތެރިކަމާއިމެދު އުފެދޭ ސުވާލުތައް ވެސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާކާރުން އަދިވެސް ތިބީ މިހާރު ހުއްދަ ދީފައިވާ ވެކްސިންތަކަށް ވަރަށް ބޮޑު އިތުބާރެއް ކޮށްގެންނެވެ.

މާދަމާ އަކީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކޮވިޑް-19 ވެކްސިން ގެންނާނެ ދުވަހެވެ.

މާދަމާ ރާއްޖެ އަށް ހާއްސަވާފަދައިން މާދަމާ އަކީ ދުނިޔެ އަށް ވެސް ހާއްސަ ދުވަހެކެވެ. ޖޯ ބައިޑެން މާދަމާ އެމެރިކާގެ ވެރިކަމާއި ހަވާލުވާއިރު އޭނާ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފާފައެވެ. އެމެރިކާގައި ބަލި ކޮންޓްރޯލް ކުރެވިއްޖެނަމަ އެކަމުގެ ފައިދާތައް ދުނިޔެއަށް ކުރާނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.