ހިޔާ ފްލެޓުތަކުގެ ލިސްޓުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ޓީޗަރުންގެ ފްލެޓުތަކުގެ ކެޓަގަރީންކަމަށް ފްލެޓުތައް އަލުން ބަހާލުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި އޮންނަ ކޮމިޓީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މަޢުލޫމާތު ދެއްވަމުން ފްލެޓް ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވިދާޅުވީ ޓީޗަރުންގެ ކެޓަގަރީތަކުގައި ފްލްޓު ދޫކުރުމަށް ކުރިން އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން ޙައްގުވާ ފަރާތްތަކަށް ފްލެޓު ލިބޭނެ މަގު ވަރަށް ބޮޑަށް ހަނިވެފައިވާކަމަށެވެ.

އުސޫލުގައި ކުރިން އޮތް ގޮތުން މާލޭގައި އެތައް އަހަރުތަކެއް ވަންދެން ކިޔަވައިދިނުމުގައި ޙަރަކާތްތެރިވަމުންދާ ޓީޗަރުންނާއި އެއަށްވުރެ މަދު ދުވަސް އެކަމުގައި ހޭދަކޮށްފައިވާ ޓީޗަރުންގެ މެދުގައިވެސް ޕޮއިންޓު އެއްވަރަކަށް ހުރިކަން ކޮމިޓީން ވަނީ ފާހަގަކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން އެންމެ އިންސާފުވެރިކޮށް ކުރުމަށް ޓީޗަރުން ކިޔަވައިދިނުމުގައި ހޭދަކުރި މުއްދަތަށް ބެލިގެން ޕޮއިންޓު ދިނުމަށް ބަދަލެއް ގެނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޠާހާ އެހެން ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުގައި ވަނީ ޓީޗަރުންގެ ކެޓަގަރީން ފްލެޓަށް ކުރިމަތިލި ހރިހާ ޓީޗަރުންނަށް ފްލެޓް ދީފައެވެ. އެހެންކަމުން ޕޮއިންޓް ލިބުމުގައި ތަފާތެއް ހުރިނަމަވެސް ފްލެޓަށް ކުރިމަތިލީ ހުރިހާ އެންމެންނަށް ފްލެޓް ލިބުމުން ޓީޗަރުންގެ ކެޓަގަރީން ފްލެޓް ނުލިބޭ އެއްވެސް ޓީޗަރަކު ނެތެވެ.

"ކުރީ ސަރުކާރުން ނިންމާފައި އޮތީ ކުރިމަތިލީހާ ޓީޗަރުންނަށް ފްލެޓު ދޭން. އެހެންވީމަ އެގޮތަށް ބެލިފައެއް ނެތް. މިހާރު އެލޮކޭޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވިފަމިވަނީ. މިހާރު އަޅުގަނޑުމެން ބަލާފަވާނެ ގްރޭޓަރ މާލެ ސަރަޙައްދުގައި ވަޒީފާ އަދާކުރި މުއްދަތު ބަލާފައި އެކަމަށް އިންނާނެ ބަދަލެއް ގެނެސްފައި." ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ޕޮއިންޓު ދިނުމުގައި ކިޔަވައިގެން ހުރި ދާއިރާއާއި ކިޔަވައިދޭ ދާއިރާ އަށް ވެސް ފްލެޓް ކޮމެޓީން މިހާރު ބަލައެވެ.
"ކިޔަވައިގެން ހުރިދާއިރާއަކުން ކިޔަވައިދިނުމުން ޕޮއިންޓް ލިބޭ އުސޫލު އިސްލާޙުކުރުމަށް އަޅުގަނޑުމެން ހަޔަރ އެޑިއުކޭޝަނާއި، އެޑިއުކޭޝަނާއި، ކޮލިފިކޭޝަން އޮތޯރިޓީއާ މަޝްވަރާކޮށް މިހާރުވާނީ ޝަރީއާއިން ލޯއިން މަތީތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ޓީޗަރަކު އިސްލާމް ދިވެހި އުނގަންނާއިދެއްވިޔަސް ޕޮއިންޓް ލިބޭގޮތަށް ބަދަލުކޮށްފަ." ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ކުރިން ފްލެޓަށް ފޯމުލީ 625 ޓީޗަރުން ނަށް ވަނީ ފްލެޓު ދީފައިއެވެ. މިސަރުކާރުން ވަނީ އޭގެތެރެއިން 102 ފްލެޓް ނަގަައި ޓީޗަރުންނަށް ކަނޑައެޅި ފްލެޓުގެ އަދަދު 523 އަށް މަދުކޮށްފައިއެވެ.

ފްލެޓްތައް މިހާރު ބަހަމުންދާ ގޮތުން އެތައް ހައްޤުވެރިންނެއްގެ އަތުން ފްލެޓްތައް އަތުލާތީ އާއްމުންގެ ޖަމިއްޔާ އިން ބުނީ 102 ޓީޗަރުންގެ ފްލެޓު ގެއްލުނީ ސަރުކާރުގެ ނިންމުމަކުންކަމަށާއި އެ ފަރާތްތަކަށް ފްލެޓް ހައްގު ނުވާތީ ނޫންކަމަށެވެ. "ފްލެޓް ގެއްލުނީ ފަރާތްތަކަށް ނުހައްގުން ފްލެޓް ދީފައިވާތީއެއް ވެސް ނޫން. އެއީ ސަރުކާރުގެ ސިޔާސީ ނިންމުމަކާއި ހެދި. ވީމާ ޓީޗަރުންނަށް ކަމެއް ކޮށްދޭނަމަ އެ 625 ފްލެޓު އަނބުރާ ޓީޗަރުންނަށްދީ." އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ފްލެޓްތައް އަލުން ބަހަމުން ގެންދާ ގޮތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކުރަމުން ގެންދިޔަ ނަމަވެސް އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކަށް އަދި އެއްވެސް ހައްލެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޞިރާޠު

    ކަލޭމެންނަށް އެންމެ މަޞްލަޙަތުހުރި ރަގަޅުގޮތަކަށް ވީހީ ޔާމީންގެ ހިޔާ ފްލެޓްތަކުގެޙައްޤުވެރިންގެގޮތުގައި ޔާމީންގެ ސަރުކާރުން ކަނޑައަޅާފަހުރި ފަރާތްތަކަށް ފްލެޓްތައްދީފަ ކަލޭމެން އަޅަންބުނެ ވަޢުދު ތަކުރާރުކުރި 20000 ފްލެޓް އަޅާފަ މުންޖޭ ކިޔުމެވެ. މީގެކުރިން ޔާމީން އެޅި 700 ފްލެޓްވެސް ޔާމީންގެ ސަރުކާރުން ކަނޑައެޅި އުޞޫލުން އެހުރީ ދީ ނިމިފައެވެ. އެ ހުރިހާ ތަނެއްގައި އެތިބަ މީހުން އުފަލުގައި ދިރިއުޅެނީއެވެ. ކަލޭމެން އޭރު ނުކިޔަމުއެވެ.

    30
    2
  2. ކަތި

    (ޠާހާ މުޙައްމަދު ވިދާޅުވީ ޓީޗަރުންގެ ކެޓަގަރީތަކުގައި ފްލްޓު ދޫކުރުމަށް ކުރިން އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން ޙައްގުވާ ފަރާތްތަކަށް ފްލެޓު ލިބޭނެ މަގު ވަރަށް ބޮޑަށް ހަނިވެފައިވާކަމަށެވެ.) ބަލަގަ ކުރިމަތިލި އެންމެނަށް ލިބުނު އެއްޗަކުން ދެން ކޯޗެއްތަ މި ހަނިވެގެން އުޅެނީ؟ ރޯމާދުވާލު އޮޅުވާލުން

    40
    1
  3. ޢިމާދު

    ހާސްރުތައް ދަމާނޭކަމެއްނެތެވެ. ތިޔަ ވެރިކަން ވެއްޓުމާއެކު ކުރިން އޮތް ލިސްޓްތކުގައިވާގޮތަށް ފްލެޓްތައް ދެވޭނެއެވެ. އަޞްލު ޙާޖަތްތެރިން ބޭރުކޮށް މި ވެރިކަމުގައި އުޞޫލުންބޭރުން އެތަނަށްވައްދާފަތިބި އެންމެން ނެރެ ބޭރުކޮށްލެވޭނެއެވެ. އެދުވަހުން ރ އިން ކިތަންމެވަރަކަށް ފެލުނަސް އަޑުއަހާނޭ ކަންފަތެއް ނުހުންނާނޭކަން ދަންނަންވާނެއެވެ.

    26
    2
  4. އެހަދާނުގައި

    ސުވާލަކީ ޓީޗަރުންގެ ކެޓަގަރީން ކުރިމަތިލީ އެއްމެންނަ ފްލެޓްލިބޭނެކަން އޭރުގެ ސަރުކާރުން ލިޔުންނުދޭތަ...ކަލޭމެން ހައްގުކަމަށް ނިންމާ އެއްވެސްކަމެ ނު ހައްގުންނޫނީ ނިމިފަނޯވޭ...،. ކަލޭމެންގެ ހައްގަކީ ނު ހައްގު...މިފަސްއަ ހަރު ކަލޭމެން ނިންމާލާނީ ހައްގުކަށަވަރު ނުކުރެވިތިބެ...ވެރިކަން ނުލިބޭއިރު ގޮވަމުންދިޔައީ ކުރީސަރުކާރުންދޫކުރި ޗައިނާޓައުންގަ ހުރި ފްލެޓްތަ އަތުލާނަމޭ އެއީވެސް ނު ހައްގުން ދޫކޮއްފަ ހުރި ފްލެޓްތަކެކޭ..ކި ހިނެތްމި ހާރު އެތަންތަނުގެ ހައްގުކަށަވަރު ކުރެވިއްޖެތަ.. ފްލެޓްތަ ނު ހައްގުން ބަ ހާކަމަށް އެއްމެވަރުގަދަޔަށް އަޑުއެރުވި ނޫސްވެރިޔާ ފަޒީނާކޮބާ މި ހާރު ހައްޕުކިޔައިގެން އެ ހުންނަ މިސަރުކާރުން ހައްގަށްބަ ހާތީތަ...މިވަރުގެ މީ ހުން މިތިބެނީ ނޫސްވެރިންނަވެސް..

    22
    1
  5. ފިޔަވަޅު

    މި ތަންދޮރު ނުދަންނަ ސަރުކާރަށް އެންމެ ފްލެޓްގަނޑެއްވެސް ނޭޅޭނެތީ ފްލެޓް ލިޔުން ލިބިފަ ތިބި މީހުންގެ ހައްޤު ފޭރިގަނެފަ ޕާޓީ ކުދިންކޮޅަށް ބަހާލަނީ .

    12
  6. ސޭމް

    ޓީޗަރަކައް ވީތީ ފްލެޓް ދޭކަށެއް ނުޖެހޭނެ .ތިފްލެޓްތައް ބިން ހިއްކާފާ ބުނީ މާލޭ ރައްޔިތުނގެ ގޯތި ގެދޮރުގެ ދަތިކަން ފިލުވަ ދޭނެ ވާހަކަ . ދެން ފުރަތަމަ ދީ ގޯތީގެ ދަތިކަން ހުރި ފަރާތް ތަކަށް އެއި ޓ އަކަށްވިޔަސް ޑީ އަކައްވިޔަސް .

    6
    6
  7. ވާނުވާ

    މާލެ ރައްޔިތު މީހަާ އަށް ތިތަން ދިނީމަ ތިމާ މީޙަާ މަގުމަތީ ހުރެފަވެސް ތިތަން ދޭނީ ކުއްޔަށް. ކުއްޔާ ހެދި މޮޔަވެ ފަ ތިބޭބާއެއް އެއީ .
    ނިކަމެތި ރަށްރަށު މީހުންނަށް ރަށުން ކިޔެވެން ނެތިގެން ވަޒީފާ ނެތިގެން ސިއްހީ ހިދުމަޔް ނުލިބިގެން މިތަނަށް އަންނަން މަޖްބޫރު ވަނީ.
    ކުރިން ރާއްޖެތެރެ ކުދިން ކިޔަވާދޭނަމޭ ކިޔާފަ މާލެ މީހުން އަޅުން ހެންވެސް ގެންގުޅުނު .
    މިހާރު މީހުން ހޭލުން ތެރިވެ ދަރިމް ގޮވައިގެން އަންނަނީ ކިޔަވާދޭން .
    މައުމޫން މުޅި ސިޔާސަތު ބިނާކުރީ ރަށްރަށު މީހުން ނިކަމެތި ކުރަން .
    ޢެގޭގަވެސް ރަށްފުށު ކުދިން ލަށްވާ ނޯކިރީ ކުރުވި ކަމަށް ވަނީ .

    15
    1