އިންޑިއާ އިން ރާއްޖެ އަށް މިއަދު ކޮވިޑް-19 ވެކްސިންގެ އެއްލައްކަ ޑޯޒް ހަދިޔާ ކުރުމަކީ ނުރައްކާތެރި ވައިރަހުން ރާއްޖެ ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ފެށުމަށް ވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އަސްޓްރާޒެނެކާގެ ވެކްސިންއާއި އެކު މިއަދު އެއާ އިންޑިއާގެ ފްލައިޓެއް މާލެ އަންނާނެ ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. ނަމަވެސް މިއީ އިންޑިއާގައި އުފައްދާ، އެކަމަކު ސީދާ އިންޑިއާގެ ވެކްސިނެއް ނޫނެވެ. މިވެކްސިނަށް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހުއްދައެއް ނުދެއެވެ.

އަބަދުވެސް އިންޑިއާއަށް ތައުރީފް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ވެސް ވަނީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ތައުރީފް ތަކުރާރު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ސުނާމީ ކާރިސާ އާއި 1988 ވަނަ އަހަރުގެ ހަމަލާ އާއި އަދި މާލެ އަށް ދިމާވި ފެނުގެ ކާރިސާގެ އިތުރުން ކޮރޯނާ ވައިރަސް ކުރިމަތިވުމުން ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން އަވައްޓެރި ގައުމަކީ އިންޑިއާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާ ކުރާތީ އެކަމަށް ގިނަ ދިވެހިން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް އަދި ހުއްދަ ދީފައި ނުވާ ވެކްސިނެއް ރާއްޖެ އަށް ގެނެސް ދިވެހިންގެ ގަޔަށް ޖަހަން ތައްޔާރުވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދ އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ގެނައި ނަމަވެސް ވެކްސިން އާއްމުކޮށް ޖަހަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. އެޗްޕީއޭ އިން މިހާރު ވަނީ ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީ ވާން ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަހްމަދު

    ރާއްޖެއަށް ވެކްސިން ލިބުނަކަސް މިހުން ގަޔަށް ވެސިން ނުޖަހަނީސް މިކަމަނުން އަރައެއް ނުގަނެވޭނެ!!!!

    34
    6
  2. ޕޮކަންޑި

    ހަޖަމް ކޮށްލަ ދަރިޔާ

    4
    54
    • ފިޔަވަޅު

      މަށަށް ފެންނަނީ އެންމެ ފުރަތަމަ ނަޒްލާ އާ މައިމޫނާ ޖަހަން

      57
      • ީއަހުމަދު

        އިބޫއާއީ އިންޑިއާސަފީރައްވެސް

        21
  3. ސައްބު

    މަބުނަން އޮތް ވާ ހަކައަކީ އިންޑިއާ މީ ހުން ލެބޯޓަރީ ޓެސްޓްތަކާ ތަ ހުލީލުތައް ކުރުމަށް ޤުރުބާންކުރާ ކަންބަޅި ތަކަކަށް އެއްވެސް ދިވެއްސަކު ނުވާށޭ. ޑަބްލިޔު. އެޗް. އޯ އެޕްރޫވް ކޮށްފައިވާ އެއްޗެއްތޯ ނުބަލައި އެއްވެސް ވެކްސިން އެއް ލޮބުވެތި އެއްވެސް ދިވެ ހި ރައްޔިތަކު ނުޖަ ހައްޗޭ. މިމީ ހުން އިންޑިއާ އެދިއްޖެ ކޮންމެ ކަމެއް އަހަރެމެންނަށް ކޮށްފާނެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނެތިކޮށް ނުލަެްވާށޭ! ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    137
    4
  4. އެންދެރި

    ގައުމުގެ ރައީސް ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ވާހަކަ ކުރީގެ ރައީސް އަކު ހާމަ ކުރުމަކީ ވ ނުރައްކާ ތެރި ކަމެކެވެ. ސަރުކާރު ތެރެއިން ވަގައް ހަބަރު ތައް ނެގުން ހުއްޓުވަން ޖެހެ އެވެ.

    102
    2
    • ފާއިޒު

      ޤައުމުގެ ރައީސް އަށް ރޮވިދާނެތީ އެކަހަލަ ވާހަކައެއް ނުބުނެ މަޑުކޮށްލާފައި ޅިޔަނެއް ލައްވާ އެވާހަކަ ބުނުވީކަމަށް ވެދާނެ

      86
      3
  5. ސްކިޕަރ

    އިންޑިއާއިން ގެންނަނީ އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯޑުވެކްސިން. އެހެން ޖަހާބަލަ ހަބަރު ތަކުގައި.

    45
    7
  6. އައްޑޫ މީހާ

    ކަލެއާއި އިބިރިހިމާ އެންމެ ފުރަތަމަ ވެކްސިން ޖެހީމަ ރައްޔިތުން އެއްބަސްވާނީ ވެކްސިން ޖަހަން މަށަށް އަޑު އިވިފަ އޮތީ ކަލެއާއި އިބިރިހިމާއާއި ދެގޮލާ ރާއްޖެއިން ބޭރުން ވެކްސިން ޖެހިވާހަކަ ދޮގަކަށް ނުވާނަމަ ކަލޭގެ ދެވަގުން ވެކްސިން ޖަހާބަލަ ޖަހަން ދެކޮޅު ހަދާނަމަ ޔަގީން ބޭރުން ވެކްސިން ޖަހައިގެން ތިބިކަން

    71
    1
  7. ޖިހާދު

    މި ފަހަރު ސޯލިހު ސައުދީޔަ ގޮސް ފަ ޗައިނާއިން ސައުދީޔަ އެތެރެ ކޮއް ފަހުރި ވެކްސިން ޖެހިކަމަ ވވވވ ބޮޑައް ދެކެވޭ ވާހަކަޔަ އެހެން ވެއްޖެއިޔާމު އިންޑިޔާގެ ތިވެކްސިނަ ސޯލިހު ވެސް އިތުބާރު ނުކުރަނީ ތާ ސޯލިހު ވެސް އެބޭނުން ކުރީ ޑަބުލިޔު އެޗް އޯ އިން އެޕުރޫވްކޮއް ފަ ހުރި ވެކްސިން އިންޑިޔާގެ ތިޔަ ޑަބުލިޔު އެޗްއޯގެ އެޕްރޫވް ނުލިބޭ ވެކްސިން ސޯލިހް ވެސް ނުޖަހަން ވެގެން ސައުދީން އެޖެހީ ސޯލިހު ބޭނުންމަނުން ހަގީގަތުގަ ތިވެކްސިން ދިވެހިން ގަޔަޖަހާކައް
    ދެންޖެހޭނީ ކެނެރީގެ އިން ނެރޭގަރާރަކުން މަޖުބޫރުން ސޯލިހް ލަވާ ތިވާހަކަ ދަކުވަން އަަދި ވަލުއީ ގާނޫނަކުން ބިރުދަކާގެން ތިޖަހަން

    46
    1
  8. ހުސެން

    މިވެކްސިނަށް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހުއްދައެއް ނުދެއެވެ.

    74
    1
  9. ޑޯ

    ނަސީދު އާއި ގެރިން ތި ޖަހަން ވީ...

    62
    3
  10. ރަނައުރާ

    މަމެންނަށް ފެންނާނެ ހެން މީޑިއާ ކުރިމަތީގަ ދެ ޅިޔަނުން ވެކްސިން ޖަހާ ފަ ރައްޔިތުންނަށް ވެކްސިން ޖަހަން އަންގާ. ތިޔަ ވެކްސިން އަށް ދުނިޔޭގެ ހެލްތް ޖަމިއްޔާ އިން ހުއްދަވެސް އަދި ނުލިބޭ

    48
    1
  11. Anonymous

    މުރުތައްދުވެފައި ހުރި ގޮލައެއް

    33
    3
  12. ހަވާސާ އިބޫ

    މިވެކުސިންޖަހައިގެންވެސް ނަސީދުގެ ބަލާވެރިކަމުން ރައްޔަތުން ސަލާމަތްވާނެތަ

    39
    1
  13. ލަދުކުޑޭ

    އިންޑިއާ ވެކްސިނޭ؟ އައިފޯނު ހަދަނީ ޗައިނާގަ. ކަލޭމެން އެއަށް ކިޔަނީ ޗައިނާ ފޯނުތަ؟

    19
    11
  14. ާއަފްލާ

    ޏަޝީދު ބުނެބަލަ ﷲގެ ވާގިފުޅާއެކު އަހަރެމެން މިވައިރަހުން ސަލާމަތްވާނެ ކަމަށް ކޮވިޑް ހުއްޓުވާނީ އަހަރެންނޭ ބުނެ ގަދަ ބަސް ބުނާއިރު ވިސްނާލުން ވ މުހިންމު

    42
  15. އެމަންޖެ

    މި ވައިރަހައްވުރެއް ނުރައްކާތެރި ބަލިމަޑުކަމެއް ކެނެރީގޭ ނަޝީދު އަކީ. ތިޔަ ހުރިހާ ވެކުސިނެއް ނަޝީދު ގަޔައް ޖަހަން ފެނޭ އޭރުން ތިޔަބަލި މަޑުކަމުން މިގައުމު ސަލާމަތްވާނެ.

    47
    1
  16. ވެކްސިން

    ޓެސްޓު ވެކުސިން ޑަބްލިޔު އެޗް އޯ ހުއްދަ އަދިނުލިބޭ އާއްމުކޮއްޖަހާ އެއޗެއްވިއްޔާ ވަކިއަދަދަކައް ނުގެނެސް އެންމެންގެ ގަޔައްޖެހޭވަރައް ގެނައިމަ ނިމުނީނު ރަހުމަތްތެރި އިންޑިޔާއިން ހިލޭދޭނެއެއްނު މިހާރު މިފެންނަނީ ރަޖިސްޓްރީ ކޮއްގެން ބޭނުންމީހަކު ޖަހަން ހުޅުވާލިތަން ޓެސްޓް

  17. ޝައްކު އުފެދޭ

    މޮޑީ ބުނިކަމަށް ވަނީ ވެކްސިން ތިމަންނަ ޖަހާނީ ރައްޔިތުން ގަޔަށް ޖެހުމަށް ފަހުކަމށް. މީގެ 1 މާނައަކީ ރައްޔިތުންނަށް ވާގޮތެއް ބަލާފައި ކަމަށް. އެފަދަ ޔަގީންކަމެއް ނެތް އެއްޗެއްބާ؟

    11
  18. ާލަބީބު

    އެއީ އިންޑިއާގެ ވެކްސިނެއްނޫ

    10
  19. ފޭކް ވާހަކައެއް

    " ވައިރަހުން ސަލާމަތްވާނެ" އަދިވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މިބަލި އުޅޭއިރު މިވަރުގެ ޔަގީންކަމެއް ދެވިދާނެބާ؟

  20. ދުނި ދަނޑި

    މި ނުބައި ވައިރަސް ކެނެރީ ވައިރަސްގެ އަނގަގަނޑު އެބަޖެހޭ ތިމަރަ އަޅާ ބައްދަން ކިޔާނެ ނުކިޔާނެ އެއްޗެއް ކުރާނެ ނުކުރާނެކަމެއްނޭނގިގެން ތެޅިބާލަނީ މީ މިޤައުމަށް ފާވެފަވާ ސުންޕާ ވަބާއެއް

    13
    1
  21. އިބްރާހިމް

    އިންޑިޔާގެ ބޮޑުވަޒީރުވެސް ބޭނުންކުރަން ނުކެރިފައިވާ ވެކްސިނެއް ދިވެހިން ގަޔަށް ޖެހުމަކީ ވަރަށް ދެރަކަމެކެވެ.

    13
  22. ޢަލީ

    އެހެންވީމާ ތީގަ ހުންނާނީ އިންޑިޔާއަށް ލޯބިޖައްސާ އެކްޓިވް އައިޓަމެއްވެސް އިތުރުކޮށްފަތާ

    10
  23. ޛުލް

    ކކަލޭ ދައް ކާ ވާހަ ކަ ދިމާ އިދިކ ކޮޅަށް ނަގާތާ ލައް ކަ ދުވަސް ވެއްޖެ.

    10
  24. ކައުންސެލަރު

    ކޮވިޑް 19 އަށްވުރެ ތިޔަ އަނގައިގެ ބަލާވެރިކަން ދިވެހިންނަށްބޮޑު. ތިޔަ އަނގައިން ސަލާމަތް ވެއްޖިއްޔާ އެހެން ހުރިހާ ކަމަކުން ސަލާމަތްވެދާނެ.

    13
  25. ހަދީލް

    އިންޑިޔާއިން ގެނާ ތިޔަ ބަޖާޖް ބުރޭންޑުގެ ވެކުސީނެއް ދިވެހިން ބޭނުމެއް ނޫން.. ތިޔައީ އަދި ޑަބްލިޔޫ އެޗްއޯއިން ހުއްދަވެސް ނުލިބޭ އެއްޗެއް.

  26. ހަމާޙުން

    ނަޝީދުގެ ބޮލުގަ މައްޗަށާއި ތިރިޔައް ތިޔަވެކްސީން މަތި މަތީން ޖަހާށެވެ.

  27. ނާސިރު11

    ސާލިހް އާ ދެމީހުން ފުރަތަމަ ޖަހާ. އޭގެ ފަހުގަ އެހެން މީހުން.

  28. އަލީ

    މިތީގެ ދުލު ވިހަ ނުޖެހި ނުދާނެ.... މީ ބޮޑު އަނގަ ވިހައެއް....