ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރަކަށް އެސުކޫލްގެ ޓީޗަރަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ރަށުގެ ބައެއްމީހުން ބުނަމުން ގެންދާތީ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތަކެއް ރަށުތެރޭގައި ދެކެވެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން ޓީޗަރެއްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައި ވަނީ ސެކަންޑްރީ ގްރޭޑެއްގައި ކިޔަވާ އަންހެން ދަރިވަރަކަށެވެ.

ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރުމުން ވެސް އެމައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އެރަށުގެ ބައެއް އާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ ބައެއް މައްސަލަތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބައެއް ޓީޗަރުން ހައްޔަރު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލާދީނީ އަންނި

    ތިކަމެއް ނުހިނގާކަން ކަށަވަރު ކޮއްދޭނަން.

    6
    2
    • ޓީޗަރު

      އޭ ހިނގި ކަމެއް އިނގޭ...

  2. ގަދަކުޑޭ

    ކީކޭ ދެން ބުނާނީ

  3. މަހޭޝް

    އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ސަރުކާރުން ތިޔަ ބާވަތުގެ ކަންކަން ތަންކޮޅެއް ރަނގަޅަށް ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގަ ބަލަން ވެއްޖެކަން. ނޫނީ މުސްތަގުބަލޯ..... އަޅުގަނޑުވެސް މިހާރު ބިރުގަނޭ އަންހެން ދަރީން ސްކޫލަށް ފޮނުވަން ...... ވަކި ސުކޫލެއްނޫން ރާއްޖޭގެ އެއްވެސް ސްކޫލަކަށް އަންހެން ދަރިއަކު ފޮނުވަން މިހާރު ޖެހިލުންވޭ. ސަބަބަކީ އެކުދީންގެ މުސްތަގުލްނަގާލަން ބޭނުން ނުވާތީ.....