އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަނީ ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފައްދަފައިވާ ވެކްސިންގެ ތެރެއިން 100،000 ޑޯޒް ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓެއް މިއަދު "ކޮވިޝީލްޑް"ގެ 100،000 ޑޯޒާއެކު ރާއްޖެ އަންނާނެ ކަމަށެވެ. މިއީ އެ ގައުމުން ދޭ ހަދިޔާއެއް ކަމަށްވެސް އެމަނކުފާނު ފާހަގަ ކުރެއްވިއެވެ.
އިންޑިއާ އިން ވެކްސިން ހަދިޔާކުރުމަކީ ކޮވިޑް-19 ގެ ވައިރަސް ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ފެށުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެެވެ.
ނަޝީދު ވިދާޅުވީ ސްރީ ލަންކާގެ ތަމަޅަ ޓައިގަރުން 1988 ވަނަ އަހަރު ރާއްޖެއަށް ދިން ހަމަލާ އާއި 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ އާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެން ކެނޑުމުގެ ކާރިސާގެ އިތުރުން މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 އާ ގުޅިގެން ވެސް އިންޑިއާ އިން ރާއްޖެ އަށް އެހީވެރިފައިވާ ކަމަށެވެ.
އެފަދަ ކޮންމެ ހާލަތެއްގައި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިވަމުންދާތީ އެ ގައުމަށް ބަރޯސާ ވެވޭކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ.
އިންޑިއާއިން ގެންނަ ވެކްސިންގެ ރައްކާތެރިކަމާ މެދު އާއްމުން ސުވާލު އުފައްދަމުން ދަނިކޮށް، ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެކަމަށެވެ.
ދަ އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ، އިންޑިއާއިން އުފެއްދި ކޮވިޝީލްޑް މިއަދު ރާއްޖެ ފޮނުވާނެ ކަމަށާއި، ރާއްޖެ ވެފައި ވަނީ އެ ގައުމުން ވެކްސިން ފޯރުކޮށްދެ ފުރަތަމަ ގައުމަށް ކަމަށެވެ.
އަދި އިންޑިއާ އިން ފޮނުވާ މި ވެކްސިން ރާއްޖޭގެ ހުރިހާ ފްރޮންޓްލައިން ހެލްތް ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
“އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓެއް މިއަދު "ކޮވިޝީލްޑް"ގެ 100،000 ޑޯޒާއެކު ރާއްޖެ އަންނާނެ ކަމަށެވެ. މިއީ އެ ގައުމުން ދޭ ހަދިޔާއެއް ކަމަށްވެސް އެމަނކުފާނު ފާހަގަ ކުރެއްވިއެވެ.”
ތީއަނެއްކާއި “ހެލިކޮޕްޓަރ” ހަދިޔާ ކުރި ބީއްދައިން ދޭހަދިޔާއެއްބާ؟
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
އިންޑިއާ އިން ތިޔަ ހަދިޔާކުރާ އޮކްސްފޯޑް ވެކްސިންގެ 100،000 ޑޯޒް މަނިކުފާނު ގަޔައް ޖަހަން ފެނޭ.
އެހެންވިއްޔާ އެންމެ ފުރަތަމަ ތިޔަ ވެކްސިންޖަހަންވާނީ ކަލޭގަޔަށް.ކަލެއަށްވާގޮތް އެނގުނީމަ ދެން އާންމުންނަށް ވެކްސިންޖަހަންވާނީ.
އިންޑިޔާއިން ދެނީ ކެނެރީވައިރަހުން ސަލާމަތްވުމަށްދޭ ވެކުޝިނެއްކަމަށް ވަނީ
މަނިކުފާނު ފުރަތަމަ ޖަހަން ފެނޭ
ކަލޭ ތި ވެކްސިން ޖަހާ ފަސް ބުރަށް! އޭރުން އަހަރުމެން ތި ޖަހާނަން! ޝުކުރިއްޔާ!!
އެއްލައްކަ ޑޯޒްަކީ ކޯންޗެއް. ކޮންމެ މީހަކަށް 2 ޑޯޒް ބޭނުވޭ. ފުރަތަމަ ޑޯޒް ދިނުމުން 15 ދުވަހުން ވެކްސިން މަސައްކަތް ފަށާނެ .އަނެއްޑޯޒް 28 ދުވަސް ކޮށްފަ ދޭންޖެޭ ދުދެވިއްޖެނަމަ ވެކްސިންގެ ރައްކާތެރިކަމެއް ނުލިބޭނެ. ވީމާ 100000 ޑޯޒުން ދެވޭނީ 50000 މީހުނަށް. މިވެކްސިން ދޭނީ ސަލިހްގެ އައިލާ އަށާ ނަސީދުގެ އައިލާ އަށާ ސަރުކާރު ބޮޑުންނާ ސިހްހީ ކުރީ ލައިނަށް. ނިމުނީ ރައޔިތުން ބޭނުމެއްނޫން.
ފުރަތަމަ މީނަ ގަޔަށް މި ވެ ކްސިން ޖަހަންވީ ދެން ހުރިހާ މަޖިލިސްގައި އުޅޭ ބައިވަރު ގަނޑަށް