ފުވައްމުލަކު ދަނޑިމަގި ކިޅި ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެސަރަހައްދުގައި ތިބި "ވަގުތު" ނޫސްވެރިން ބުނާ ގޮތުގައި މިހާރު ވެސް ވަރަށް ބޮޑު ސަރަހައްދެއްގައި ވަނީ އަލިފާން ރޯވެ އަނދާފައެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަލިފާން ނިއްވުމުގެ މަސައްކަތް އާއްމުންނާއި ސިފައިން މިހާރު ކުރަމުން އެބަގެންދެއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ސަރަހައްދުގައި ރޯވެފައި ވަނީ މިއަދު 11:45ހާއިރު އެެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަލިފާން ރޯވެފައި ވަނީ ހުއިތަކެއްގައެވެ.

މި ސަރަހައްދަކީ ދޭތެރެ ދޭތެރެއިން އަލިފާން ރޯކޮށްލާ ސަރަހައްދެކެވެ. ބެލެވޭގޮތުގައި މި ސަރަހައްދުގައި ދަނޑު ހައްދަން އުޅުނު ބަޔަކު ތަން ސާފް ކުރުމަށް އެތަނުގައި ރޯކޮށްލި ގަޑީގައި ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިގަތީ އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ނޭޗާ ޕާކުގެ އޮފިޝަލަކު ވިދާޅުވީ, ވާރޭ ނުވެހި ގިނަ ދުވަސްވުމުން މި ސަރަހައްދަކީ ވަރަށް ހިކިކޮށް އޮންނަ ސަރަަހައްދެއް ކަމަށާއި, އެހެންވެ ވަރަށް ފަސޭހައިން ރޯވެ ފެތުރިގެން ހިނގައިދާނެ ކަމަށެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެހެންކަމުން އެއްވެސް ފަރާތަކުން އަލިފާން ރޯނުކުރުމަކީ އެދޭ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑުން ވަރަށް ބޮޑު ބައެއް ވަނީ ނިއްވާލާފައެވެ. އަދި އަލިފާން ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައެވެ.