ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ގައުމާ މުހާތަބް ކުރައްވަން ނިންމަވައިފިއެވެ.

ރައީސް މިއަދު ގައުމާ މުހާތަބް ކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު ދޭއް ޖަހާއިރުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ދެއްވާ ހިތޯބުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ރައީސް މިއަދު ގައުމާ މުހާތަބް ކުރައްވާ އިރު، ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާ އިން އުފެއްދި ވެކްސިން މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެ ވެކްސިނަކީ އިންޑިއާގެ ކުންފުންޏަކާއި އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން އުފައްދާފައިވާ ވެކްސިނެކެވެ.

ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެ ގެންނާނެ ކަމަށްވެއެވެ.

އިންޑިއާއިން ގެންނަ ވެކްސިންގެ ރައްކާތެރިކަމާ މެދު އާއްމުން ސުވާލު އުފައްދަމުން ދަނިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނކއސ

    މިޔަދު އަނެއްކާކޮއްކަމަ ކާރޯންވެގެއް އެއުޅެނީ މޯދީގެ ވެކުސިން ގެނެވޭތީއެކަމާފަހުރުވެރި ވަނީތަ މިކަލޭދޫއޮޅި ގެންނަމަވެސް މިޔަދު އިސްތިއުފާދީފީ މޭބުނާނެނަމަ ކިހާރަގަޅުވީސް އޭރުން މިގައުމު ސަލާމަތުގެ އަށްސޭރިއަކައް ގެންފ،ދެވޭނެ އިސާﷲ

    11
  2. އަލިކަލޭފާނު ގެ ދޮން ހަސަން

    ގެރެންޓީ ރޯނެ މިފަހަރުވެސް

    14
  3. ހަވާސާ އިބޫ

    ގައުމާއި މުޚާތަބުކޮށް ކިކޭކިޔާނީ އިންޑިޔާއޭ މޯދީޔޭ ހިންދުސްތާނޭ އަސްލުވެސް ތަސައްރަފުނުފުދޭ ސޮރެއް

    15
  4. ކަންޒުރޭސް

    ރ. ނަސީދު ކޮވިޑް ވެކްސިން ގެ ވާހަކަފުޅު މިއަދު ދެއްކެވިފަހުން ދެއްތޯ ތިޔަ މިޚާތަބު ކުރެއްވީޤައުމާ . ހާދަފަހަތުގައޭ. ރައީސް ތިޔަ ހުންވީ. ނަސީދު މާ މާ މާ ކުރީގައި.