ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ވެކްސިންގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ދޭ ވެކްސިންއާއެކު އިންޑިއާގެ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ.

މިހާރު އިންޑިއަން އެއާލައިންގެ ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސާފައެވެ.

އެއާ އިންޑިއާގެ ބޯޓެއްގައި މިއަދު ގެނެސްފައި ވަނީ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.

މި ވެކްސިން ޑޯޒްތައް ރާއްޖެ އައުމާއި ގުޅިގެން އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވީ ވެލާނާ އެއާޕޯޓްގައެވެ.

ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ވިދާޅުވާ ގޮތުގައި މިއަދު ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ.

ދިވެހި ގައުމާ މުހާތަބް ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.

"މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެ ދިން ވަރަށް ބޮޑު ދީލަތި އެހީއެއް. އެ ކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އިންޑިއާގެ ހިލޭ އެހީގައި ރާއްޖެ އަށް ދޭ ކޮވިޑް-19 ވެކްސިން އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވަހުތާނު އަހުމަދު

  މި ކިޔަނީ ކީ ކޭބާ ؟ އިންޑިއާއިން ހަދިޔާ ކުރާ ވެ ކްސިންއޭ ... އިންޑިއާއިންގެންނަ
  އޮ ކްސްފޯޑުވެ ކްސިންއޭ .. އެގަހު ކޭލެއް މިގަހު ކޭލެއްނޭގުނު ؟؟

 2. އަބްދޫ

  ރައްޔިތުންނަށް ދޭން ވެކްސިން ނުގެނޭ .ގެނައީ އެއްލައްކަ ޑޯޒް. އެއީ ކޮންމެ މީހަކަށް 2 ޑޯޒް ވީމާ 50000 މީހުނަށް ދެވޭނީ. އެއީ ސިއްހީ ފްރަންޓް ލައިނަށާ ސަރުކާރގެ އިސްވެރިންނަށާ އިބޫއާ ނަސީދުގެ އައިލާ އަށް ރައްޔިޔތަކަށް އެއްޗެއްނެތް. ފުރަތަމަޑޯީޒް އަށް 28 ދުވަސް ކޮށްފާ 2 ވަނަ ޑޯޒް ނުޖަހައިފިނަމަ ވެކްސިނުގެ ބޭނުމެއްނެތް.

 3. މާމީ

  ހިލޭ އެހީތަކުގެ އަސަރު ދިވެހިން ކުރާނެ...

 4. މާމިގިލީ މީހާ

  ތިޔަ ވެކްސިން ޖަހާންޖެހޭނީ ރާއްޖޭގަ ތިބި އިންޑިޔާ މީހުންގެ ގަޔައް. ދިވެހިންގެ ގަޔައް ތިޔަ ވެކްސިން ޖަގާނެކަމެއް ނެތް، ދިވެހިން މަރާކައް. އަދި އެބަ ބުނެއެއްނޮއް އިންޑިޔާއިން ހަދިޔާ ކުރި އެއްޗެކޯ. ދެން ކޮބައިތަ ބަޖެޓްގަ ވެކްސިން ގަންނާން ހިމެނި ރުފިޔާ. މިހާރު އެދިރުވާލީތަ؟

  1
  1
  • ރާގޮޑިރާޖަ

   ޥެކްސިން ލިބުނީމަ ވަރަށްއަސަރުކޮއްފަދޯތިހުރީ.