ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށް ކޮވިޑް-19 ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ، ނަޒްލާ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުންނެވެ.

މިއަދު ރާއްޖެއަށް ގެނައި ވެކްސިން އަކީ އޮކްސްފޯޑް އަދި އެސްޓްރާޒެނެކާއި ގުޅިގެން އުފައްދާފައިވާ ވެކްސިން އެކެވެ.

"އެ ހަމަ ވެކްސިން އިންޑިއާގެ ސީރަމް އިންސްޓިއުޓްއަށް ސަބް ލައިސަންސް ދީގެން، ސީރަމް އިންސްޓިއުޓްގައި ތައްޔާރުކޮށްފައިވާ ވެކްސިންއެއް، ސީރަމް އިންސްޓިއިޓް އިން މީތި ކޮވިޑްޝީލްޑްގެ ނަމުގައި މި ނެރެނީ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއީ ހަމަ އެއް ވެކްސިނެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެސްޓްރާޒެނެކާ ކުންފުންޏާއެކު މިހާރު ސީދާ އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަަމަށެވެ. އެއީ ހަތް ލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ގެނައުމަށް ކަަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ކޮވެކްސް ފެސިލިޓީގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށާއި، އެ ފެސިލިޓީ މެދުވެރިކޮށްވެސް ރާއްޖެއަށް ވެކްސިން ލިބުމުގެ ކަންތައްތަކާއި، އެއާ ގުޅިގެން ކުރަން ޖެހޭ ކަންތައްތަކަށް ތައްޔަރުވަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިއަދު އައީ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އެއްބައި ކަމަށެވެ. އަދި އޭގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވެކްސިން ހޯދުމަށް ކުރަމުންދާ ކަމަށް، ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖެނީ

    ކކަމެއްގޯސްވެއްޖީޔާ ޒިންމާނަގާނަންތަ ނޫނީ އެއްބަސް ވުމުގެ ލިޔުން ރައާތުނަށް ދައް ކާ

    11
  2. ހުސޭނުބޭ

    ދެންފަހެ ކަމަނާ އާއި ކަމަނާގެ އައުވާނުން ވެންޓިލޭޓަރުތަކާމެދުވެސް ތިފަދަ އެއްބަސްވުންތައް ވެފައި އޮތެވެ. ލާރިކޮޅު ކައިލާފައި ނުދެނެހުރިކަމަށް ހަދައިގެން ތި ތިބޯނޫންހެއްޔެވެ.