ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހަން ފަށާނީ، އެ ވެކްސިންއެއް ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަމުގެ ޔަގީން ވުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެއަށް ގެނައި ވެކްސިން އަކީ އޮކްސްފޯޑް އަދި އެސްޓްރާޒެނެކާއި ގުޅިގެން އުފައްދާފައިވާ ވެކްސިން އެކެވެ. މި ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

"އެ ހަމަ ވެކްސިން އިންޑިއާގެ ސީރަމް އިންސްޓިއުޓްއަށް ސަބް ލައިސަންސް ދީގެން، ސީރަމް އިންސްޓިއުޓްގައި ތައްޔާރުކޮށްފައިވާ ވެކްސިންއެއް، ސީރަމް އިންސްޓިއިޓް އިން މީތި ކޮވިޑްޝީލްޑްގެ ނަމުގައި މި ނެރެނީ". ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުންޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ޖަހާނީ ރައްކާތެރިކަން ކަށަވަރު ކުރެވޭ ވެކްސިން ކަމަށާއި، ވެކްސިން ހޯދުމުގެ ކަންކަން ކަން ކުރިއަށްދާއިރު، ރާއްޖޭގައި ވެކްސިން ރެޖިސްޓަރ ކުރުމަށް ކުރަން ހުރި ހުރިހާ ކަންކަން ފުރިހަމަ ކުރާނެ ކަމަަށެވެ.

"އަދި ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަމުގެ ޔަގީން ކުރުމަށްފަހު އަޅުގަނޑުމެން ވެކްސިން ޖަހަން ފަށާނީ، މިވަގުތު ސީރަމް އިންސްޓިއުޓްއިންވެސް ވަނީ ޑަބްލިވްއެޗްއޯއާއެކު މަސައްކަތް ކުރުމަށް ޑޮކިއުމެންޓްތައް ހުށަހަޅާފައި".

އަދި މި ވެކްސިންއަކީ ޑަބްލިވްއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް ދޭން ކަނޑައަޅާފައިވާ ވެކްސިނެއްކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރަން ވަރަށް އަވަހަށް ޑަބްލިވްއެޗްއޯގެ އެމާޖެންސީ ޔޫސް ޓެސްޓިންގވެސް މި ވެކްސިން ލިބޭނެ ކަަމަށް، ރާއްޖޭގެ އެމްއެފްޑީއޭއިންވެސް އެ ބައްލަވާ މިންގަނޑުތަކަށް ބެލުމަށްފަހު ރަޖިސްޓަރ ކުރެވިގެން އަޅުގަނޑުމެން މި ވެކްސިން ޖަހާނީ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބްދޫ

    ކަށަވަރު ކުރުމަށް ޖަހާ ވެކްސިން ލައިވް ކޮށްފަ ބަހައްޓައިގެން ފުރަތަމަ ނަސިދަ އި ސާލިހް ގަޔަށް ވެކްސިންޖަހާ. ވެކްސިންޖަހައިގެން އެދެމީހުނަސް ކަމެއްނުވެއްޖެނަމަ އަހަރުމެންޖަހާނީ

    37
    1
  2. ީއަހުމަދު

    ވެކުސިން ގެނައީ ކިހާވަރަކަށް ރައްކާ ތެރިއެއްޗެއްތޯ ބަލާފަތަ

    37
  3. އޮޅުވާލި ވޯޓު

    ފުރަތަމަ ކީކުރަންތޯ ރައްކާތެރިކަން ކަށަވަރުނުކޮއް ރާއްޖެގެނައީ މި ގަުމުގާތޯ ޓކުނޮލަޖީ އެމްމެކުރިއަރާފައޮތީ މިގަުމުން ރައްކާތެރިކަން ކަށަވަރުކުރަން ނުޖަހާތި ނުޖަހާނަން #އިންޑިއާ އައުޓު

    25
    1
  4. ވިސްނާލުމަށް އެދެމޭ

    ރައްކާތެރިކަން ކަށަވަރުނުވާ ވެކްސިންއެއް ރާއްޖެއެތެރެކުރަން ހުއްދަދިނީ ކީއްވެ؟؟؟ތިގޮތަށް ހުއްދަދެވިދާނެދޯ ކާބޯތަކެތި އެތެރެކުރާ ކުންފުނިތަކަށްވެސް ހަލާލު ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރާނީ ފަހުންނޭ ކަލޭމެން އެތެރެކުރަން ބޭނުންއެއްޗެ އެތެރެކޮއްލާށޭ..ޒިންމާދާރުކަމެނެތް ބަޔައެއް ޗޕއ ގަމިތިބީ..މިވެކްސިނަކީ ރާއްޖެއަށް ހިލޭ ލިބުނުއެއްޗެތޯ ފައިސާގެ އެއްވެސް މުއާމަލާތެ މިކަމުގަ ހިންގާފަނުވާނެތޯ..މެލޭރިޔާ ބޭސް އެތެރެކުރިއިރު މިގޮތަށް ބޮޑުރަސްމިއްޔާތެ ބާއްވާފަބުނީ އިންޑިޔާއިން ހިލޭދިނީއޭ އެކަމަކު ފަހުންއެގުނީ ފައިސާގަޑެދުއްވާލީކަން..

    24
  5. ހަބީބުއްލާ

    މި ދާތަމެންގެ ދަރިންގަޔަ ފުރަތަމަ ޖަހާފަ ބާކީބައި ވިއްކައިގެން ކައިބަލަ އާއްމުކޮންޖިހޭ ރޯގާގެ ނަންބަދަލްކޮށްގެން ރަތްޔެތުން މޮޔަހައްދަނީ

    22
    1
  6. މާމީ

    ތަހުލީލު ކުރަން ގެނައީ ކޮންދޮގުތަކެއް ތިހަދަނީ.. އިންޑިއާ މީހުން ގަޔައްނުޖަހާ ދިވެހިން ގަޔައްޖަހަން ކިހާ ހެއްވާ ކަމެއް....

    27
    1
  7. ފެކްޓް

    👆މިއީ މިކަމާ ފިކުރު ކުރާ މީހުންގެ ހިތުގައި އުފެދޭ ސުވާލުތައް!
    މިއީ ވެސް އފަދަ ފަރުދެއްގެ ޝަކުވާ

    20
    1
  8. ލައިލާ

    ނަސީދު ބުނަނި ތި އޮކްސްފޯޑް ވެކްސިން ކަމަށް. އެ ބުއްޅަބޭ ގަޔަށް ޖަހާބަލަ ފުރަތަ ދެން އެއަށްފަހު މަޖިލީހުގަ ތި ވެކްސިން ރަނގަޅުކަމަށް ބުނާ މެންބަރުން ގަޔަށް.

    20
    1
  9. މަސްއޫދު

    ނަޒުލާ މިހާރު ތިޔަބޭކަލުން ދައްކާ އެއްވެސް ވާހަކައެއް ދިވެހިރައްޔިތުން ގަބޫލެއްނުކުރޭ! މިއީ ކިހާދެރަކަމެއް! ގައުމުގެ ޑޮކުޓަރުންނާމެދު ރައްޔިތުންކުރަންޖެހޭ އިތުބާރު ގެއްލުން! އަދިވެސް ދަންނަވަން ސިޔާސީ ނުވޭ!

    11
  10. ކަނބާ

    "ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހަން ފަށާނީ، އެ ވެކްސިންއެއް ރައްކާތެރިކަމުގެ މިންގަނޑުތަކަކަށް ފެތޭކަމުގެ ޔަގީން ވުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ." މީގެން އަޅުގަނޑަށް ދޭހަވަނީ މި ގެންނަ ވެކްސިނަކީ އަދި ރައްކާތެރިކަން ޔަޤީންކަން ކަށަވަރ ނުރެވިފައިނުވާ އެއްއްޗެއްކަމެވެ. އުފެދޭ ސުވާލަކީ ރައްކާތެރިކަން ކަށަވަރުކުރާނީ ކިހިނަކުންތޯ؟ ކަށަވަރުކުރުމަށް ވެކްސިންދެނީ ކޮންބަޔަކަށްތޯ؟ މިވެކްސިން ރާއްޖެއަށް ގެނައުމުގެ ބޭނުމަކީކޮބައިތޯ؟ އެކަން ރައްޔިތުންނަށް ސާފުވާނީ ކޮންދުވަހަކުންތޯ؟ މިކަން ކުރާނީ ކޮންބަޔަކުތޯ؟

  11. ފިޔަވަޅު

    މިހާރު މި ނޒލާއާ މައމޫނާ މީ ހަމަ ފައްކާ ޕާޓީ އެކްޓިވިސްޓުންނައް ވެ ނިމިއްޖެ .

  12. ސާހިދު

    ދެއްކީންވެބާ ކަށަވަރުނުކޮށް ތި ވެކުސިން ގެއްނަންތިޔަ ނިންމެވީ ރައްޔަތުންގެ ފައިސާ ބޭކާރު ގޮތުގައި ތަޅާ ބުރުވަނީ