މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަގެ ހުކުމް އިއްވުން މާދަމާއަަށް ތަވާލުކޮށްފިއެވެ.

ކުރިން އޮތީ އެ މައްސަލަގެ ހުކުމް އިއްވުން ޖެނުއަރީ 14 ވަނަ ދުވަހަށް ތާވަލް ކުރިއެވެ. އެހެން ނަމަވެސް ފަހުން ވަނީ ހުކުމް އިއްވުން ފަސްކޮށްފައެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާ ކަަމަށް ދައުލަތުން ހުށަހެޅުމުންނެވެ.

އެ ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމައި މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ޔާﷲ ރައީސް ޔާމީނުއްއް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާށި އާމީން

    49
    1
  2. އޮޅުވާލި ވޯޓު

    ރައީސް ޔާމީނުއައް ނަސްރާ ކާމިޔާބު މިންވަރުކުރައްވާށި އާމީން

    47
    1
  3. ޔާﷲ

    އާމީން:

    40
    1
  4. ށއ

    ޢާމީން

    38
    1
  5. ޖަޒީރާ ބޯއީ

    މާދަމާ ވެގެންދާނީ ރައީސް ޔާމިނަށް ބޮޑު ނަސްރަކަށް، ކުރިޔަށް އޮތީ ރައީސް ޔާމިންގެ ދުވަސްތަށް ދެން ނުހުއްޓުވޭނެ، އިންޝާ ﷲ

    35
    1
  6. އައްޑޫ މީހާ

    މާތްﷲގެ ހެޔޮ ރަހްމަތްފުޅުން ކޮށްފައިވާ ހުކުމުން ސަލާމަތްވުން އަޅުގަނޑު އެދެން ނަމަވެސް މިހާރު މިގައުމުގެ އަދުލުގެ ނިޒާމުގައި އޑޕ އިން ވަކިއަޅުވާފައިވާ މިންވަރަށް ބަލާއިރު އަދުލުވެރި ޝަރަިއަތެއް ހިންގައި އިންސާފު ލިބެނެ ކަމުގެ އެއްވެސް އުންމީދެއްނެތް އެއަަށްވުރެ ބޮޑަަށް އޑޕ މީހުން ޔާމީނު ދެކެ ބިރުގަނޭ

    27
    1
  7. ޢަލީ

    މަތްﷲގެ ހެޔޮރަހުމަތްފުޅުން ރައީސް ޔާމީނައް ނަސްރާ ކާމިޔާބް މިންވަރު ކުރައްވާށި. އާމީން. އާމިން. އާމިން.

    33
    1
  8. ޝުކުރު

    ރައީސް ޔާމީނަށް ޙުކުމް ކުރަންއުޅޭ ދަނޑިވަޅުގައި އެމަނިކުފާނުގެ ޚިދްމަތް ފާހަނގަކުރަންޖެހޭ.
    އޭގެތެރެއިން އެންމެ ފާހަނގަކޮށްލެވޭ އެއޗަކީ 'ސިނަމާލެ ބްރިޖް'
    އިއްޔެ 5:30 ހާއިރު ހުޅުމާލެއަށް ދިޔައީ ހިނގުމުގެ ކަސްރަތެއް ކޮށްލަން. ހިނގުން ނިންމާލާފައި މާލެއަށްދާން ދަތުރު ފެށީ 7:35 ހާއިރު. އެވަގުތު ހައިވޭ މަތިން ދިޔައިރު ހިތްފަސޭހަ މަންޒަރަކަށްވީ 2 ޖިންސުގެ އެކި ޢުމުރުގެ މީހުން ރީތިވެލައިގެން، ހެލްމެޓް އަޅައިގެން ވަޒީފާއަށް ދިޔުމަށް މާލެ ދަތުރުކުރާ މަންޒަރު. މިފަދަ މަންޒަރު ކުރިއަކުން ނުފެނޭ. ފެންނަނީ ބޭރު ގަވްމުތަކުން. ހިތަށްއަރަނީ، މިގޮތަށް ދަތުރުކޮށްފައި ދިޔަކުދިންގެ ހިތުގެ ކޮންމެވެސް ކަނެއްގައި ރ. ޔާމީނަށް ޝުކުރު ނުކުރާނެބާއޭ.
    ކޮންމެއަކަސޤ ބްރިޖް ހެދުމުން ލިބުނު ފަސޭހަތައް ގިނަގުނަ. ކުރީގައި 2 ކޮޅަށް 1 ގަޑިއިރު އެބަނަގާ. ސައިކަލް ގެންދިޔުމާއި އަރުވާ ބޭލުމުގައި އުފުލަންޖެހޭ ތަކްލީފް ހިނގައްޖެ. މިބުރަ އުފުލައިގެން ސައިކަލް ގެންދެވެނީ ގައިބާރު ހުންނަ ޒުވާނުންނަށް. ކަނޑުގަދަ ދުވަހު ޒުވާނުންނަށްވެސް ވަނީ އުދަނގޫކަމަކަށް ސައިކަލް ކޮންޓްރޯލް ކުރުމަށް. ބްރިޖް ހެދުމުން ޢުމުރުން ދުވަސްވީ މީހުން ޒުވާން އަންހެންކުދިން ދަރިފުޅު ގޮވައިގެން ސައިކަލްގައި ދަތުރުކޮށްލުމަކީ ބޮޑުކަމަކަށްނުވޭ.
    އަނެއްކަމަކީ މާލޭގެ ތޮއްޖެހުމަށްވެސް އައި ބޮޑު ލުޔެއް. ދަތުރުކުރުމަކީ ސްޓްރެސްވެސް ފިލާ ކަމެއް. ހިތަށްއަރަނީ، ބްރިޖްނެތި ކޮވިޑް އައިނަމަ، މިހާރަށް ވުރެ ސްޓްރެސް ބޮޑުވާނެހެން.
    ޕާރކިންގ އަށްވެސް ލުއި ތަކެއް އަންނާނެކަމަށް ބެލެވޭ، ކުލިތަކުގެ އަގުތިރިވުންވެސް ހިމެނޭނެ. އަދި ސެކަންޑް ފޭސް ގެ ފަސޭހަތައްވެސް ހިމެނޭ. ކަސްރަތު ކުރުމުގައި ތޮއްޖެހުން ކުޑަވޭ. ފުރަންދާ މީހުނަށް ވެސް ބޮޑު ލުއިތަކެއް. ކޮންމެއަކަސް ކޮންމެ މީހަކު ކޮންމެގޮތަކަށް ބްރިޖްއެޅި ނަމަވެސް އެއީ ދިވެހިންނަށް އަދި ރާއްޖެ އަންނަ ލިބުނު ބޮޑު ނިޢުމަތެއް. އެކަމަށް ޝުކުރުވެރިވުމަކީ ބޭނުްތެރިކަމެއް.