2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މެއި ތިން ވަނަ ދުވަހު ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ނިންމައިފިއެވެ.

އެމްއެމްސީން މިގޮތަށް ނިންމާފައި ވަނީ، މިއަދު ބޭއްވި އެ ކައުންސިލްގެ މި އަހަރުގެ ތިން ވަނަ ޖަލްސާގައެވެ.

އެ ޖަލްސާގައި ނޫސްވެރިކަމުގެ އިނާމު 2020 ދިނުމުގެ ހަފްލާ ތިނެއް މެއި 2021 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވެއެވެ. އެ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހެވެ.

މިދިޔަ ދެ އަހަރުގައި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ. އޭގެ ކުރީ އަހަރުތަކުގައި ހަފްލާތައް ކުރިއަށް ގެންގޮސްފައި ވަނީ މެއި ތިނެއްގައެވެ.

މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކަށް ހާއްސަކޮށްފައިވެއެވެ. އޭގެ ކުރީ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ ނުވަ ދާއިރާއަކުންނެވެ.