ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވާލައްވައި، އެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އެ ބޯޑަށް މިއަދު ބޭފުޅުން އައްޔަން ކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެެނީ ހަ ބޭފުޅެކެވެ.

އެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ހަ ބޭފުޅުންނަކީ.

1. އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)
2. ޑރ. އާމިނަތު ނަޛީރު (މ. ކެލްވީނިއާ)
3. މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
4. ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)
5. ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
6. އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)

މި ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސް ސާލިހް އައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.