ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަލިމަގެއް ލިބިގެން ދިޔައީ އިންޑިއާއިން ފޯރުކޮށްދިން ވެކްސިންގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ އިންޑިއާއިން ވެކްސިން ފޯރުކޮށްދިން އެންމެ ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އެކަމުންވެސް ދައްކުވައިދެނީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމާއި އިންޑިއާއަށް ރާއްޖެ މުހިންމުވާ މިންވަރު ކަމަށް އޭނާ ވިދާލުވިއެވެ.

ނަސީމް ވަނީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުކަން ފާހަަގަކުރައްވާ އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ކޮވިޑް-19 ގެ މި ބަލިމަޑުކަމުން އަރައިގަތުމަށް އެ ގައުމުގެ މެޑިކަލް ޓީމްގެ އިތުރުން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ގިނަ ސިއްހީ އާލާތްތައް ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ނިމި ދިޔަ އަހަރު އިންޑިއާ އިން ވަނީ 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއައް ފޯރުކޮށްދީފައެވެ. މި ނުރައްކާތެރި ބަލި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ފެތުރެމުންދާއިރު، އެކަމުން އަރައިގަތުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ އިންޑިއާއިން ކަމަށާއި އެ މަގު ކޮށައި ދިނީ ރައީސް އިބްރާހިމް ސޯލިހާއި އިންޑިއާ ސަރުކާރާ ގުޅިގެން ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރި ވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒްއެކެވެ.

ރާއްޖެއަށް މިއަދު ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ހިލޭ ފޯރުކޮށްދިން އެހީއެކެވެ. ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙެ

  ކިހިނެއްއެގެނީ ތިވަރުގެ ޔަގީންކަމަކާ އެކުބުނަން އިންޑިއާގެ ވެކްސިންދިނީމަ ކޮވިޑްއިން ސަލާމަތްވީއޭ. ޥެކްސިންދިންތަންތަނުންވެސް އެއުޅެނީ އެކަމުގަ ސަލާމަތްނުވެވިގެން

  17
 2. ޢިސްހާަގު

  ގަމާރު މީހުންގެ ވިސްނުން ތިފެންނަނީ އިންޑިޔާ މީހުން ނޫން މީހުންގެ ފުރާނަ ސަލާމަތް ކޮށްދެނީ ގެރި އަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މީހެ އްގެ ފުރާނަ ސަލާމަތެ އް ނުކުރެވޭނެ އ އަ ހަރެން އހެ އްދެވި ފަރާތުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. އަހަރެމެން ސަލާމަތް ކޮށްދޭނީ

  15
 3. ބޯހަލާކު

  ލާދީނީންނަށް ކިޔޭނީ ތިހެން ﷲގެ ނަންވެސް ގަންނަށް ނުކެރޭނެ.

  16
 4. ފިޔަވަޅު

  އަމައްޔާތް... އަހަރެމެންގެ ފުރާނަ ސަލާމަތް ކޮށްދެއްވާނީވެސަ ގެންދާވާނީވެސް މާތްﷲ.

  ތި ވެކްސިން ލިބިގެން ފުންމާކަށް ނުވެ އަދި .
  ހުއްދަވެސް ނެއް ވެކްސިނެއް ގެނެސްގެން ހުރިހާ މިނިސްޓަރުން ގުއިފާލުގަ ދަނޑިން ތަޅާވަރުން ނޯއް ދަމާލަން ނުކެރެ.

  ވިޔާދާކަމެއް ކޮއްފަ ފުންމަ ބަލަ!

 5. ޢަލީ

  މިރާއްޖެ އަޅުވެތިމިވަނީ އިންޑިޔާގެ ސަބަބުން. މިރާއްޖެ ކުރިނާރާ މިއޮތީވެސް އިންޑިޔާގެ ސަބަބުން