ދޫނި ރޯގާ އުޅޭ ގައުމުތަކުން، ރާއްޖެއަށް ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިދުވަސްވަރަކީ ގިނަ ޤައުމުތަކެއްގައި ދޫނިރޯގާ ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު ދޫނިރޯގާ އުޅޭ ގައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުސަތެއްކަމަށް ބެލެވޭ ކަަމަށެވެ.

އެހެންކަމުން ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން ބަލި އުޅޭ އުޅޭ ގައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ދޫނި ރޯގާ ޤައުމުތަކުގެ ތަފްސީލު އެކުލެވިފައިވާ ދުނިޔޭގެ ޖަނަވާރުތައް މި ލިންކުން ލިބެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ، ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަނާޒާ

    އަދި ތަންކޮޅެއް އަވަސްނޫންތޯ؟ އަދި މަޑުކޮށްލަދެއްވާ ، ކޮވިޑްނިމެންދެން# ދޯހަލީ

    7
    1
  2. މޮޔަގޮލާ

    ކޮން ލިންކަކުންތޯ؟

  3. ދޫނީގެ ހައްގު

    ދާއިމައް މަނާކުރަންވީ....ޓުރަމްޕް ޓުވިޓާ އިން މަނާކުރިގޮތައް. މިމާހައުލުން ބޭރު ދޫނި އެއްގޮތަކައްއވެސް ގެނެސް ގޭގޭގަ ބަންދުކޮށް ކަސްތަޅު އަޅުވައިގެން ގެންގުޅެން ހުއްދަ ދޭނެކަމެއްނެތް. ދޫންޏައް އަނިޔާ ނުދީ.

    2
    2
  4. ދޫނީގެ ހައްގު މިނިވަންކަން

    ދާއިމައް މަނާކުރަންވީ....ޓުރަމްޕް ޓުވިޓާ އިން މަނާކުރިގޮތައް. މިމާހައުލުން ބޭރު ދޫނި އެއްގޮތަކައްއވެސް ގެނެސް ގޭގޭގަ ބަންދުކޮށް ކަސްތަޅު އަޅުވައިގެން ގެންގުޅެން ހުއްދަ ދޭނެކަމެއްނެތް. ދޫންޏައް އަނިޔާ ނުދީ.

    3
    1
  5. ވިސްނާލުމަށް އެދެމޭ

    އިންޑިޔާގަ ދޫނިރޯގާ އޮތީ.، އެހެންވެތި އީ.،

  6. ޢާދަނުބެ

    ކޮންކަމެތް ރާއްޖޭގަ ވަނީ މަސްތުވާތަކެތި ބޭނުން ވަރަކަށް އެތެރެ ކުރަންވީ ދެންހުރި ހުރިހާ އެތްޗެއް ހިމާޔަށްކޮށްފަ އިންސާނުންނޫނީ ކަނޑުން ދިވެއްސަކަށް ރުފިޔާއެތް ލިބިދާނެތީ ކަނޑުން މަންފާއެތް ލިބޭނެ ހުރިހާއެތްޗެއް ހިމާޔައްކޮށްފަ މާ ތިމާވެރި ހިމާޔަށްކުރެވޭ ބަޔަކަށްވެގެން މެޑެލްޖަހަންވެގެން .މިހާ އުޅެން އުނދަގޫ ގައުމެތް ނޯންނާނެ މިދުނިޔޭގަވެސް އާދައިގެ ކުޑަ ބޮށް ކުރަޔަކު ސަލާމަތީ ހައްދާލަން އޭގަ އުޅޭ ހުރިހާ ފަޅުވެރިންގެ މެޑިކަލް ހައްދަންޖެހޭ މީ ދެން ކިހާބޮޑު ތަކުލީފަކަށްވާނެ ހޮސްޕިޓަލް އަކަށްގޮސްގެން 2 ދުވަހު އުޅެގެން އެތަށްބައިވަރު ރުފިޔާއެތް ހަރަދުކޮށްގެން ހެދޭއެތްޗެއް މެޑިކަލްއަކީ އެހާވެސް އުޅެން އުނދަގޫގައުމެތްމީ ރައީތުންނަށް