އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އެ ގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވައިލައި ދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްއެވެ. ބައިޑަން ހުވާ ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ނައިބް ރައީސް ކަމަލާ ހަރިސް ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.

މި ރަސްމިއްޔާތައް ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން 25،000 އަށް ވުރެ ގިނަ ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވައިފައެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ޖޯ ބައިޑެން ވެރިކަމަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްއަކަށް ކުރިން ހުރި ޑޮނާލްޑް ޓްރަމްޕްއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. ބައިޑަން ވަނީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެ އިތުރަށް ޖުމްލަ 306 އިލެކްޓޯރަލް ވޯޓު ހޯއްދަވައިފައެވެ. ޓްރަމްޕަށް ލިބުނީ 232 އިލެކްޓޯރަލް ވޯޓެވެ.

އާންމުންގެ މަގުބޫލު ވޯޓަށް ބައިޑަންއަށް ވަނީ 81 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް މިހާތަނަށް ލިބިވަޑައިގެންފައިވާ އެންމެ ގިނަ ވޯޓުގެ އަދަދެވެ. އެކަމަކު، މި އިންތިހާބުގެ ނަތީޖާ ޓްރަމްޕަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބު ވަނީ އޮޅުވާލައިފައެވެ. ޓްރަމްޕް ގަބޫލު ކުރާ ގޮތުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކުރިއަށް ދިޔަ ނަމަ، އިންތިހާބު ކާމިޔާބު ކުރާނީ އޭނާއެވެ. އިންތިހާބު އޮޅުވާލާފައި އޮތް ކަމަށް ބުނެ ކޯޓަށް ވެސް މައްސަލަ ވެއްދިއެވެ.

އެކަމަކު، ކޯޓުން ނިންމާފައި ވަނީ އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖޯ ބައިޑެންއަކީ އެމެރިކާގެ ރައީސްކަމާ މިހާތަނަށް ހަވާލުވެވަޑައިގަންނަވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމެރިކާނޯ

    ޖޯގެ މަސައްކަތުގަ މާތްﷲ ބަރަކާތްލައްވާ ދުނިޏެއަކީ އަމާންތަނެއްގޮތިގައި ލައްވާށި. އާމީން

  2. ކިނޮޅަހު ބޭރި

    ޓްރަމްޕާ ޔާމީނަކީ ބަލި ޤަބޫލުކުރަން ނޭނގޭ ދެމީހުން.

    3
    3
  3. ސޯލިޙް

    ކިނޮޅޮހު ބޭރިއަށް ބުނެލަން އޮތީ ރ ޔާމީނަކާއި ނުކުޅެވޭނޭޔޭ އެއީ ފިޝާރި ވަރުގަދަ ލީޑަރެކޭ އެހެންވެގެނޭ އެއޮޓީ ކުރިމިނަލް ކޯޓުން ނުވަތަ ޢަލީ ރަޝީދު މެދުވެރިކޮށް ކުށް ސާބިތުކުރުވާފަ ޖަލުގެ ތޭރިތަކަށްލާފަ، އަދި ބުނެލަންތޯ ތިމަރަ ޝަރީ މެދުވެރިކޮށް ވޯޓްވެސް އޮޅުވާލައިގެން ވޯޓް ކަރުދާސްތައްވެސް އަންދާލީ މީ ދޮގެއްތޯ؟ ވޯޓް ކަރުދާސްތައް އަންދާލުމަކީ މިކަމުގެ ވަރުގަދަ ހެއްކެއް. ޢަލީ ރަޝީދާއި، ތިމަރަ ޝަރީއަށް މަހްޟަރު ބިމުގައިހުންނާނެ ހިތާމައެއްގެ ބޮޑުކާމާއޭ