އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯއީ ބައިޑެންއާ އެކުގައި މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، އެމެރިކާގެ 46 ވަނަ ރައީސަކަށް ބައިޑެން އަދި 49 ވަނަ ނައިބު ރައީސަކަށް ކަމަލާ ހަރިސް މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ވިދާޅުވީ އެމެރިކާ އާއި ރާއްޖެއަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި ބައިޑެންގެ ވެރިކަމުގައި ގުޅިގެން މަސައްކަތްކޮށް އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ޖޯ ބައިޑެން ވެރިކަމަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްއަކަށް ކުރިން ހުރި ޑޮނާލްޑް ޓްރަމްޕްއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

އެކަމަކު، މި އިންތިހާބުގެ ނަތީޖާ ޓްރަމްޕަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބު ވަނީ އޮޅުވާލައިފައެވެ. ޓްރަމްޕް ގަބޫލު ކުރާ ގޮތުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކުރިއަށް ދިޔަ ނަމަ، އިންތިހާބު ކާމިޔާބު ކުރާނީ އޭނާއެވެ. އިންތިހާބު އޮޅުވާލާފައި އޮތް ކަމަށް ބުނެ ކޯޓަށް ވެސް މައްސަލަ ވެއްދިއެވެ.އެކަމަކު، ކޯޓުން ނިންމާފައި ވަނީ އިންތިހާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖޯ ބައިޑެންއަކީ އެމެރިކާގެ ރައީސްކަމާ މިހާތަނަށް ހަވާލުވެވަޑައިގަންނަވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބް ކުރައްވައި ބައިޑެން ވަނީ އުންމީދީ މެސެޖްތަކެއް ދެއްވައިފައެވެ. ބައިޑެން ވިދާޅުވީ އެމެރިކާ ރައްޔިތުންނަށް މިއަށް ވުރެ ރަނގަޅު ގޮތެއް ހޯދައި ދިނުމަށް ބޭނުންފުޅުވާ ކަމަށާއި އެމެރިކާގައި ޑިމޮކްރަސީ އަލުން ދިރިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފަޒުނާ

    ހިންނަވަރު މޯދީގެ ކިހިނެއް ބައިޑަން ވާހަކަ ދައްކާނީ ، އިނގިރޭސި ލިޔަން ކިޔަން ނޭންގޭ ، ކީޜިތި ކުރޭ

    21
    2
  2. ޞޮގޮސް

    މީނާގެޞޯ ގޯސް ވެއްޖެ ހެން ޙީވޏީ

    15
    3
  3. ސޫއޫދު

    ކީރިތި ކުރެއްވުމުގެ މަސައްކައްތޯ ތިއުޅެނީ ރައްޔިތުންނައްވީ ރިޔާސީ ވައުދުފަށާނެ ކޮޅެއްނޭގިގެން ދައުރުނިމޭއިރުވެސް

    17
    2
  4. ސާލިހު

    ފަނީ ޖޯކް😆

    15
    2
  5. އައްޑޫ މީހާ

    ރޯލާފަ ބުނެބަލަ ތިޔަހެން ވަރަށް ފައްކާވާނެ ހަހަހަ

    15
    2
  6. ސަހާދަތް

    އެމަރިކާ އަށް ކޮންމެ ރައީސަކު އެރިޔަސް ތިހެން ބުނާނެ. އެމަރިކާ އަކީ ނުފޫޒުގެ1 ވަނަ އިންޓަނޭޝަނަލް ކޮމިޔުނިޓީ އޮންނަނީ އެމީހުންގެ މުށުގައި..ކާކަށް ކެރޭނީ އެމަރިކާގެ ކޮންމެ ރައީސަކު އެރިޔަސް އެކު އެކީގައި މަސައްކަތް ނުކޮށް ގަދަނުކުރެވޭނެ މި ކުޑަކުޑަ ރާއްޖެއަށް

    14
    2
  7. މަސްއޫދު

    ލަދުހަޔާތްކުޑަ ބާކޫތު އިބުރާހިމާގަޑާ! ކޯނިބޭކުޑައަލީއާއެކު މަސައްކަތް ކުރަންދާންވީއެއްނޫން ބައިދިންއާއެކު މަސައްކަތް ކުރެވޭނީ ރައީސް ޔާމީނުމެންފަދަ ތައުލީމީ ގަޓު ރައީސުންނަށް! ގުރޭޑު 8 ހަމައަށްވެސް ތައުލީމުލިބިފައިނެތް މީހުންނާއެކު ބައިޑެން މަސައްކަތް ކުރާކިހިނެއްބާ! އަދި އަމުދުން ސާލިހުމެންފަދަ އެގޭރޭސިބަހުން ވާކަދައްކަން ނޭގޭ މީހުނާއެކުބައިޑެން މަސައްކަތްކުރާ ކިހިނެއްތޯ؟ ގައުމުގެ ރައްޔިތުން ބަޑައްޖެހެނީ މި އިބުރާހިމްގެ ނާގާބިލްކަމުން! ދެންއެދައްކަނީ ބައިޑެންއާއެކު ތިމަންނަ މަސައްކަތްކުރިން ބޭނުމޭ! ހަތަރަސްފައިންތަ ވާހަކަދައްކަނީ!

    15
    3
  8. މުބީނު މާރނީ

    ބައިޑަން މީ މި ކިނބޫ ގެ ސެކްރެޓަރީ ވިއްޔަ މީނާ އާއި އެއްކޮށް މަސައްކަތް ކުރަން. އިނގިރޭސި ބަސް ހަމަޔަށް ނޭންގުނަސް ވީދާއެޅޭތޯ ބަލާތި. ރިލޭޝަންޝިޕް އެއް ނޫންނަމަ ކުރިއެކޭ އެއްފަދަ ފްރެންޑްލީ ރިލޭޝަންޝިޕް އެއް ބާއްވަން ބޭނުމޭ ބުނާނީ. ގަމާރަސް މިއީ ދެންވާ ކަމެއް މިއޮތީ ޤައުމަށް ޖެހިފަ. ކޮވިޑަށް ވުރެ ކަންތައް ބޮޑު.

    12
    2
  9. އަސީލް

    ބައިޑެންނާ އެކު މަސައްކަތް ކުރާށޭ.. ބަލަގަ ކަލޭތީ 4 ލައްކަ ހަމަނުވާ ކުޑަރަށެއްގެ ކަތީބެއް.. ތިޔަ ދައްކަނީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ވެރިޔާއާއި އެކު މަސައްކަތް ކުރާވާހަކަ.. އޭނަ ބޭނުންވާނެތަ ކަތީބުލައްވައި ކަމެއް ކުރުވަން. މިހާރުވެސް ތިޔައުޅެނީ ގައުމު ހިންގަންނޭނގިގެން.

    18
    2
  10. ބައިޑަ ން

    ރ ޖޭ އާއ އި އެކު މަސަ އްކަތް ކުރާ ނަން

    3
    1
  11. ގަމާރު

    އަޅުގަނޑަށް ހީވަނީ އެބުނާ ވާހަކައަކީ އެމެރިކާގެ ސަރުކާރާއެކީ ދިވެހި ސަރުކާރުން އެއްބާރުލުން ދީގެން ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ވާހަކަހެން.. ކޮންމެހެން ބައިޑަންސަރުކާރުގެ މާޤާމެއްގަ މަސައްކަތް ކުރަން ބޭނުންވާ ވާހަކައެއް ނޫންހެން، މިއީ ޓްވީޓަރ އިން އަޅުގަޏޑަށް ދޭހަވާގޮތް..

  12. ދިވެހިން

    ދިވެހިން ބޭނުންވަނީ ބައިޑެންނާ ގުޅިގެން ޓްރަމްޕް ވައްޓާލި އުކުޅުބޭނުން ކޮށްގެން މިގައުމުގެ ޓްރަމްޕް ކިނބޫ ވޢްޓާލަން

  13. ބައިޑަން

    ޢަހަންނާއެކު މަސައްކަތް ކުރެވިއްޖެއްޔާ ޓްރަމްޕް ވެއްޓުނުހެން ކަލޭވެސް ވެއްޓިދާނެ