23:32

އިންޑިއާގެ ޓެލެންގަނާގެ ނިރްމަލް ޑިސްޓްރިކްޓައި ސިއްހީ ހިދުމަތްތެރިއަކަށް ކޮވިޑް-19ގެ ވެކްސިން ދިންތާ 18 ގަޑިއިރު ފަހުން މަރުވެއްޖެ.

23:03

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް އިތުރު 1،290 މީހަކު މަރުވެއްޖެ.

22:43

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 612 މީހަކު މަރުވެއްޖެ.

22:01

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 53 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:00

އއ. މަތިވެރީގައި ހޯމް ކަރަންޓީންގައި ތިބި ދެމަފިރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:50

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

 

15:24

އިންޑިއާގެ ސިޓީއެއް ކަމަށްވާ ޕޫނޭގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އައި އިމާރާތެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި.

14:08

ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 17،365 މީހުން މަރުވެއްޖެ.

13:20

ކޮވިޑް-19 ފެތުރެން ފެށުމާއިއެކީ ބަންދު ކޮށްފައިވާ ލަންކާގެ ބޯޑަރުތައް ހުޅުވާލައިފި.

13:15

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކުރި ހަރަދުތައް 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި.

12:11

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ގައުމުތަކަށް ފޮނުވަން ފަށައިފި.

11:40

ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،382 މީހަކު މަރުވެއްޖެ.

11:24

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން އިތުރު 1052 މީހަކު މަރުވެއްޖެ.

10:54

ދެއްވަދޫ އިން ފައްސިވި މީހުންގެ އަދަދު 60 އަށް އަރައިފި.

10:33

ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،539 މީހަކު މަރުވެއްޖެ.

10:16

ރާއްޖެ އަށް މީގެކުރިން ހުރިހާ ވެކްސިނެއް ވެސް ގެނައީ ޔުނިސެފް މެދުވެރިކޮށް ކަމަށާއި ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގައި އެ ފަރާތުގެ ލަފަޔާއި އިރުޝާދު ހޯދާފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ.

10:03

އެމެރިކާ އިން އިއްޔެ ކޮވިޑް-19 ޖެހިގެން އިތުރު 4،374 މީހަކު މަރުވެއްޖެ.

09:47

ގއ. ދެެއްވަދޫން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 78 އަށް އަރައިފި.

09:37

ކޮވިޑް-19 ހަލުވި ކަމާއެކީ ފެތުރެމުން އަންނަ އެމެރިކާގައި މާސްކު އެޅުން މަޖޫބޫރުކޮށްފި.

09:15

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އަނެއްކާ ވެސް 1،000 އަށް ވުރެ އިތުރުވެއްޖެ.

ކޮވިޑް-19 ގެ ނުރައްކާތެރި ވަބާއިން ދުނިޔެއަށް އަރައިނުގަނެވި އެއް އަހަރުވެގެން ދިޔައިރު މި ބަލި ފެތުރުން މުޅި ދުނިޔޭގައިވެސް ކޮންޓްރޯލް ކުރެވިފައި ނުވެއެވެ. މިގޮތުން ބައެއް ޤައުމުތަކުގެ ހާލަތު ކުރިޔަށްވުރެ ގޯސްވެ ނުރައްކާ ދެގުނަ ވެފައި ވާއިރު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު އުޅެނީ 96 މިލިއަންގައެވެ.

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 2.07 ގައި އުޅޭއިރު މިހާތަނަށް ބަލިން ރަނގަޅުވީ 69.5 މިލިއަން މީހުންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ދުނިޔެއިން 364،000 އަށްވުރެ ގިނަ މީހުން ވަނީ އަލަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14712 އަށް އަރާފައެވެ. މީގެ ތެރޭގައި އިއްޔެ އަލަށް ފައްސިވި 79 މީހަކުވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 13639 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިއަދާއި ހަމައަށް ނިޔާވި މީހުންގެ އަދަދު މިހާރު 49 އަށް އަރައެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިއްޔެ ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. އިންޑިއާގެ ބޯޓެއްގައި އިއްޔެ ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.

އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު