ސަރުކާރުން ރާއްޖެ ގެނައި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށާއި އެ ވެކްސިން އޮތީ ތަހްލީލު ކުރުމުގެ މަރުޙަލާއެއްގައި ކަމަށް އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ރާއްޖެއަށް އިންޑިއާ އިން އިއްޔެ ހަދިޔާކުރި ވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒްއެކެވެ.
މި ވެކްސިނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާ ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށެވެ. އަދި ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގަބޫލުކުރާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމިއްޔާ އިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއް ކަމަށް އިދިކޮޅުން ބުނެއެވެ.
"ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު ހުރި ވެކްސިނެކެވެ. އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށް ވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވެއެވެ." އިދިކޮޅި ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ވަނީ ވެކްސިން ޖެހުމުން އުފެދޭ ތަފާތު "ރިއެކްޝަންސް" ތަކާއި މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ވާންޖެހޭނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަކީ އެ ކޯލިޝަނުން އެންމެ އިސްކަންދޭ އެއް ކަން ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިންއަކީ ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި އޮތް ވެކްސިންއަކަށް ވެފައި، ދުނިޔޭޣެ ސިއްހަތު ޖަމިއްޔާއިން ބަލައިގަނެފައިވާ ވެކްސިނަކަށް އެ ނުވުމުން އެ ވެކްސިން ދިވެހިން ބޭނުން ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ހިލޭ ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔަ ވަނީ ދެއްވައިފައެވެ. ދިވެހި ގައުމާ މުހާތަބް ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.
ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސިޔާސީވެގެންވެސް ވަކި ހައްދެއް އޮންނާނެ! މީދެން ބޮޑުވަރު! ހަޖަމު ނުވީކަންނޭގެ ދޯ؟
"ރާއްޖޭގައި ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު- ޑރ. ނަޒްލާ"
މިއޮތީ ހެކި..! ކަލެއަށް ހަޖަމު ވޭތަ؟ ޑައިޖީން ބޮއެ ދެން..!
އޮކްސްފޯޑުގެ އެސްޓްރަޒެނެކާ ވެކްސިންއަކީ ރަގަނޅު ވެކްސިނެއް! މީގެ 700000 ޑޯޒަށް ސިންގަޕޯރ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެނައުމަށް އޯޑަރ ދީފައިވާކަމަށް ސިއްޙަތާބެހޭ މަރުމޯލު މިނިސްޓަރު ވަނީ ވިދާޅުވެފަ!! މިއީ ތިން ޓްރަޔަލްއިންވެސް ފާސްވެފައިވާ ވެކްސިންއެއް!! މިވެކްސިންގެ އިފެސިއަންސީ ރޭޓަކީ 60-90% އެވެ! މިވެކްސިންގެ 500 މިލިޔަން ޑޯޒް ގަންނަން ޔޫރަޕްގެ ގައުތަކުން އޯޑަރ ދީފައިވޭ!! މީގެ ޑޯޒެއްގެ އަގަކީ 4 ޑޮލަރު!! ކޮންމެ މީހަކަށްވެސް މީގެ ދެ ޑޯޒް ދޭންޖެހޭ!! މިއާދޭތޯ ބަލަންތިބެމާ!! ގެރިމޯދީގެ ޓެސްޓުވާޝަން ގަޔަށް އިންޖެކްޓު ނުކޮށް!!
ޕީޕީއެމް ކުދިން އިންޑިއާ އިން ދިން ވެކްސިން ނުޖަހާތި. ފޭކް ޗައިނާ އިން ވެކްސިން ލިބެންދެން މަޑުކުރާތި...
އާނ.. އިންޑިޔާގެ ވެކްސިނެއް ނުޖަހާނަން އުލު ބޭންދިޔަސް އެނގިއްޖެ،،!
3 ނޮވެމްބަރު ގައި ދިވެހިން ޓޯޗާ ކުރަން ހިތް ރުހުނު ބަޔަކު ކާމިބީ ދެއްކުމަށްޓަކައި ޑަބްލިއު އެޗް އޯ ގެ މިންގަޑަށް ނުފެތޭ ވެކްސިނެއް ޖަހަން ކަންބޮޑުވާނެ ހެން ހީވޭތަ
ތިޔަ ބުނާ މޮޅު ޑަބުލިއު އެޗް އޯ މީހުން ޗައިނާއަށް ނުވައްދައި އެންމެ ފަހުންވެސް ޖެއްސުންކުރީ
ދައުލަތުން ކަޓުވާލި ލާރިގަނޑު އޮންނާނެއްނު ވެކްސިންއެއް ގެންނަންވީނު އަނގަނާރުވާ
އޭތި އެބައޮތް ޖަލުގަ
"ރާއްޖޭގައި ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު- ޑރ. ނަޒްލާ"
މިއޮތީ ހެކި..! ކަލެއަށް ހަޖަމު ވޭތަ؟ ޑައިޖީން ބޮއެ ދެން..!
ޚުދު ރައީސަށްވެސް ނުކެރޭނެ ތި ވެކްސިން ޖަހަން އާންމު ރައްޔިތުން ހަލާކުވާނީ . އެމްޑީ ޕީ ބައިގަނޑު ޖަހާ އަހަރަމެން ނުޖަހާނަން. އޯކޭ ތަ
ކޮވިޑް ވެކްސިން އޮތީ ޖަލުގަ ؟ ދެން ކިހިނެއް ވެކްސިން ޖަހާނީ......
62% އިފެކްޓިވްކަމަށް ޓްރަޔަލްތަކުން ދައްކާފައިވާ އަދި ފޭސް3 ނުނިމޭ ލޯކޮލިޓީ ވެކސިނެއް ރާއްޖެއަށް އިންޑިއާއިން މިދިނީ ޓެސްޓިން މަރުހަލާގައި ފޭސް3 ގެ ޓްރަޔަލްއަށް! 38% މީހުން ގަސްތުގައި މެރުންކަހަަލަ ކަމެއްމީ! މިއަށްވުރެ ބޮޑުތަނުން ރަނގަޅުވެކްސިން އެބަހުރި ބާޒާރަށްނުކުތުމުގެ މަރުހަލަގައި!
މިހާރު ޓިނުޑަކްޓަރު އެބުނީ ކަމަކުނުދެޔޭ މީނަޔަކީވަރައްބޮޑު ހިސާބް އިލްމުވެރިޔެއް މިކިހަލަ އުޑެއް ބުޑެއް ނޭގޭމީހުން އުޅޭނި ފިތުނަފަސާދައުފައްދާ މީހުންގެދޭތެރެޖައްސަން ޕޕ ކުދިންނައް ޓިނުވެކްސިންދެނީ
ދެން ނުޖެހީމަ ވީނުން...ކަދުރު ވެކްސިން ޖަހާގެން ތިބޭ..އަހަރުން ނޫޅެން ތިކަމާ
"ރައީސް އަމީން ދީދީގެ ޙާދިޘާގެ ޚަބަރު ހުވަދު އަތޮޅަށް ދިޔައީ ޙާދިޘާ ހިނގިތާ 60 ދުވަސް ފަހުންނެވެ! ނަމަވެސް މުޅި ދުނިޔެ ލައިވްކޮށް ބެލި ބައިޑަން ހުވާކުރި ރަސްމިއްޔާތު އަހަރުމެން ވެސް ލައިވްކޮށް ބެލީމު. އެގޮތުން ކޮވިޑް 19 ގެ ސްޕައިކުތަކާ ބެހޭ ޚަބަރުތައްވެސް ހަމަ އެކަނި ޚަބަރާ މަޢުލޫމާތު ފަތުރާ އެތަށް ޗެނަލަކުން ވަގުތުން އެހެރަ ބެލެނީއެވެ. ވީމާ، އިންޑިޔާގެ ވެކްސިންއަކީ އަދި ޑަބްލިޔުއެޗްއޯ އެޕްރޫވް ނުކުރާ އެއްޗެއްކަން އެމީހުންގެ ވެބްސައިޓުން އެހެރީ ފެންނަން. އިންޑިޔާއިން ކޮވިޑު ފަރުވާއޭ ކިޔާފައި ހަމަ ތިގޮތަށް މަތިންދާބޯޓުން ގެނެސް ރަސްމިއްޔާތު ބޭއްވި ބޭސްތައްވެސް އެޕްރޫވް ނުކުރާތީ ބޭނުން ހިފޭއެއްޗަކަށް ނުވި."
މި ޑަބްލިޔޫ އެޗް އޯ ދޯ🤭😂
މިކަހަލަ ވާހަކަ ދައްކަވާނީ ރ. ނަޝީދު. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މަސްއަލާގައި ، އަފްރާޝީމް އަވަހާރަކޮށްލުމަށްފަހު ޤާތިލް ހަމަ އެރޭ ފަތިހު މެދުއިރުމަށް ދާން ފުރާފައި ވާ ކަމުގެ މަޢުލޫމާތު ބޭރު ސަރުކާރެއްގެ އިންޓެލިޖެންސުން ނަޝީދަށް ދީފައިވާކަމަށް ނަޝީދު މީޑިއާތަކަށް ހާމަ ކުރައްވާފައިވާނެ.
މިފަހަރު ވެކްސިނުގެ މަސްއަލާގައި ޑަބްލިޔޫ.އެޗް.އޯ އިން ޕީ.ޕީ.އެމް/ޕީ.އެން.ސީ އަށް މިއޮތީ މަޢުލޫމާތު ދީފައި.
ރައްޔިތުން ގުބޯ ހައްދަން ވާހަކަ ދައްކާއިރު ދެބައި މީހުންވެސް ހަމަ އެއްގޮތް.