ކޮވިޑް-19 ގެ ރޯގާއަށް ފަރުވާ ދިނުމަށް ބޭނުންވާ ވެކްސިން އެކި ގައުމުތަކުން ތައްޔާރު ކުރަމުންދާ އިރު، ޗައިނާ އިން ތައްޔާރު ކުރި ވެކްސިނަށް ދުނިޔޭގެސިއްހަތު ޖަމިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ތާއީދުކޮށްފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމް ކަމުގައިވާ ކޮވެކްސް އިން ޗައިނާގެ ވެކްސިނަށް ރަސްމީކޮށް މިހާރު ތާއީދުކޮށްފައިވާ ކަމަށެވެ. މިހާރު ކޮވެކްސް ޕްރޮގްރާމް އާއި ޗައިނާގައި ވެކްސިން އުފައްދާ ކުންފުނިތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މިއީ ދަތި ވަގުތެއް ކަމުން ފަސޭހަ އިންތިޒާމެއްގައި ވެކްސިން ދިނުމަށް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް 40 އަށް ވުރެ ގިނަ ގައުމުން ވަނީ ޗައިނާގެ ވެކްސިނަށް އެދިފައި، ވެކްސިން އުފައްދާ މިންވަރު އިތުރުވުމާއެކު އިތުރު ގިނަ ގައުމުތަކަށް ދާނީ ވެކްސިން ދެމުން، ޔޫއޭއީއާއި، ބަހްރައިންއާއި، މިސްރާއި، ތުރުކީ އާއި، ޖޯޑަން އާއި، އިންޑޮނޭޝިއާ އާއި، ބްރެޒިލް ފަދަ ތަރައްގީވެފައިވާ ގައުމުތަކުން ވެސް ޗައިނާގެ ވެކްސިނަށް އެދިފައި އެބަ އޮތް،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ޗައިނާގެ ވެކްސިނަށް އެދިފައިވާ ކަމެއް ނުވަތަ އެދިފައިނުވާ ކަމެއް އަދި ނޭނގެއެވެ. ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާ ސަފީރު އެ ގައުމުގެ ވެކްސިންއާ ގުޅޭ ގޮތުން ޓްވީޓްތަކެއް ކުރައްވާފައި މިވަނީ ޗައިނާއާ އެންމެ ވާދަވެރި އިންޑިއާއިން އެ ގައުމުގައި ތައްޔާރު ކުރި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވަނިކޮށެވެ.

އިންޑިއާއިން ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފައިވާއިރު އެ ވެކްސިންތައް ރައްޔިތުންނަށް ފޯރުކޮށްދޭނީ އަގެއް ނުނަގާ ގޮތަށް ހިލޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެކަމަކު އިންޑިއާގެ ވެކްސިނަށް ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އިންޑިއާއިން ގެންނަ ވެކްސިންގެ ރައްކާތެރިކަމާ މެދު އާއްމުން ސުވާލު އުފައްދަމުން ދަނިކޮށް، ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެ ކަމަށް ރާއްޖޭގެ އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ގެނައި ވެކްސިން އަކީ އޮކްސްފޯޑް އަދި އެސްޓްރާޒެނެކާއި ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ރީސާޗްގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް ޝީލްޑް ވެކްސިންއެކެވެ. އެހެންކަމުން އެ ވެކްސިންގެ ވެސް ރައްކާތެރިކަން އޮންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގހ

    ޗައިނާގެ ވައިރަސް އައް ވެސް ތާއީދު ޕީޕީއެމް ކުދިން

    5
    42
    • ޙަޤީޤަތް

      އާނ.! އަހަރެމެން ޖަހާނީ ޗައިނާ ވެކްސިން. ހެޔޮ ގަނެގެން ވިޔަސް. އިންޑިޔާއަށް ޗައިނާ ފަހަތުން ނުވެސް ފިރުކެވޭނެ...!

      31
      2
    • ޑަބިޔާ

      އިންޑިޔާ ވެކްސިން އަށް އެމްޑީޕީން ވަރައް ތާއީދު ކުރާނެ އެއީ އިންޑިޔާ މީހުން ހެދި ވެކްސިން ރާއްޖެ މީހުންގަޔަށް ޖައިގެން ޓެސްޓް ކުރަން ޑަބްލިއު އެޗްއޯ އެޕްރޫވް ހޯދަން. އެހެންދޯ ތިބުނަނީ

  2. ޙަޤީޤަތް

    އާނ.! އަހަރެމެން ޖަހާނީ ޗައިނާ ވެކްސިން. ހެޔޮ ގަނެގެން ވިޔަސް. އިންޑިޔާއަށް ޗައިނާ ފަހަތުން ނުވެސް ފިރުކެވޭނެ...!

    23
  3. ވިސްނާލުމަށް އެދެމޭ

    ދޮގުނުހަދާ ޗޕއ އިން އިއްޔެ ނަޒުލާ އެއްވެސް ޖަވާބެނުދޭ ވެކްސިންގެ ރައްކާތެރިކަމުގެ...ޑަބްލިޔުއެޗްއޯގެ ހުއްދަ އިންޑިޔާގެ ވެކްސިންއަށް އަދިނުދޭ އިންޑިޔާއިން ވެކްސިނާބެހޭ އެއްވެސް މައުލޫމާތެ ޑަބްލިޔުއެޗްއޯއާ ހިއްސާނުކުރާތީ އެމީހުންވަނީ ކަންބޮޑުވުންއު ފައްދާ ފަ..ޗައިނާގެ ވެކްސިން މިހާރުބޭނުންކުރާތާ ދުވަސްކޮޅެވެއްޖެ..އެވެކްސިންއާމެދު ދުނިޔޭގެ ސިއްހަތުޖަމިއްޔާގެ ކަންބޮޑުވުމެނެތް..ރަޝިޔާގެ ވެކްސިންވެސް..އަހަރެމެންބޭނުން ވެކްސިންއެއްޖެހުމުގެ ފުރުސަތުދޭންޖެހޭ ސަރުކާރުން...

    22
  4. އިންޑިއާ އިނގޭ

    "އިންޑިއާގެ ސީރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް ޝީލްޑް ވެކްސިންއެކެވެ." އިންޑިއާއިން މެނުފެކްޗަރ ކުރާ ތަކެތީގެ މައްސަލަޖެހޭ މިންވަރާއި ފެންވަރު މިޓައިޕު ކުރަމުންދާއިރުވެސް އޭގެ އުނދަގޫ ތަހައްމަލް ކުރަމުން މިދަނީ.

  5. ޖިސް

    އަޅުގަނޑު މަޑުކޮށްލާނަން ޗައިނާ ވެކްސިން ލިބެންދެން.
    ޝުކުރިއްޔާ ސަފީރު

  6. މަގޭ

    އެޗުޕީއޭގަ ތިއުޅޭ މީހުން ތިޔަގެނެސްގެން އުޅޭ ގެރިގުއި ވެކުސިްޖަހާ އަހަރުމެން ޖަހާނީ ޗައިނާ ވެކުސިން ލިބުނުދުވަހަކުން ހެޔޮގަނނަން ވިޔަސް