ރާއްޖެ އަށް މީގެކުރިން ހުރިހާ ވެކްސިނެއް ވެސް ގެނައީ ޔުނިސެފް މެދުވެރިކޮށް ކަމަށާއި ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގައި އެ ފަރާތުގެ ލަފަޔާއި އިރުޝާދު ހޯދާފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާއިން އިއްޔެ ވަނީ ރާއްޖެ އަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ކުޑަކުދިންގެ ގަޔަށް ޖަހާ ހުރިހާ ވެކްސިންތަކަކީ އަބަދުވެސް ޔުނިސެފް މެދުވެރިިކޮށް ގަންނަމުން އައި އެއްޗެއް ކަމަށެވެ. އަދި އެ ޖަހަން ޖެހޭ މިންގަނޑުތަކާއި ހުރިހާ ފަންނީ ލަފައެއް ދެމުން އަންނަ ބަޔަކީ ޑަބްލިއުއެޗްއޯ އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވެކްސިނޭ މި ކިޔާ އެއްޗެއް ދުނިޔޭގަ އުޅުނުތާ ސާޅީހަކަށް އަހަރު ވީއޭ. ސާޅީހަކަށް އަހަރު ވީއިރު، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ގަޔަށް ޖަހާ ހުރިހާ ވެކްސިންތަކަކީ އަބަދުވެސް ޔުނިސެފް މެދުވެރިކޮށް އަޅުގަނޑުމެން ގަންނަމުން އަންނަ އެއްޗެއް. އަބަދުވެސް އެ ޖަހަންޖެހޭ މިންގަނޑުތަކާއި، ހުރިހާ ފަންނީ ލަފައެއް ދެމުން އަންނަނީ ޑަބްލިޔުއެޗްއޯއިން. މި ސާޅީސް އަހަރު ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެއަށް ނުވަތަ ސިއްހީ ދާއިރާއިން އައިސްފައިވާ ކުރިއެރުމެއް އައިސްފައިވަނީ، ޑަބްލިއުއެޗްއޯގެ އެއްބަނޑު އެއްބަފާ ކަމުގެ ދަށުގަ. އެހާވެސް ގާތްކަންމަތީގަ. ދެން މިއަދު މިކަމުގައި ޑަބްލިއުއެޗްއޯ އަކީ ނެތްބައެއް ކަމަށްވީމަ، ޑަބްލިއުއެެޗްއޯގެ ތެރެއިންވެސް ނުރަސްމީކޮށް ހިތްހަމަނުޖެހުންތައް ފާޅުކުރަމުން ދަނީ،" މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، އިންޑިއާ އިން ހަދިޔާކުރި ވެކްސިނަކީ، ޑަބްލިޔުއެޗްއޯއިން އެޕްރޫވް ކުރުމުގެ ކުރިން، އިންޑިއާގެ ކަމާ ގުޅުންހުރި އިދާރާތަކުން އެޕްރޫވްކޮށްގެން ގެނެސްފައިވާ ވެކްސިނެއް ކަމަށާއި މި ވެކްސިނަކީ، ހަމައެކަނި ކުރީ ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޖެހުމަށް ހުއްދަ ދީފައިވާ ވެކްސިނެއް ކަމަށެވެ.

"މި ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކުރިން، އިންޑިއާގެ ކަމާ ގުޅުންހުރި އޮތޯރިޓީތަކުން އެޕްރޫވްކޮށްފައިވާ ވެކްސިނެއް. މި ވެކްސިން އެޕްރޫވްކުރީ އިމަޖެންސީ ހާލަތަށް އެކަނި. މިވަގުތު ސަރުކާރަށް މި ވެކްސިން ލިބިވަޑައިގަތީމަ ޝުކުރު އަދާކުރަންވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ ދެއްވަންވީ، އެއްލައްކަ ޑޯޒެއް ނޫން. މިހާރު އެއޮތީ އެކަންވެސް ކެމްޕެއިނަކަށް ހަދާފަ. ފަބްލިކް ޕީއާރުގެ އެއްޗަކަށް ވެކްސިން ޖެހުން ހަދާފަ ސަރުކާރުން އެވަނީ. އަޅުގަނޑު ދެކޭގޮތުގައި ފުރަތަމަ ދެއްވަންވާނީ ފްރަންޓްލައިން މީހުންނަށް." މުންދު ވިދާޅުވިއެވެ.

ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ވެކްސިންގެ ތެރެއިން އިންޑިޔާއިން ރާއްޖެއަށް ދިން ވެކްސިންއާއެކު އިންޑިއާގެ ފްލައިޓް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން، އިއްޔެ ދިވެހި ގައުމާއި މުހާބަތުކުރައްވާ ރައީސް ވިދާޅުވީ.ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގައި ހިލޭ ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކެނެރީ

  ނަސީދު، ،އިބޫޖަހާ ތިވެކްސިން ޕުރަތަމަ

  25
  4
 2. ޢާލިމް

  މީކީ ހަމަ އެކަނި ކުޑަކުދިންނަށް ޖަހަން ޚާއްސަ ވެކްސިނެއް ނޫނޭ.

  2
  2
 3. ޕްލެސީބޯ

  ނަޝީދު އިބޫ އަދި މިސަރުކާރުގެ ވަޒީރުންނާއި އެމީހުންގެ ދަރިންނަށް އަޖުމަ ބަލާލުމަށް މިވެކްސިން ދެއްވާ ފުރަތަމަ. ޖެހުމަށްފަހު އޭގެން އަންނަ ބަދަލުތައް ބަލާލަން 3 މަހާއި 6 މަސް ދުވަސް މަޑުކުރުން ރަގަޅު.

 4. ރައީ ސ

  ފުރަތަމަ ދޭނީ އިދި ކޮޅު މީހުންނަށް@

 5. ތަރު ޖަ މާނު

  މީ ގެ ކުރީގައި ތި މީހުން ހިންގި ކަމެއް މިސަރުކާރުން ރިޕީޓު ކުރުމެއް ނެތް!

 6. ވގ ޔނ

  ކުރިން ކަލޭމެން ހާދަ ވައްކަމެއްކުރިޔޭ ކިޔާތީއަހަން އެއީތެދެއްތަ ކޮބާ ނެތްތަޖާފަތެތްތައްޔާރުކޮއްލެވޭކައް

 7. ގައްބަރު

  ކޮންމެހެން ޔުނިސެފުން ތޯ ވެކްސިން ގެންނަންޖެހެނީ. ކިހާ ބޮޑުވެއްޖެ ކަމެއް. ރީނދޫ،އަސުރުމާ ވެކްސިން އުފެއްދީތޯ؟ ދުނިޔެއަށް ވަބާއެއް ކުރިމަތި ވީ ހިނދު މި ކުޑަކުޑަ ޤައުމަށް މިވަނީ ފިތުނަ ފަސާދައާއި، މިނިމަސް ކެއުމުގެ ބަލާ ކުރިމަތިވެފައި.
  މީކީ އަދި ރަގަޅު ގޮތެއް ނޫން ސިޔާސީ ހުރިހާ މުޖުރިމުން ދުރުވެ ސިއްހީ މަރާތްތަކުން މިކަން ކުރުމަށް ފުރުސަތު ދީބަލަ. ޤައުުމުގެ ނިކަމެތިން ހަނާވެގެން ދާއިިރު ސިޔާސީ ބާލާވެރިންގެ އުންދަގޫ މިވަނީކޮރޯނާއަށް ވުރެ ކުރީގައި.
  މާތް ﷲ މި ކުޑަކުޑަ ޤައުމު ސަލާމާތްކޮށްދެއްވާ، ފިތުނަ ތަކާއި އެންމެހާ ނޭތްގާނީ ކަންކަމުން މި ޤައުމު ސަލާމަތްކޮށްދެއްވާންދޭވެ. އާމީން

  4
  3
 8. ހަމަހަމަ

  މުޅި ޢާއިލާ ފިތުނަ ފަސާދައިގަ ޢުމުރު ދުވަހު! ބޯހަލާކު! މަވެސް ޔާމީނަށް ތާއީދުކުރަން ބައެއްކަންކަމުގައި އެކަމަކު މިކަހަލަ މީހުން 2 ޕާޓީގައި ގިނަވީމާ ބާތިލްވޯޓުލަނީ..

 9. އަލްޖިބްރާ

  ކާކު ބުނެގެންތަ ޔާމީނު ކޮމަންވެލްތުން ވަކިވީ ؟ އަދިވެސް އަގަ ގަޅާ !