އިންތިހާބަށް ވުރެ މުހިންމީ ގައުމީ މަސްލަހަތާއި ސިއްހަތު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުގެ ގައުމީ މަޖިލީހުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެެ މުއްދަތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އިންތިހާބާ ބެެހޭ އެެކި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ އެކު އެޗްޕީއޭއިން ބޭއްވި މި ބައްދަލުވުމުގައި ވަނީ، އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގަވައިދުތަކާ މެދު ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެޗްޕީއޭ އިން ވެސް މި ދަނޑިވަޅުގައި ވިސްނާނީ ރައްޔިތުންގެ ސިއްހަތާ މެދު ކަމުގައި ކަމަށް ވިދާޅުވެ އެޗްޕީއޭގެ ނިންމުންތަކަށް ފުރިހަމައަށް ސަޕޯޓުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަން ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ، އިންތިހާބުގެ މުއްދަތު އަވަސްކުރުމާއި ފަސްކުރުމުގެ އެއްވެސް މަސްލަހަތެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.
"ކޮންމެއަކަސް އިލެކްޝަންސް މިހާރު މިއޮތީ އެއް އަހަރަށް ލަސްވެފަ. އަދި އިތުރަށް ދޮޅު މަސް، ނުވަތަ ދެ މަސް ލަސްވުމަކުން އަޅުގަނޑަށް ނުފެނޭ މާބޮޑު ގެއްލުމެއް ވެދާނެ ކަމަށް ރާއްޖެއަކަށް. މިއޮތް ރިސްކު އަނެއް އަތަށް އަޅާފަ އަނެއް އަތަށް އިންތިޚާބު އަވަސް ކުރުން އެއީ ރަނގަޅު ގޮތެއްނޫން. ސިއްހަތުގެ ރިސްކަކަށް ދިއުމަށްވުރެ އިންތިހާބު ލަސްކުރުން ރަނގަޅުކަމަށް ފެންނަނީ،" ފުއާދު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބު ޖޫން މަހަށް ފަސްކޮށްދިނުމަށް އެދިފައެވެެ. އެ ގޮތަށް އީސީ އިން އެދުނު އިރު, އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެކަމަކު އެ ތާރީހަށް އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އީސީއިން އަންގަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
ތިޔައީ އެމްޑީޕީ ބޭނުންވާގޮތް! މިކަލޭގެ މިހުރީ އަލުންވެސް ވިކިފަ!
ކަލެެއަށް މަސްލަޙަތު ވަކިކުރާކަަށް ނޭންގުނެއް ނުން. ރައްޔިތުންގެ ތާޢީދުނެތް، ޤާނޫނީ މުއްދަތު ހަމަވެފައިވާ ކައުންސިލަރުންތަކެއް ދެމެހެއްޓުމަކީ ކަލެއަށް މަސްލަޙަތަށް ވީގޮތެއް ނުވިސްނުނު. 3 މަސް ލަސްވިނަމަވެސް ޢިއްދައިގެ މުއްދަތުގަ ތިބީސް. މިހާރު ކައުންސިލަރުން އެތިބީ އިއްދއެިގެ މުއްދަތުންވެސް ކެނޑިފައި.
މަސްލަހަތު އޮތީ އިންތިހާބް ބާއްވައިގެން ނޫންބާ! އެހެންނޫން ސިއްހަތޭ ބުނުން ދެން އެންމެ ރަނގަޅު ދެއްތޯ މިދުވަސްކޮޅު.
ސަރީފް ކުއްވެރިވީނޫންތޯ ވަކިގޮތެއްހަދަން އީސީގެ ރައީސަކައްހުރެ އެންގިދާނެތޯ ކޯޓައް ހުށަހަޅަން ޖެހޭ
އިންތިހާބަށް ވުރެ މުހިންމީ ސިއްހަތު، ރައްކާވެ ތިބިއްޔާ ދަތުރު
އެއާޕޯޓާ ރިސޯޓާ ސްކޫލް ހުޅުވެންޔާ އިންތިޙާާބްވެސް ވެސް ބޭއްވޭންޖެހޭ.. ތީކީ ހަމަހަމަކަމެއްނޫން ދެން ޝަޓަަޕް! ވޯޓްލާންވީމަ ސެނެޓައިޒްކޮށްފަ ގައިދުރުކަން ބަހައްޓައިގެން ވޯޓްލެވޭނެއެއްނު މިސަރުކާރު ހަމަ މޮޔައީތަ.. އައުޓްބެރޭކް އޮންނައިރު ނިއުނޯމަލްއެކޭ ކިޔައިގެން ބިރެއްނެތި ސްކޫލް ބާއްވަން ގަޓުހުރޭ އެކަމު އިންތީޙާބް ބާއްވަން އުޅުނީމަ ބަލި ފެތުރިދާނަތީ ބިރުން ކޮވިޑެކޭ އަނެކެއްޗޭ ކިޔައިގެން ރެކެން ތެޅިގަންނަނީ
ސަރީފް ކަލޭ މޮޔަ ނުގޮވާ. އިންތިހާބެއް އެޕްރީލް މަހުވެސް ނުބޭއްވޭނެ. ކަލޭ ޖެހޭނީ އެންޑީޕީން ދައްކާވާހަކަ އެބުނާ ގޮތަށް އަޑުއިއްވަން
ހެހެހެ ކަލޭތީ ތިޔަވާހަކަ ދައްކަން އެންމެ ރަގަޅުމީހާބާ؟؟؟؟ އީސީ ސަރީފޫފޫފޫފޫ
ކަލޭ އިސްތިއުފާ ދީބަލަ ދޯ؟ ޤައުމީ މަސްލަހަތަކީ ކަލޭ ރިސްވަތު ހިފާ ލާރި ގަނޑު ކެއުންތަ؟ ކަލޭ ދުވަހަކުވެސް ޤައުމީ މަސްލަހަތެއް ބޭނުމެއް ނުވާނެ.މުޅި ތިމަރަފުއްޓަށް ހުރި ލަދެއް ތީ.ޤައުމީ މަސްލަހަތޭ ކިޔާފަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ ހިންގި ޖަރީމާ ތަކުގެ ހަޤީގަތް ކިޔާދީފަ ތައުބާވެބަލަ އޭރަށް ރައްޔަތުން ބައިގަންނާނެ.
ކަލޭ އިންހާބެ ނުބާއްވާނެކަމީ އެމްމެނައް އެގޭހަގީގަތެ ކަލޭމެނަކީ ގާނޫނެތިބޭބައެއްނޫން