ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެެ.

މިއަދު ފަށާފައިވާ މި ސެޝަނަތްކަކީ މާލެ ސިޓީ ކައުންސިލާއި އިންޑިއަން ކަލްޗުރަލް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކެކެެވެ. މި ޝެޝަންތައް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޯމަ ދުވަހު ކުރިއަށް ގެންދާނެއެވެ. އެ ސެޝަންތައް މި ދެ ދުވަހުގެ ހެނދުނު 06:00 އިން 07:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ސެޝަންތައް އޮންނަ ދުވަހުގެ އެގަޑިއަށް ޔޯގާ މެޓާއި ފެނފުޅި ހިފައިގެން ދިއުުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. ފެންފުޅި ގެންދާއިިރު ޕްލާސްޓިކް ފެންފުޅި ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ސެޝަންތަކުގައި ބައއިވެރިވުމަށް ވަކިި އުމުރުފުރައެއް ޖިންސެއް ނެތް ގޮތަށް ވަނީ ހުޅުވާލާފައެވެެ.

ލޮނުޒިޔާރަތް ޕާކަކީ ސިނަމާލެ ބްރިޖް ފެށޭ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ގާއިމްކޮށްފައިވާ ޕާކެކެވެ. މިތަން ހުޅުވާފައއި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ނުވަތަ ޖުމްހޫރީ ދުވަހާ ދިމާކޮށެެވެ. ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ މި ޕާކުގައި ކަސްރަތު ކުރުމަށް ހާއްސަ ސަރަހައްދެއްވެސް ވަނީ ގާއިމްކޮށްފައެވެ. ޔޯގާ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެތަނުގައެވެެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ލާދީނީޔޯގާ

  ނުސީދާކޮށް އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ ފުރުޞަތު ހުޅުވާލީ. ހުރި ހިތާމައެއްގެ ބިޔަކަން ވަރަށްދެރަ ކަމެއްމީ.

  24
 2. ރައްޔިތުމީހާ

  މާތް ރަސްކަލާއްކޯ! ދިވެހި ސިފައިންނާއި ފުލުހުންނޭ... ގައުމެއް ނެތް ނިހިރަ އޮޔާދަނީ.... ކޮބާ ތިބޭފުޅުންގެ ހުވައިގެ ވާޖިބު... ކިބާ އިސްލާމް ދީން ދެކެވާ ލޯބި..... އިންޑިޔާގެ ކަލްޗަރ މިނިސްޓްރީ އާއި ގުޅިގެން އިންޑިޔާއިން ދިވެހި މުޖުތަމަޢުގައި ފާޅުކަން ބޮޑު ޝިރުކުގެ އަމަލުތަކަށް އަރަގަނެ ފަތުރަން ކުރުވާ ކަމެއްމީ. ބުއްދާއިންގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ހަރަކާތްތަކެއް ޔޯގާއަކީ.

  19
 3. މާލޭ މީހާ

  އިރުއަރާ ވަގުތު ޙަރާމް ކަންތައް ކުރަން ހުޅުވި ތަނެއްތަ އެއީ؟؟؟ ކިހާ ބޮޑުކަމެއް😠 ތިކަހަލަ ފައްޅީގަ ކުރާކަހަލަ ކަންތަކާއި އިންޑިއާގެ ސަގާފަތް ދިރުވަން ދޭބަލަ އިންޑިއާއަށް😑😑😑

  18
 4. ކޮމެންޓު

  ޔޯގާ އޭ ކިޔައިގެން ހިންދޫ ބުދު ދީން ފަތުރަނީ. އެހަރަ ފޮޓޯ ބަލާބަލަ. މިޖައްސަނީ ކޮންވައްތަރެއް. ކޮބާ އެއްކަލަ އަންހެން ރައީސް އިމުރާނާ އިޔާޒުމެންގެ ކީރިތި ކުރައްވާ ރައީސްގެ ބެލުމުގެ ދަށުން ހިނގާ ކަންކަން މިހުންނަނީ

  15
 5. ލައިލާ

  ހިންދޫން ބުނަނި އެއީ ދީނީ ކަމަކަށް ނުހަދާށޯ! ކިހާމޮޅު ސައިތާނާވެސް ވަސްވާސް ދިނުމުގަ ބޭނުންކުރާ އުކުޅުތަށް! އިންސީންގެ ތެރެއިންވާ ސައިތާނުން ވަރަށް ނުރައްކާތެރި!

  15
 6. އިންސާފު

  ތީ މިގައުމުގެ ސަގާފަތާއި ގުޅޭ ހަރަކާތެއްނޫން... ސޮރީ ނުދާނަން.

  14
 7. ފުތާބެއްޔާ

  މަކަރު ވެރިކަމާއެކު މަޑުމަޑުން ޝިރުކުގެ ތެރެޔަށް ދިވެހިން ގެންދަނީމި.

  12
 8. ލޮލްލޮލް

  މީތި ކަޑަ

  9
  1
 9. އަބޫ

  ގެރި ދީނުގެ ބަލާވެރިކަން މި ޤައުމުގައި މިދަނީ މޫލާ ކުރިފަޅަމުން. މިކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާންއެބަޖެހޭ

  15
 10. ދީދީ

  ނަމާދު ކުރީމަ ޔޯގާ ހެދުނީޔޭ... ދޯ؟

 11. ދައްޖާލު ކެނަރީސް

  ދައްޖާލު ފާޅުވާން ވ ކައިރިވެއްޖެ ބަލަ މީސްތަކުންނޭ ޔޯގާ އޭކިޔާފަ ގެންގޮސް ޝިރުކުކުރުވިޔަސް ކުރާނަންތަ.. ތިޔަތަނައް އެކަކަުވެސް ނުދާތި އާޚިރަތައްޓަކާ... ﷲއައް ބިރުވެތިވޭ...

  14
 12. Reiju

  ދެން ފައްޅިއެއް އަޅާ

 13. ޥަހީ

  ކޮވިޑް ވެ ކްސިން ހިލޭ ދީފައޭ ކިޔާފައި މަ ކަރު ވެރި ކަމުން ކުރަން ރޭވި ކަމަ ކީ މީދޯ! ހުރި ނުލަފާ ކަން

  11
 14. ހުސެން

  ޔޯގާ ހުއްދަވީޓޯ ހުސޭން ޟޭހު ؟

 15. ލަދު

  މިއީ ޔޯގާގެ ނަމުގައި ހިންދޫންކުރާ އަޅުކަމެއް. ޔިޔަ ނާއްވާ ވަގުތަކީވެސް އެމީހުންގަބޫލުކުރާގޮތުގައި އެ އަޅުކަން ކުރަން އޮންނަ ގަޑި. މިކަމުގައި އެއްވެސް މުސްލިމަކު ބައިވެރި ނުވުމަށް ގޮވާލަން. އަދި ތިޔަ އާއްމު ޕާކު އެމީހުންގެ އަޅުކަން ޕްރޮމޯޓްކުރަން ނުދިނުމަށް ގޮވާލަން.

 16. ޓީޗަރުމީހާ

  ހަމަ ވަރަށް ދެރަކަމެއް މީ..ކޮން ޔޯގާއެއް. ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ މާތް ﷲ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވެ ތިބީމަ ބަލިތަކުން ސަލާމަތްވެ މީހާ ހިތްހަމަޖެހި އުޅެވޭނެ. މިދެން ކޮންކަމެއް. މީދޯ ދެން ނުކުރެވި އޮތްކަމަކީ..ތިހިރަ ލާފަ ތިބި ޓީ ޝާޓް ތަކެއްވެސް ދޯ.... ތިހަމަ ހިންދޫ ދީނުގެ ކަމެއް

 17. ލަދު

  ވެކްސިންގެ ބަދަލު. ޝިފާ އިސްތިޢުފާ. އިބޫ އިސްތިއުފާ އަދި އިމްރާން އިސްތިއުފާ. އިންޑިޔާ ގެ ކަލްޗަރ މިގައުމުގައި ނުދިރުވޭނެ. މިއީ މުސްލިމު ސަގާފަތެއް. އެއީ ބުޑިސްޓު ސަގާފަތެއް. އިސްތިއުފާ. ރައްޔިތުންނުކިމެ މި ޕާކް ބަންދުކުރޭ.

  • Anonymous

   އަހަރެން ތާއީދު. މިހުރީ ﷲ އަށްޓަކަ މިގައުމުގެ އިސްލާމް ދީނަށްޓަކާ ނުކުންނަން. މަނާކުރަން ޖެހުނު ގޮތަކުން މަނާކުރުން އަހަރެންގެ މައްޗަށް ވާޖިބު

 18. ޙެހޭ

  ޖަސްޓް ލޮލް ހަމަ ލޮލް ... ދެންވެސް ލޮލް އަބަދުވެސް ލޮލް ... ސަރްކާރް !! މިސަރުކާރު ގެނައި މީހުންނަށްވެސް ލޮލް!!

 19. ނ

  މިކަހަލަ ކަންތައް ހުއްޓެން ޖެހޭނެ. މިކަމާ ދެކޅުހަދާ އަޑުއުފުލާނެ ބަޔަކު އެބަ ބޭނުންވޭ