އައްޑޫން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ފައްސިވެފައި ވަނީ އައްޑޫ ސައުތް ޕާމް ރިސޯޓް ގައި ހުރި ދެ ފަތުރުވެރިއެކެވެ.

އެޗްއީއޯސީން ވިދާޅުވީ މިއަދު ފައްސިވެފައި ވަނީ ފުރުމުގެ ކުރިން ނަގަން ޖެހޭ ސުންކު ތަކުގެ ތެރެއިން ފައްސިވި ދެ ފަތުރުވެރިން ކަމަށެވެ.

މި ދެ ވޭދަނައާ ގުޅިގެން އެ ރިސޯޓުގެ ތިން މުވައްޒަފަކު ވަނީ ކަރަންޓީންކޮށްފައެވެ.

އިއްޔެ ރާއްޖެއިން 79 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14712 އަށް އަރާފައެވެ.

ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވެފައި ވަނީ 36 މީހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ހަ ވޭދަނަ ފެނިފައިވާއިރު، ހިންގަމުންދާ ރިސޯޓްތަކުން 35 ވޭދަނަ ފެނިފައި ވެއެވެ. އަދި ސަފާރީތަކުން ހަ ވޭދަނަ ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފުރާހު

    ތިރިސޯޓުގެ މުވައްޒަ ފުން ގަވާއިދުން ހުޅުމީދުއަށާ ފޭދުއަށްވެސް ގޮސްހަދާ ، އަދި ދިވެހީންވެސް ޗުއްޓީ ހެދުމަށާ ޕާޓީ ބޭއްވުމަށްވެސް ގޮސް ހަދާ ، ވީމާ ކޮންޓެކްޓުން ގިނަވުމަކީ އެކަށީގެންވާ ކަމެއް

    • އީޝާ

      ހުޅުމީދޫ ކުރީގެ މެންބަރު ވަރައް ގޮސް އުޅޭ ތަނެއް ތިޔަކީ.