މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސައުތު އެންޓަރޕްރައިސް އަޮފީހުގެ ދޮރަށް ގެއްލުން ދިން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހުން ހޯދަމުން ދަނީޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާ ކުރުން އެދޭ ކަމަށެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 469977އެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު އަަދާކޮށްފައެވެ.
ތިމީހުން ގެންގޮސްސަ ސުޓޭޓުމެންޓު ނަގާފަ ދޫކޮއްލާނީ އެކުދިންވެސް ބުނާނީ ހާދަ ވައްތަރޭ މިހާރު އުޅޭކުދިން ވީޑިއޯހަދަން