ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ޝަރީއަތަށް ބަޔާނެއް ދޭން ބޭނުންވާ ކަމަށް ބުނުމުން މައްސަލަ ބައްލަވާ ގާޒީ އެ ފުރުސަތު އަދުހަމް އަށް ދީފިއެވެ.

މައްސަލަ އާއި ގުޅޭ ގޮތުން އަދުހަމް ބަޔާނެއް ދޭން ބޭނުންވާ ކަމަށް ބުނި ނަމަވެސް ދޭން ބޭނުން ވަނީ ކޮން ކަހަލަ ބަޔާނެއް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ގާޒީ ވަނީ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެ ފުރުސަތު ދިނުމަށްފަހު އަޑުއެހުން ނިންމާލައްވާފައެވެ. އަދި ވިދާޅުވީ މައްސަލަ އާއި ގުޅިގެން އިތުރު އަޑުއެހުމެއް މިމަހުގެ 25ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ.

އެކަމަކު އަވަސް ނިޔާގެ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރު ކޮށްފައެވެ. އަދުހަމް ބުނި ގޮތުގައި ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އެ ކަމަށް މަޖުބޫރުކޮށްގެނެވެ. އަދި ފުލުހުން އޭނާ ޝަރީއަތަށް ގެންދަނީ ވެސް މަސްތުގެ ހާލުގައި ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ގާސިމް މަރާލި އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  ބަޔާނެެއްވެސް ނޫން ދޭންވީކީ.. ކުޑަ ރުފިޔާކޮޅަކަށް ކުށެއް ނެތް މީހަކު މަރާފަ ހުރި ޖަނަވާރެއްތީ.. މަރަށް މަރު ހިފަންޖެހޭ ކަމަށް ގަބޫލުކުރަން..

  12
 2. ބަކަރި

  ޖަރު ޖަހާ ނުލަފާ ސިފަ ބަލާބަލަ.. ހިތުން ގަޓުވެފަ 🤢🤮

  5
  1
 3. ޕާކިން ސްޓިކާ

  ހާދަ މަޑުމަޑުން އެ ގެންދަނީ.. މުޒާހަރާ އެއްގަ ޒުވާނަކު ހައްޔަރުކުރާނަމަ ގެންދަނީ ދަމާފަ.. މީނަ މީހަކު މަރާލީމަ ވެސް ނުލާހިކު އިއްޒަތުގަ އެ ގެންދަނީ..

  5
  1
 4. އެމަންޖެ

  އެސޮރު މިނިވަން ކޮއްލަދީ އިބޫ އަދި ކެނެރީ ނަޝީދު އެސޮރު މީހަކު މެރީތީ 10 ވަރަކައް މިލިޔަން ރުފިޔާދީ.

 5. ސަޓޯ

  އަތަށް ޓެޓޫވެސް ޖަހާފަޔޭ ގައްޑާ ކަމުން އެހުންނަނީ...

  1
  1
 6. ފަޓާސް

  ތިޔަ ކުށެއް މިހާރު ސާބިތެއްނުވާނެއެއްނު.

 7. ައަހުމަދު

  ކޮންބަޔާނެއް ދޭކަށް އަދިވެސް އެބަލަނީ މަކަރުހަދައިގެން ސަލާމަތްވެވޭތޯދޯ ހުންނަ ނުބައި ނުލާފާކަމުން .މިކަލަމީހުން ނަކީ އިންސަނުންގެ ސިފައިގައި ތިއްބަސް ހަމަ ޖަނަވާރުން .