ކ.މާފުށިން ރިޔަލު ދޯންޏެއްގައި މަހަށް ނުކުތް 81 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ މީހާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:08 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ, އޭނާގެ ހަބަރެއް ނުވެެގެން އުޅެނީ މިއަދު ފަތިހު 5:30 ގައި ނުކުތް ގޮތަށް ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާފުށި ޝޭޑީ ގްލޯވާ އަހުމަދު އާދަމް މަނިކު އެވެ.

އެމްއެންޑީއެފް އިން ވަނީ އެ މީހާއާ ނުވަތަ އެ ދޯންޏާއި ގުޅޭ އެއްވެސް ހަބަރެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރަށް ގުޅާއި ހިއްސާ ކުރުމަށް އެދިފައެވެ.

ގެއްލިގެން ހޯދަމުންދާ އެ މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.