ފާއިތުވި ދުވަސްތަކުގައި ހދ. ކުޅުދުއްފުއްޓަށް ދިމާވަމުންދިޔަ ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ. މި މައްސަލަ ހައްލުކޮށްފައިވަނީ، 800 ކިލޯވޯޓުގެ ޖަނަރޭޓަރެއް އިންސްޓޯލް ކުރުމަށްފަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކަރަންޓުގެ މައްސަލަތަކެއް ދިމާވަމުން ގޮސްފައިވަނީ، އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދާ ޖަނަރޭޓަރަކަށް ކުރިމަތިވި މައްސަލައަކާ ގުޅިގެންނެވެ.

އެޖަނަރޭޓަރު މަރާމާތު ކުރުމަށް ބޭނުންވާ ބައިތައް ރާއްޖެއިން ބޭރުން ގެންނައިރު، މައްސަލަ އަވަހަށް ހައްލުކޮށް، މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދިނުމަށް، އެރަށަށްވަނީ 800 ކިލޯވޯޓުގެ ޖަނަރޭޓަރެއް ފޮނުވާފައެވެ.

ޖަނަރޭޓަރަށް މައްސަލަ ދިމާވުމާ ގުޅިގެން، ލޯޑު ބޮޑުވާ ގަޑިތަކުގައި، އެރަށުގެ އެކި ސަރަޙައްދުތަކުން ދިޔައީ ކަރަންޓު ކަނޑަމުންނެވެ.

ކުޅުދުއްފުއްޓަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންދަނީ، އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް އެޙިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަޙްމަދު

    ތިޔަ ޖެނަރޭޓަރު އިންސްޓޯލް ކޮށްފަ ނޫނީ ކަރަންޓްގެ މަސްއަލަ ހައްލު ނުކުރަން ތިބީދޯ!
    800 ކިލޯވޯޓު ގެ ޖެނަރޭޓަރު މީ އަދި މުޅިން އާވައްތަރެއް. ޖަޒީރާ އުފެއްދުމެެއް ތޯ!