އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިން ފޭދޫ ބޭރުމަގު ކައުންޓްލައިން ކައިރިންނެވެ.

ވޭނަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް ފޭދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

"ވޭނަކާއި ސައިކަލު އެއްކޮޅަކަށް ދުއްވާފައިދަނިކޮށް ވޭނު ކުއްލިއަކަށް މަޑުކުރީ، މަޑުކުރީމަ ސައިކަލު ގޮސް ވޭނުގައި ޖެހުނީ". މަންޒަރު ދުށް މީހަކު "ވަގުތު"އަށް މައުލޫމާތުދެމުން ބުންޏެވެ.

މި އެކްސިޑެންޓްގައި އެ ޒުވާނާގެ ދަތްދޮޅިއަށް ވަނީ އަނިޔާވެފައެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.