ފިލިޕީންސްއަށްވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ 7.0 މެގްނެޓިއުޑް ބާރުމިނުގައެވެ.

މި ބިންހެލުމާއި ގުޅިގެން ބިންހެލުން ދިރާސާ ކުރާ އިދާރާތަކުން ބުނީ، މި ބިންހެލުމުގެ އަސަރު އިންޑޮނޭޝިއާއަށްވެސް ކޮށްފައިވާ ކަމަށެވެ.

އަދި މި ބިންހެލުުން އައިސްފައި ވަނީ 17:23 ހާއިރު ކަމަށާއި، މި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ މޮލޮމޮލޮކާގެ، ކޮޓޮބަޓޯ ސިޓީއާ 304 ކިލޯ މީޓަރު ކައިރިއަށް ކަމަށްވެސް ބުނެފައި ވެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ. މި ބިންހެލުމުގެ އަސަރު ބައެއް ސިޓީތަކަށް ކޮށްފައިވާ ކަަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފައި ވެއެވެ.

ޔޫއެސްއެސްޖީން ބުނެފައި ވަނީ މި ބިންހެލުމާއި ގުޅިގެން ތަންތަނަށް ގެއްލުވްވެދާނެ ނުބެލެވޭ ކަމަށެވެ. އެއީ މި ބިންހެލުން އައިސްފައި ވަނީ ވަރަށް އަޑިއަށް ކަމަށްވާތީއެވެ.