ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 50 ވަނަ މީހާއެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެމީހާއަކީ މިއަދު ހެނދުނު 9:50 ހާއިރު އައިޖީއެމްއެޗްގެ އީއާރްއަށް ގެނައި ފިރިހެނެއް ކަމަށެވެ. އޭނާ ގެނައިއިރު އޮތީ އޮތީ އެއްވެސް ހަރަކާތެއް ނެތި ކަމަށާއި،އެމީހާ ނިޔާވެފައި ވަނީ 10:14 ގާއި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި މިއީ ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 50 ވަނަ މީހާކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14,712 މީހެކެވެ. މީގެ ތެރެއިން މިހާތަނަށް 1017 މީހަކަށް ފަރުވަދެމުންދައިރުމ މީގެ ތެރެއިން 79 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނުހައްގު އަނިޔާވެރި ޙު ކުމުން ޔާމީން ސަލާމަތް ވީތީ މާތް ﷲ އަށް ޙަމްދު ކުރަން. މިލިބުނު ކާމިޔާބީ އާއި ގުޅިގެން އެންމެ ބޭފުޅުން ޝު ކުރުގެ ސަޖިދައެއް ޖެހުމާއި، ކޮންމެ ބޭފުޅަ ކު ވެސް އެ ކެއްގެ އެއްފަހަރުގެ ކެއުމުގެ މިންވަރުގެ ސަދަގާތެއް ކޮށްލުން ފެނޭ.

    1
    11
    • Anonymous

      ބުއްދި ހަމަޖެހޭމީހެއްނުން.