22:02

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 55 އަށް އަރައިފި.

22:53

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ޖެހިގެން މަރުވާ މީހުންގެ އިންސައްތަ ގިނަ ކަމަށް ދައްކައިފި.

21:32

19:22

ސްޕެއިންގެ ގަދަބާރު ރެެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:17

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރު ކުރި، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން ކޮވިޝީލްޑް ވެކްސިން ޖެހި އިންޑިއާގެ ގުގައުން ސިޓީއަށް ނިސްބަތްވާ ސިއްހީ ހިދުމަތްތެރިއެއް މަރުވެއްޖެ.

18:38

16:20

ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ހޯއްދަވަމުންދިޔަ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބަލިން ރަނގަޅުވެއްޖެ.

14:27

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 580 މީހަކު މަރުވެއްޖެ.

12:20

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،335 މީހުން މަރުވެއްޖެ.

12:18

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 4،363 މީހުން މަރުވެއްޖެ.

00:07

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ހިފެހެއްޓުމެއް ނުވެ އިތުރުވާން ފަށާފައެވެ.

މިގޮތުން ރާއްޖޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ފުރަބަންދު އުވާލިފަހުން ކޮވިޑަށް ފައްސިވާ މީހުން، ޚާއްސަކޮށް ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14765 އަށް އަރާފައެވެ. މީގެ ތެރޭގައި އަލަށް ފައްސިވި 53 މީހަކުވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 13639 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިއަދާއި ހަމައަށް ނިޔާވި މީހުންގެ އަދަދު މިހާރު 50 އަށް އަރައެވެ.

 

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިއްޔެ ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. އިންޑިއާގެ ބޯޓެއްގައި ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.

އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ 7 ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔޭގެ ޤައުމުތަކުގެ ހާލަތަށް ބަލާއިރު، ދުނިޔެއިން ވެސް ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. އަދި ކުދިޔަށް އޮތް ދުވަސްތަކުގައި ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔޭގެ 219 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 97 މިލިއަން އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ދެމިލިއަނަށްވުރެ އިތުރު ވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 70 މިލިއަން މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު