ކ.މާފުށިން ރިޔަލު ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.

އެ މީހާ ކޯސްޓް ގާޑު ލޯންޗަށް ފެނިފައި ވަނީ 18:26 ހާއިރު އެވެ.

އެ މީހާގެ ހާލު ރަނގަޅެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހާ، ރިޔާ ނެގި ދޯނީގައި - ފޮޓޯ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންގޮސްފައި ވަނީ، ކ. މާފުށި ޝޭޑީ ގްލޯވާ އަހުމަދު އާދަމް މަނިކު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ ފެނިފައި ވަނީ ރަންނާޅި ރިސޯޓްގެ ކުރިމަތިން ކަމަށެވެ.

އަދި އެ މީހާ ލޯންޗަށް އަރުވައިގެން މިހާރު މާފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލުނު އެ މީހައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެ މިހާއަކީ ވާހަކަނުދެއްކޭ އަޑު ނީވޭ މީހެކެވެ.