މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 53 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާާގޮތުން މިއަދު ފައްސިވި 53 މީހުންގެ ތެރެއިން 29 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ފަސް ވޭދަނަ ފެނިފައިވާއިރު, ރިސޯޓްތަކުން 17 މީހަކު ފައްސިވެފައި ވެެއެވެ. އަދި ސަފާރީއަކުން އެކަކާއި, ތަރައްގީ ކުރަމުންދާ ރަށަކުންވެސް މީހަކު ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 14765 އަށް އަރާފައެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19 ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. މިއަދު ނިޔާވެފައި ވަނީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރައްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 50 އަށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، މިހާރު ފަރުވާދެމުން ދަނީ 1025 މީހަކަށެވެ.