އިދިކޮޅު ސިިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުުމެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ތަންފީޒު ކުރައްވަން ޖެހިވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޯޑަރަކަަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރަައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާޢީދު ކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެންމުމަށް ފަހު، އެތައް ދުވަހެއް ފަހުން ހުކުމާ އިއްޔެ އިއްވާފައިވާ ހުކުމަކީ އިންޑިއާއިން އައި އޯޑަރަކަށް ކުރި "ބޭއިންސާފު" ހުކުމެއް ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ނިންމި ނިންމުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ނުފޫޒު އިންތިހާއަށް ޖޭއެސްސީއަަށް ވަދެގެން ކުރި ހުކުމެކެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ އިންސާފުން އެއްކިބާވެ ކޮށްފައިވާ ބާތިލް ހުކުމެއް ކަމަށެވެ. އަދި އެހުކުމަކީ އިންޑިއާގެ އޯޑަރަށް ރައިސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް އަނިޔާ ދިނުމުގައި އިސްވެ މިއޮތީ އަވަށްޓެރި އިންޑިއާ. އިންޑިއާ ސަރުކާރުގެ މިހާރުގެ ބޮޑުވަޒީރު މޯދީގެ ސީދާ އޯޑަރަށް ރައީސް ޔާމީނަށް އަނިޔާ ކުރަމުން އެގެންދަނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. މި އަނިޔާއަކީ ތާއަބަދު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ދެން މަޑަކުން ނުތިބޭނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ދެން ނިކުންނާނީ މަގުތަކަށް ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށްވުރެ މާބޮޑަށްވެސް އިތުރުކޮށް މިސަރުކާރު ޖަވާބު ދާރީކޮށް، ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ރަސްމީކޮށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އައިނު ފައިސަލް

    ވަގުން ވިދާޅުވޭތަ. އަދުރޭ އަދި އޭނާގެ ދަރިވެސް އޮތީ ސަރުކާރު ލާރި ބޭނުންކުރިކަން ސާބިތުވެފަ. ފަހުން ދެއްކުމަކީ އެކަމުން ބޯދަމައިގަނެވޭނެ ކަމެއް ނޫން. އެހެންނަމ ތިބޭފުޅާއަށްވެސް އަދި އަޅުގަނޑަށްވެސް ސަރުކާރު ލާރީގަ އެއްޗެހި ގަނެވޭނެ ފަހުން ދައްކާގޮތަށް

    9
    14
    • ޢަލިބެ

      ވިދާޅުވާމީހުން ސިޔާސީ މީހުންގެތެރެއަކު ނުތިބޭނެ.

  2. އިންޑިޔާއައުޓް

    މާލަސްވެއްޖެ މަގުމައްޗައްނުކުންނަން ކިތަންމެ މަދަސް ނިކުމެގެންނޫންގޮތަކައް މިކަން ނުނިންމޭނެ ކާމިޔާބުލިބެނީ މީހުންގިނަވެގެންނޫން ހިއްވަރާއެކީ ގަދައަޅައި މަސއްކަތްކުރުމުން އެމަސަކަތް ކުރެވޭނީ މަގުމަތިން

    23
    9
  3. އޮޅުވާލި ވޯޓު

    ހިތާމަޔަކީ އާއިޅީ މީހުނައްބަލާފަ އެމްޑީޕީއައް ދޭންތިބި ވޯޓުމަދުވީ އެމްޑީޕީ އައް ވޯޓުލާކޮމްމެ މީހަކައް ދެންޖެހޭނެ ފުލަޓެދޭން މީ އެމްޑީޕީގެ ބައެމީހުންގެ ވިސްނުން

    15
    9
  4. އޮޅުވާލި ވޯޓު

    ތިމޯދީ ހީނުކުރާތި އަބަދުމެ ދިވެހިނައް ބޭނުން ގޮތެ ހަދާލެވިދާނޭ އެފުރުސަތެ ގެރިގޮރު މޯދީއަކައް ދިވެހިން ނުދޭނެ ވިސްނާ ވިސްނާ

    30
    6
    • ރާގޮޑިރާޖަ

      ޢޮޅުވީވަގަށް ހައްގު އަދަބު ދޭންޖެހެނީ މީހަކުބުނެގެންނެއްނޫން. ޥަގުންނަށްއަބަދުވެސް ހީވާނީ ވައްކަންކުރުމަކީ ރަގަލުކަމެކޭ.

      7
      8
  5. މޮޔަ

    މޮޔަފުޅު ވީތޯ... ހާަދަހެއްވާ ވާހަކަ އެކޭ

    12
    18
  6. ވަތަނީ

    އަޅުގަނޑު ތާ އީދުކުރަނީ ރ ޔާމީނަށެވެ މިސަރުކާރަކަށް ނޫނެވެ
    އަދުރޭ ވިދާޅުވި ބަސްފުޅު ތެދެވެ ޖޭ އެސް ސީގަ އި ނަސީދު
    ހުރުމަކީ އަދުލު އިންސާފަށް އެޅިފަ އިވާ ވަރަށް ސުންޕާ ހުރަހެކެވެ
    ދާދި އަވަހަށް ރ ޔާމީން މިނިވަންވެ އ ައދުލު އިންސާފްގެ
    ރީތި ސަފްހާ އެ އް ފެށިގެން ދާނެ އެވެ އ އެ އާ އި އެކު ރާ އްޖޭގެ
    އެންމެ ބޮޑު މުޖުރިމް ގައ އިދުކުރެވޭނެ އެވެ.

    25
    8
  7. ށ

    ތިތަނުގަ އެބަހުރި ޖޭއެސްއީއިން ތަހުގީގުގައި ހުރި ފަނޑިޔާރެއް. ޤާޟީކަމުގައިހުރެ މުޅިންވެސް ފައިސާގެ ބޮޑެތި ހިޔާނާތުގެ މައްސަލަތަކެއް އޭނާގެ މައްޗައްކުރެވިފައިވަނިކޮށް ހައިކޯޓުގެ ފަނޑިޔާރުކަންދިނީ
    މިއީ ދޮގެއްތޯ ނޫސްވެރިއަކު ސުވާލުކޮށްލަންޖެހޭ ޖޭއެސްއީކައިރިން

    14
    3
  8. މުބީނު

    ކްޔާ ބަދުތަމީސް ހޭ ތޫ ؟ (މާނަ އަކީ ކަލޭތީ ހާދަ އަޙްލާޤީ ފެންވަރު ދަށް މީހެކެވެ).

    6
    3
  9. ޑެރަވެއްޖެ

    ތިހެދީ މިގަރުނުގައިވެސް އަދުރޭއަށް ހެދުނު އެންމެ ބޮޑުތެދު

    11
    3
  10. މީނަގެ

    ޢަދުރޭކުރިވައްކަންތަކަށް ޖަވާބުދީބަލަ ފުރަތަ މަ.

    8
    8
  11. ގަނަ1ބަލަ

    ރައީސް ޔާމީނު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީވެސް މޯދީދޯ އަދުރޭ 2 ފުލެޓު ގަންނަން ލާރިދިނީވެސް މޯދީތަ ހަހަ

    8
    7
  12. ވަގުޔާމިން

    އަނިޔާ ދޭވަރު މަދީ އަދިވެސް. އުމުރަށް ޖަލަށް ލާންވީ

    7
    13
    • ޢަލިބެ

      އަނގަނުތަޅާ. ކަލޭޖަލަށްލެވިދާނެ.

      2
      2
  13. ޙ

    ކަމެއްނުކުރެވޭ ހުސްވައިއަގަތަކެއްތަޅަނީ . ޢަނިޔާވެރިކަމުން ހައްދުފަހަނަ އަޅާދާއިރުވެސް ފޮނިވާހަކަ ދައްކަ ދައްކަ ތިބެނީ

    2
    5
  14. އަބްދޫ

    ޔާމީނު 5 އަހަރުގެ ދައުރު އޮމާންކަމަ ތިޔާގިކަމާއި ތަރައްގީގެ ދުވެލީގަ ދަނިކޮށް އެމަގަށް ހުރަސް އެޅި ދެމީހުންނަކީ އަބުދުއްރަހިމާއި ފާތުމަ. އަދީބު ވަރެއްނެތިގެން އުޅުނީ ވެސް ފާތުމަ. ނަސިދު ގޭގަ ބަހައްޓައިގެން އަދީބު މ.ޔާގޫތުގެ އަސް ވަދެ އުޅެ ވާހަކަ ނޫސްތަކުގާ ވެސް ލިޔުނު އެތަންތަން ފޮރުވައި އެންމެންގެ ލޯ މެރުވީ ފާތުމަ. ޖަމީލު ނާއިބުރައީސްކަމުން ވަކި ނުކުރުމަށާ އަދީބަށް ނާއިބުރައީސްކަން ނުދޭން ބުނުމުން .އެކަމަށް ހުރަސް އަޅާ އެމީހުން ޕާޓީ އިން ބޭރު ކޮށްލީ ވެސް ފާތުމަ.ގަޑިޔާ ކާރާއި މިހެން ގޮސް މީހުންގެ ލޮލަށް މިރުސްފެން އަލައިގެން މަރައިގެން އުޅެންޖެހޭ ހިސާބަށް ދުއްވާލީ ވެސް ފާތުމަ. ހަގީގަތުގަ މިއަދު ޔާމީން ޖަލަށް ވަންނަން ޖެހުނީ ޔާމީނު ކުރި ކުށަކާލައިގެނެއްނޫން. އަދީބު ކައިރިކޮށްގެން ކުރި އިތުބާރުގެ ސަބަބުން. އެހުރިހާ ކަމެއް އަދިބު އަށަ ރާވަ ދިނުމުގެ އިސް މޭސްތެރިޔަކީ ފާތުމަ. އަދީބު އަށް ޓޫރިޒަމް މިނިސްޓަރުކަން ލިބުމުގެ ޜޭސްތެރިޔަކީ ނަސިދު ވިދަޅުވި ހެން ނަސިދު.އަދީބު އަށް ނާއިބުރައީސްކަން ހޯދާދިނުމުގެ މޭސްތެރިޔަކީ ފާތުމަ. ވީމާ މިއަދު ޔާމީނަށް ދެމުންދާ ބެއިންސާފު އަނިޔާތައް އަދީބު މެދުވެރިކޮށް ހޯދަދިން މީހަކީ ފާތުމަ.

  15. ދިރާސާ

    މޯދީ ބަލަހައްޓައިގެން އިނދެފާ މި އަދުރޭއަކީ ނުހަނު ސިޔާސަ ވާނެ މީހެކޭ މީނާ ހިފަހައްޓާށޭ ބުނާ ކަހަލަ