އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނީ އިމުގެ ބޭރުން "ނުހައްގުން" ކޮށްފައިވާ ހުކުމެއްކަން ސުޕްރިމްކޯޓުގައި އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ހުކުމް އިސްތިއުނާފުކޮށް ސާބިތުކޮށްދޭނެ ކަމަށް ރައީސް ޔާމީންގެ އިސްވަކީލް އަދި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ ޝަރިއްޔަތުގެ އަޑުއެހުމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ދިވެހި ރާއްޖޭގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ހަމަ އެކަނި ފަނޑިޔާރަކީ އެމައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދު ކަމަށެވެ.

އެގޮތުން މި އަޑުއެހުމުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި ރައީސް ޔާމީންއާއި ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުއަށް ތާއީދުކުރައްވަމުން ރައީސް ޔާމީންގެ އިސް ވަކީލް، ޖަމީލް ވިދާޅުވީ ގާނޫނު ތަދުބީރު ކުރުމާއި ގާނޫނު މާނަކުރުމުގައި ހުރި ތަފާތު މިއަދުގެ އަޑުއެހުމުން ފެނިގެން ދިޔަ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން އިންސާފްވެރިކަމާއި އެކު ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރަކީ ޝަހީދުކަން ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ހައްގާއި ބާތިލް ގަބޫލު ކުރާ ކޮންމެ ރައްޔިތަކަށް ރައީސް ޔާމީންއަށް ކުރެވިފައިވާ ހުކުމަކީ "ނުހައްގުން" ކުރެވިފައިވާ ހުކުމެއްކަން ސާފުވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމް ވަރަށް އަވަހަށް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ހުރި އުނިކަމާއި، އައިބުކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މި މައްސަލައިގެ މިއަދު ހައިކޯޓުން ދަށުކޯޓުގެ ހުކުމަށް ތާއީދުކޮށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ވަރަށް ބޮޑު ގޯސްތަކެއް ހަދާފައިވާ ހުކުމެއް ކަމަށާއި، އެހުކުމުގައި ގާނޫނު ތަދުބީރުކުރުމާއި، ގާނޫނު މާނަކުރުމުގައި ވަރަށް ބޮޑެތިގޮސްތަކެއް އެކުލެވިގެންވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ އިސްތިއުނާފުގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ގާނޫނީ އައިބުތަކެއް އެބަ ހުރިއެވެ. އަދި ގާނޫނު އަސާސީއާއި، ޖިނާއީ އިޖުރާތުގެ ގާނޫނާއި، ގާނޫނު އުގޫބާތާއި، މަނީ ލޯންޑްރިންގްގެ ގާނޫނު މާނަކުރުމުގައި ހުރި އުނިކަންތައްތައް ސުޕްރިމް ކޯޓުގައި މި ހުކުމް އިސްތިއުނާފްކުރުމަށްފަހު ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން ހިންގާފައިވާ ޝަރީއަތަކުން އިއްވާފައިވާ ހުކުމެއް ކަމުގައި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލުކުރެއެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލަ، ކްރިމިނަލް ކޯޓަށް ސާބިތުވުމުން އިއްވާފައިވާ 5 އަހަރު ދުވެހަކުގެ ޖަލު ހުކުމެކެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެހެންނުން

    ޔާމީން ޖަލައްލި އެންމެން ދެން އޮތް ދައުރުގަ ތިބޭނީ ޖަލުގަ.

    26
    2
  2. ސަދޫމް

    އެންމެން ގުޅިގެން ހިންގާޖަރީމަޔެށް ތިޔަކީ ވަރައްސަލާން

    7
    2
  3. ާއަނގަ މާރި

    ނާހަމަ ތެދެތް

  4. ފުލެޓު ދޮން ބެ

    ދޮން ކަލޯ އަށް އެނގެނީ ހަމަ އެ ކަނި ފޮނި ކެނޑުން@ އެންމެ ކޭހެއް ވެސް ވިން ކުރުމުގެ ޤާބިލު ކަމެއް ނުހުރޭ؟؟؟

    8
    8
  5. އިބުރާ

    ގާޒީ ބުނުއްވީ އެހެން ތަނަކުން 1 މިލިޔަން ގެނަސް އެސްކްރޯ އެކައުންޓަށް ޖަމާކުރި ވާހަކަ. އެއީ ކޮން އެެހެންތަނެއްކަން ސާފުނުކުރީ ކީއްވެތޯ؟ އެއީ އަނެއްކާ އިތުލޯންޑަރިން އެއް ނޫންތޯ؟ އެހެންކަމަށް ވާނަމަ ކޯޓުންވެސް މައްސަލާގައި ބަލަންވާ ވަރަށް ނުބަލާ ހުކުމް ކުރީތޯ؟ ޔާމީން ތިޔަކަމުގައި ކުއްވެރި ވާނަަ އޭނަގެ ވެރިކަމުގައި މައްސަލަ ބަލާ ނިއްމީސްކަން ކަށަވަރު.

  6. އައި

    ސަދޫމުގެ ހުކުމް ކުރާ ތަނެއް މީ މިތާ ހިނގާނީ ގެރި މޯދީގެ ރޭޕިސްތާނު ގާނޫނު..

    8
    3
  7. އައްޑޫ މީހާ

    މިހާރު ކޯޓްތަކުގައި ހިންގަމުން މިދާ ޝަރީއަތްތަކަކީ ސަދޫމުގައިވެސް ނުހިންގާފަދަ ޝަރީއަތްތަކެއް ފަރުދެއްގެ މުދާވެރިކަމާއި ތަނަވަސްކަން ފެނި ދައުލަރުގެ ޕްރޮސިކިއުޓަރ ހިއްޕުޅާއި ހަމަ ޖުވަންޏާ އެ އުފެދުނީ އެމުދަލަކީ މަނީ ލޯންޑަރިންގ އާއި ޓެރެރިޒަމަށް ފައިނޭންސް ކުރިކަމުގެ ތުހުމަތު އެހާ ހިސާބުން ދެން އެ އުފެދުނު ޝައްކެއް ނުވަތަ ތުހުމަތެއް ސާބިތު ކޮށް ނުދެވުނަސް ކެނެރީގޭ މާފަތް އެދުކަލޭގެ އަށާއި އޑޕގެ ބާގައިގެ މީހުންގެ ހިތް ރުއްސަން އެއީ ސާވިތު މައްސަލައެއް ކަމަށް ބަލައި އިންސާފުން ބޭރުން ހުކުމް ކުރުމަކީ މިހަރު ބިރުވެރި ކަމެއް