ރާއްޖޭގެ ހުރިހާ ނިޒާމެއް އޮތީ ކޮރަޕްޓުވެފައި ކަމަށް ވިދާޅުވެ، ނިޒާމުން ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުތުމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާއިގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ރޭ ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުމެ ކުރި މުޒާހަރާގައި ހުންނަވައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ނިޒާމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ހުރިހާ ނިޒާމެއް އޮތީ ކޮރަޕްޓުވެފައިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ނިޒާމުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރާއިރު، ދިވެހި ރައްޔިތުންގެ އަތުން ގައުމު ބީވެގެން ދާނެ ކަމަށެވެ.

"ނިޒާމުުގެ ތެރެއިން، މިތަނުގަ މިއޮތީ ހުރިހާ ނިޒާމެެއް ކޮރަޕްޓްވެފައި. ނިޒާމުގެ ތެރެއިން ރައީސް ޔާމީން އަބަދުވެސް އެ ބައްލަވަނީ މަސައްކަތްޕުޅު ކުރައްވަން. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ނިޒާމްގެ ތެރެއިން މަސައްކަތް ކޮށްގެން ގައުމު އަތުވާ އިރު ގައުމެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑުމެން ޖެހޭނީ ނިޒާމުން ބޭރުން، މަގުމަތިން މިސަރުކާރު ޖަވާބުދާރީ ކުރުވަން." ޝިޔާމް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އިއްޔެ ވަނީ ތާއީދުކޮށްފައެވެ. އެކަމަކު ޔާމީންގެ ވަކީލުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމައިފައެވެ. ސުޕްރީމް ކޯޓަކީ މި މައްސަލައިގައި ދެވެން އޮތް އެންމެ ފަހު މަރުހަލާ ކަމަށްވާ އިރު، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނުގެ ކުށެއް ނެތް ކަން ސާބިތުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭނީ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ނިންމަން ޖެހޭ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަައީމް

  ސޮޕްރީމްކޯޓުން ތިޔަހުރިހާ ކަންކަމަކައްބެލުމައްފަހު ޔާމީން ދޫކޮއްލާނެ އެފަފަ ރައީސަކު ހައްޔަރުކުރަން 3ވަކީލުންގެ ތެރެއިން 2ވަކީލުން ނިންމުމަކީ ވިސްނަންޖެހޭކަމެއް 3ވަނަ ފަޑިޔާރު ހުށަހެޅި ހުށަހެޅުންތައްބަލާ ސުޕްރީމްކޯޓުން ގޮތެއްނިންމާނެ ރައްޔިތުންނޭވިސްނާ އެއްވެސްރައްޔިތަކައް ނުވަތަރަށަކައް އެބަ ކަމެއްވޭތަ މިއަދު މިތިބީ ރަންއިލޮށިން ކަދުރުކެވިފަ... ......

  16
  3
 2. މަހަށްދޭބަލަ

  ލޮނުމެދު ލިބުން ދަތިވުން އެއީ އަދި ލޮނުމެދު އަގުބޮޑު ވާން ޖެހޭ ސަބަބެއް ނޫނޭ އެއީ ސީދާ ފޭރެނީ ނޫންތޭ ތަމެން ވިޔަފާރިވެރިން ކޮންމެ ބަންގިއެއްގެ އަޑާއި އެކު ނަމާދަށް މިސްކިތަށް ދާއިރު ތަމެން ހިތަށް ނާރާތޭ އާންމުންގެ އަތުން ތަމެން ފޭރެމުން ދާއިރު ޗައިނާ އިން ލޮނުމެދު ލިބުމުގައި ދަތިތަކެއް ވެސް ހުރީ އެއް ނޫނޭ ޕްރޮޕެގެންޑާ ފަތުރައިގެން ވިޔަފާރިވެރިން ބަލަނީ އާންމުން ފެލާލެވޭނީ ކޮންގޮތަކުންތޭ އޭ ތަމެން ވިޔަފާރިވެރިން ދެން މަހަށް ދޭބަލަ މަހަށް މަހަށްދޭބަލަ

  4
  2
 3. އަލި ބެއް ޔާ

  ދޮން ކަލޯ މެންގެ ވެރިކަ މުގައި މާލިއްޔަތު ދަވާލީ ވެސް ނިޒާ މުގެ ބޭނުން ހިފާއިގެން ދޯ؟

  5
  17
 4. ޙ

  ޙުސްވާހަކަނުކުންނާނެ މީހަކުނެތް ނުކުންނަން ކެރޭމީހުން ތިބީ ވެރިކަމުގަ

  7
  10
 5. ބިރުނުގަނޭ

  ބޮޑާނުވޭ ކިތަންމެމަދުން މީހުންނުކުތަސްކާމިޔާބުލިބިދާނެ ކުރިންވެސް ތިހެނބުނި އެކަމަކުވެސް މަދުމީހުންނާއެކުނުކުމެކާމިޔާބުވިއެހެންވެ މިބުނނީބޮޑާނުވާށޭ ކާމޔާބައްދިއުމައްބޭނުމީހިއްވަރު އެހިއްވރުއައެކީ ނުކުމެއްޖެނަމަ ކާމިޔާބުވާނެ

  6
  1
 6. ސަންގުގެރި

  ކަލޯ ކާމިޔާބަކީ ﷲ ދެއްވާ އެއްޗެއް ހަށްގުގޮތުގައި އިސްލާމްދީނަށް ނަސްރުދޭ މީހުންތިބީ ޕީޕީއެމްގަ ވަރަށްއަވަހަށް ރަށްޔަތުން ނިކުމެ އެކާމިޔާބު ފާހަގަކުރާނެ އިންޝާﷲ..

  4
  1