ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ސަންދޯކުގައި ފަހު މޮހޮރުކޮޅު ޖައްސަވަނީ އެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސްކަން ވެސް ކުރައްވާ މޫކޭ ވިދާޅުވީ ޑރ. ޖަމީލް އަރުވާލެވިގެން ހުންނަވާ ތަހައްމަލު ކުރެއްވި އަނިޔާގެ ބަދަލު ވަރަށް ތަފާތުކޮށް ހިއްޕަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެންމެ ގާތުގައި އިންނަވައިގެން ޑރ.ޖަމީލް އެ ޖައްސަވަނީ ޔާމީންގެ ސިޔާސީ ސަންދޯކުގައި ނުޖެއްސެވި ހުރި ފަހު މޮހޮރުކޮޅު ކަމަށް މޫކޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޖަމީލް އެ މަގާމުން ވަކިވީ އޭނާ އަށް ސަރުކާރުގެ ތެރެއިން އައި ފިއްތުންތަކުގެ ސަބަބުން ކަމަށްވެއެވެ. އެހެންވެ، ޖަމީލް ވަނީ ރާއްޖެ ދޫކުރައްވައި ވަޑައިގެންފައެވެ. ޖަމީލް ރާއްޖެ އިން ބޭރަށް ވަޑައިގެން މަސައްކަތް ކުރެއްވީ އިދިކޮޅު އިއްތިހާދުގައެވެ. އިއްތިހާދުގެ ލީޑަރަކަށް ހުންނަވައިގެން ޖަމީލް ވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވައިފައެވެ.

އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ޖަމީލް އަލުން ވަނީ ޔާމީންގެ ފަޅިއަށް ވަޑައިގެން، އެމަނިކުފާނުގެ ހިމާޔަތުގައި ނުކުންނަވައިފައެވެ.

އެގޮތުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލަކީ ޖަމީލެވެ.

މަނީ ލައުންޑަ ކުރުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށާޢި ޖޫރިމަނާ ކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން އިއްޔެ ތާއީދު ކުރި އިރު، އެ ހުކުމަކީ ގާނޫނީ އިމުގެ ބޭރުން "ނުހައްގުން" ކޮށްފައިވާ ހުކުމެއް ކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ސާބިތުކޮށްދޭނެ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ ކުރިޔަށް ދިޔަ ޝަރިއްޔަތުގެ އަޑުއެހުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ދިވެހި ރާއްޖޭގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ހަމަ އެކަނި ފަނޑިޔާރަކީ އެމައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދު ކަމަށެވެ.

އެމި އަޑުއެހުމުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި ރައީސް ޔާމީންއާ ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މޫކާ

  ﷲއިރާދަކުރެއްވިއްޔާ ދާދިއަވަހައް މޫކޭގެ ސިޔާސީ ސަންދޯކައް އަމިއްލައައް މޮހޮރުޖެހޭތަން ބަލަންތިބިބަޔަކައް ފެނިގެންދާނެ މިފެންވަރުގެ ލަދުހަޔާތްކުޑަ ގޮތެއްފޮތެއްނެތްމީހުން މިސަރުކާރުގަ ސިޔާސީމަގާމްތަކުގަމި ތިބެނީ ކަލޯ ކަލެއައްރައީސްޔާމީންހިންގެވިމަގަކުންވެސް ތައުލީމީފެންވަރައްބަލާއިރު ނުހިނގޭނެ

  76
  6
 2. Anonymous

  ކަލޭމެންގެ ސިޔާސީ ސަންދޯ އްވެސް ޖަހަން ވަރަށް ކާރިވެ އްޖެ، ވާންހުރި ކަންތަ އް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ.

  64
  1
 3. ލިއަން

  މޫކޭ އުޅެނި އިދިކޮޅު މީހުން އޭނާއަށް އެއްޗެތި ކިޔާ އޭނާގެ ވާހަކަ ގިނައިން ދައްކާނެހެން ހަދަން.. މަޝްހޫރުވާން.. އެކަމު އެކަކުވެސް އަޅާ ނުލާތީ ހާދަހާ ދެރައޭދޯ؟؟ ދެން ކޮންމެވެސް މީހަކު އެއްޗެއް ކިޔާލަބަ އޭރުންނޭ އެމްޑީޕީގަ އެސޮރަށް އޮތް ލޯބި އިތުރުވާނި...

  45
  1
 4. އަލިމާސް

  މުކޭ އަނގަ ނުތަޅާ މަގުތައް ހެދޭތޯ ބަލާބަލަ. މޮހެރޭ ނުކިޔާ ، 2 އަހަރު ވީ އިރު މަގެއްގެ ބުރި ވަރެެެއް ހެދުނީ. އެއޮތް ޢަމީނީނމަގު ހަދާބަލަ.

  48
  3
  • ޒައިކް

   ކަލެއަށް މަގެއް ހެދިކަމަށް ވަނީ މާލޭގަ އެކަނި ތަނެއް ހެދިއްޔާދޯ؟؟ އަދި މޫކޭ އެހުރި ކުންފުންޏަށް ވީ އެއް އަހަރު، ކޮވިޑު ތެރޭގަ އުފެދުނޫ އެކަމަކުވެސް..އެތަށް ރަށެއްގަ މަގު ހަދައިފި.. މިގާރުވެސް ގައްދޫ، މާމިނގިލި، ތިމަރަފުށި، ށ.މިލަންދޫގަ އަދި މާލޭގަ އެތަށް މަގެއް ހެދުމުގެ މަސައްކަތްް ރޮކެޓް ސްޕޫޑުގަ އެދަނީ..

   1
   24
   • ޞޮއްޓި

    ވަގުންގެ ސްޕީޑޭ ކިޔާބަލަ.. ބުރންޗާ. . .
    ހެހެހެ ރޮކެޓް ސްޕީޑޯޯ..

 5. އައިޝަތު

  މޫކޭ ކަލޭމެންނަކީވެސްއޭގެ މީހުން ދެންމިހާރު ރަައީސް ޔާމިނަ އޯގާތެރި ވާކަ ތީއަބަދުވެސް ރ ޔާމިނަ އަބަދާއިއަދު ހަދަލާބައެ

  21
 6. މަގޭ

  އަނގައިން ވަރައްގިނަ ކަންތައެބަކުރޭ އެކަމަކު މިއިން އެއްވެސް ކަމެއްލޮލަކައް ނުފެނޭ މީތަ މޫކައިމެން މިކުރާމަ
  ސައްކަތުގެ ފެންވަރު

  22
 7. ުއުނދުޅި

  ސަންދޯއް އޮތީ ތައްޔާރައް

  10
 8. ރައްޔިތުން

  ހަ މަ ތެދެއް. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ސަންދޯކުގައި ފަހު މޮހޮރުކޮޅު ޖައްސަވަނީ އެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

  3
  24
 9. މަސްއޫދު

  މޫކޭ ތިޔައީ ކުއްހީއެއް!ކޮންމެހެން ދޭތެރެ ޖައްސަން އުޅޭނިކަމެއްނެތް! އެމްޑީޕީ ކަފުފުން ކުރާނެދުވަސް މާދުރަކުނޫންއޮތީ! އިންތިޒާރު ކޮށްލައްވާ!

  20
  1