މާލެ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބަޔަކު ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ރޭ ގެއްލުން ދީފިއެވެ.
އެ ފިނޮޅަކީ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅެކެވެ. ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.
އެހެންވެ، ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފިނޮޅަށް އަރައި ގެއްލުން ދިނީ ފަކީރާ ފަދަ ތަކެތި ހިފައިގެން ކަމަށްވެއެވެ. އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް މިހާރު ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.
K. Himmafuttai Gili Lankanfuttai dhemedhugai oiy reethi finolhah Himmafusheege rayyithun picnic dhaathee hiyhama nujehigen e resort ge GM ves himeney gothah bayaku finolhah gos ethan natthaalumuge gothun mulhi than sunnaafathi kuramun eba dhey @PoliceMv @EPAMaldives pic.twitter.com/8fyoR8kQsz
— Ibrahim Naseem (@IbreyNaseem) January 21, 2021
ހިންމަފުށި ތަމްސީލް ކުރައްވަމުން ގެންދަވާ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިންމަފުއްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮތް ރީތި ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް ގޮސް އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކުރަމުންދާ ކަމަށެވެ.
ނަސީމް ވަނީ ޓުވިޓާގައި ފުލުހުންނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލު ކަމަށް ގެނައުމަށް އެ ދެ ތަން ޓެގް ކުރައްވައިފައެވެ. ނަސީމްގެ ޓުވީޓާ ގުޅިގެން ގިލިލަންކަންފުށިން ފިނޮޅަށް އެރި މީހުންނާ މެދުގައި އާންމުން ވެސް ވަނީ ހިތްހަމަނުޖެހިފައެވެ.
ބައެއް މީހުން ބުނީ ގިލިލަންކަންފުށީ މީހުން ހިންގާފައި ވަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެ ކަން ކުރި މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ރިސޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށް، މިކަމުގައި ބިދޭސީއަކު ބައިވެރިވި ނަމަ ޑީޕޯޓުކޮށްލަން ޖެހޭނެ ކަމަށް ބައެއް މީހުން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް މުއްސަނދިކަމަކީ ބައެއް ރިސޯޓުގެ ވެރިން ހިތު ހުރި ގޮތެއް ހަދަން އޮތް ތަންތަން ނޫން ކަމަށެވެ. މިފަދަ ޖަރީމާތައް އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލައިފި ނަމަ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށާއި މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.
"މި ދިވެހި ފަސްގަނޑުގައި ދިވެހީން ހިތް އުފާކޮށްލަން ދާނެ ފިނޮޅެއް ފަޅު ރަށެއް ނޭތީ ކީއްވެ؟ އޮތް ތަންތަނަށް މިނިވަންކަމާއެކު ދިއުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްގަކަށްވާން އެބަޖެހޭ؟،" އަހުމަދު އަޒްނިލް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.
ރިސޯޓްތަކާއި ހެދި ދިވެހިންނަށް ދަތުރު ގޮސްލާނެ ރަށެއްވެސް ނެތް. ބައެއް ރިސޯޓްތަކުން މެ މްބަރުންނަށް ނުފޫޒު ފޯރުވައިގެން ރިސޯޓްކައިރީ ހުންނަ ކުދި ރައްތަކާއި ފިނޮޅުތައް ވެސް ވަނީ އަތުލައިގެން. ކީއް ކުރާނީ. މާދުރު ނޫން މުސަތަގްބަލެއް ގައި ހުރިހައި ރަށްތައް ހުސްވެ މީހުން ދިރި އުޅޭ ކުދިރައްތަކަށް ޓާގެޓް ކުރާނެ. މަޖްލިސް އޮތީ އެކޮށް އެ މީހުންގެ ޖީބުގައި
ސަމޫދުގައި ކުށްވެރިވާނީތިޔަފިނޮޅު އެހާރީތިފިނޮޅެއް އެފަޅުގައިއޮވެގެން ދެންކުށްވެރިވާނީ އެމަންޒަރުތައް ވީޑީއޯކުރި މީހުނާއެކެމެރާ!!!!🙂😄😄😄😄😄😄
ރިސޯޓް ތައް އަތުލު މަށް ފަހު ބިޑަށް ލައިގެން ރިސޯޓް ފަދަ ތަންތަން ދިނުން ބުއްދިވެރި
ރިސޯޓު ތައް ހުއްޓާލާފަ ނޫ އިގްތިސޯދު ޖައްސަން ވީ.
މަހާ ކާއްޓާ ބަނބުކެޔޮ ހައްދާ ކުރިން ވެސް އުޅުނު ގޮތަށް ޖަޒީރާ ކޮށް އުޅޭންވީ.
ކޮން ސަކަރާތެއް ޖަހާކަށް
ދިވެހިން އެބަޖެހޭ ދިވެހިންގެ ރަންފަރުބަދަ ކަމުގަވާ މިދޮންވެލި ހިމާޔަކުރަން މިތައައިސް ހުރި ރިސޯޓުގެ ޖީއެމްއެށް މިފަސްގަޑަ ކަށް ދިވެހިން ނުކުރާ އަހްތިރާމަ ނުކުރާނެ ރިސޯޓް ތަކުގެ މެނޭޖަރުންނަށް ގާނޫނުގެ މަތީގެ ކޮލިފައިން ނުޖެހޭނެ ތިޔަ މޭޖަރުގެ މައްސަލަ ބަލާ ފިޔަވަޅު އެޅެންވާނެ ދިވެހިންގެ ގާނޫނު ދިވެހިން ހިމާޔަ ކުރަންޖެހޭނެ
ރިސޯޓްތަކާހެދި އަހަރެމެންގެ ގައުމުގައި އަހަރެމެން ނިކަމެތިވެއްޖެ.