ސިޔާސަތުތަކަށް ބަދަލު ނުގެެނެސްފި ނަމަ ކުރިއަށް އޮތް 50 އަހަރު ތެރޭގައި ރާއްޖޭގެެ 50 އިންސައްތަ ރަށްތައް ފަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއަށް ލިބޭ އާމްދަނީގެ 75 އިންސައްތަ މާލެއަށް ހަރަދުކޮށް އަތޮޅުތަކުގެ އިގްތިސާދީ ޕްލޭނެއް ނެތުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. މިހާރު އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކަމަށް ބުނެ ސަރުކާރުތަކުން ހިންގަމުން އަންނަ ނަރުދަމާ އާއި، ތޮށިލުން ފަދަ މަޝްރޫއުތަކަކީ ދިރިތިބުމަށް ކުރަން ޖެހޭ ކަމެއް ކަމަށާއި، އެއީ، ދެމިތިބުމަށް އޮތް ހައްލެެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްފަސް ކުރުމާއި އާމްދަނީގެ ހިއްސާ އަދި، އިދާރީ މިނިވަންކަން އަތޮޅުތަކަށް ނުލިބޭ ނަަމަ އަތޮޅަށް ވިހޭ ކުއްޖަކު ބޮޑުވެ އެތަނުގައި މަޑުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

"ޕެންޝަންއާ އެކު މާމަ އާއި ކާފަ ރަށުގައި މަޑުކުރި ނަމަވެސް ކިޔަވައި ނިމޭ ކުއްޖާ ރަށުގައި މަޑުކުރަން ޖެހޭ ސަބަބެއް ނެތް. އަތޮޅުން ވެސް ފެންނާކަށް ނެތް. އެ މަންޒަރު އެ ފެންނަނީ މާލެއިން. ޖަޒީރާ ދިރިއުޅުމަކީ އުފަލުގައި ދިރިއުޅުމަށް ވާން ޖެހޭ. ހާލުގައި ދިރިއުޅުމެއް ނޫން،" އަލީ ނިޒާރު ވިދާޅުވެފައި ވެއެވެ.

ތަފާސް ހިސާބުތައް ބަލަހައްޓަމުން އަންނަ ރާއްޖޭގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުގެ ރާއްޖޭގެ ޖުމްލަ އާބާދީއަކީ 557،426 އެވެ. މީގެ ތެރެއިން 227،486 މީހުން ނުވަތަ 40.8 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ.

މާލޭގައި އާންމުން ދިރިއުޅެން މަޖުބޫރުވާ އެންމެ ބޮޑެެތި ސަބަބުތަކުގެެ ތެރޭގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް އަތޮޅު ތެރޭގެ ރަށްރަށުގައި ނެެތުމާއި، އަތޮޅު ތެރެއިން ބޭނުންވާ މިންވަރަށް ތައުލީމް ހާސިލްކުރެެވެން ނެެތުން އަދި، ވަޒީފާތަކުގެެ ފުރުސަތު އަތޮޅު ތެރޭ ރަށްރަށުގައި ނެތުން ހިމެނެއެވެ. ރާއްޖޭގައި ހިންގާ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް މިހާރު ކުރިއަށްް ގެންދަނީ ވެރިކަން ކުރާ މާލެެ ސަރަހައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢެޗް

    ވަރަށް ރަގަޅު ވާހަކައެއް

    22
    3
  2. އަބްދޫ

    ފަޅު ވުމަކި އަބަދީ ނެތިގެންދިއުން ހިޖުރަ ކުރުމަކީ ފަޅުވުމެއްނޫން.ދިވެހިރާއްޖެއަސް ލިބޭ އަމްދަނީން ތަރައްގި ނުފެންނަނީ ބެކާރު ހަރަދު ގިނަވެގެން. ރާއްޖޭގެ އާބަދީ ބެހިފައިވަގޮތުން ސިއްހީ ހިދުމަތަށް ބޭކާރު ގޮތުގަ ގިނައަދަދެއް ހެދަކުރެވޭ. އެކަމުގެ ސަބަބުން ސިއްހި ހިދުމަތް ކުރިއަރަމުންގެންދެވެނީ ލަސްލަހުން ކޮންމެ ރަށެއްގަ ހޮސްޕިޓަލެއް ނުވަތަ ސިއްހިމަރުކަޒެއް ހުރިހާ ވަސިލަތެއްގައިމްކޮށްގެން ހިންގުމަކީ ވާނެކަމެއްނޫން މިހާރުވެސް ރައްޖެއަސް ބޭނުންވާވަރަށް ވުރެ ޑޮކްޓަރުންނާ ނަރުހުންގިނަ. އެކަމަކު އެމީހުންގެ ފަރާތުންރައްޔިތުންނަސް ދޭންވާމިންވަރަސް ހިދުމަތް ނުދެވޭ. ބައެއް ރަސް ރަށުގަ ދުވަލަކު ދެތިން ޕެސަންޓުން ލިބެއިރު އެހެންރަސްރަށެކެ އެއްވަރަސް ހަރަދު ހިގާ. ސްކޫލް މަދްރަސާ ވެސް ހަމަ މިފަދަ ރައްޖޭގެ އަބަދީ އަށް ބަލާ އިރު ޓީޗަރުންވެސް ގިނަ. މިހާރު އާބަދީ ބެހިފަ އޮތްގޮތަށް ބަލަ އިރު ޓީޗަރުން ވަނި މަދު. ވީމަ ބޭކަރު ގޮތުގަ ފައިސާ ހެދަކުރެވެމުންދަނީ މިއަސް ހައްލު އަންނަނި އާބަދީ އެއްފަސްވެގެން. ރައްޔިތުން ހިޖުރަ ކޮށްގެން އެކއަކަށް ފަޅުވުމޭ ނުކިޔޭނެ.

    1
    5
  3. ހަނި

    ދިވެހިރަޖެސިހީދައިރާ ތަރަގިކުރަމުންދދިޔަސަރުކާރު ބަދަލް ކޮ ފަ މިސަރުކަރުކުރަކަމަކި އިންޑިޔާއަށް އަހަރެމެންނަށް ލ ލިބެރު ރު ފިޔާ ކޮލު ދި
    ދިނުމެއެވެ ނިޒަރު ހެރަގެންގައުމާދެތެރިގަވިސްނަބަލަ މިސަރުކަރް އިސްތިއު ފަ

    9
    1
  4. އަލްޖިބްރާ

    ފަޅުވާނެއެއް ނޫން ! މިހާރުވެސް ރަށްތަށް ހުރީ ފަޅަށް ! އަދި ދަނީ ފަޅުވަމުން !