ކ.ތިލަފުޅި ފަޅު އެއްކޮށް ހިއްކާލުމަށް މަޝްރޫއެއް ފެެށުމަށް ހައުސިން ޑިވެެލޮޕްމަންޓު ކޯޕަރޭޭޝަން (އެެޗްޑީސީ) އިން ތައްޔާރުވެެއްޖެއެެވެ.
ތިލަފުށީގެ ފަޅު އެެންމެ ފުރަތަމަ ހިއްކާފައި ވަނީ 1991 ވަނަ އަހަރުގެެ ތެރޭގައެވެ. ކުނިން އެރަށުގެެ ފަޅު ހިއްކަން އޭރު ފެށީ މާލެ އަށް ދިމާވެފައިވާ ކުނީގެެ މައްސަލަ ހައްލުކުރުމަށްޓަކައެވެ. އޭގެ ފަހުން އެ ރަށްް ބޭނުން ކުރަމުން އަންނަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެެ އެކި ސިނާއީ މަސައްކަތްތަކަށެވެ. ކުނި މެނޭޖް ކުރުމުުގެ އިތުރުން އެރަށުގައި އަންނަނީ ބައެއް ވިޔަފާރިތައް ކުރިއަށް ގެެންދިއުމާއި، މުދާ ގުދަން ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
އެޗްޑީސީން މިހާރު ވަނީ މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަލާ ރިޕޯޓު (އީއައިއޭ) ހެދުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. ހިއްކަން ބޭނުންވާ ސަރަހައްދުގެެ ޗާޓުވެެސް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށްފައެވެ.
ތިލަފަޅުގެ ބާކީ އޮތް ސަރަހައްދު ހިއްކުމަށް ޕްލޭންތައް ކުރުމަށް މިހާރު އެޗްޑީސީ އިން ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ތިލަފުށީގެެ ފަޅު އެެއްކޮށް ހިއްކާ ނިމޭޭނެެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެެެ.
ތިލަފުށީ ފަޅުން މިފަހަރު ޖުމްލަ 138 ހެކްޓަރު ސަރަހައްދު ހިއްކުމަށް ނިމިފައިވާކަމަށް އެެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ. ތިލަފުއްޓަކީ އިގްތިސާދީ ގޮތުން މުހިންމު ރަށަކަށް ވާއިރުު، އެރަށާއި މާލެއާ ދެމެދު ބްރިޖަކުން ގުޅާލުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިކަން މިގޮތަށް ކުރުމުގެ ބަދަލުގައި ތިލަފުށީގެ ފަޅުގައި މިހާރު އޮތް ސަރަހައްދު ބާއްވަންވީ ކުދި ބޯޓުފަހަރުތައް ބަނދަރުކުރާ ބަދަރަކަށް އަދި މުޅި ތިލަފުށި ބަދަލުކުރަންވީ މާލޭ ސަރަހައްދުގެ މައި ވިޔަފާރި ބަދަރަށް. އެހެން އެކަން ކުރުމުން މިހާރު މާލޭގެ ވިޔަފާރި ބަދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވާނެ ކަމަށްވެސް ގަބޫލުކުރެވެއެވެ. އަދި އިންޑިޔާއިން ގެންނަ ފިޔާ، އަލުވި، ކުކުޅުބިސް ގެންނަ ކުދި ލަކުޑި ބޯޓުފަހަރު އެ ހިއްކަން ބުނާ ފަޅަށް ވަދެ ބަނދަރުކޮށް މުދާ ބާލާ ހެދޭނެއެވެ. އަދި އެންމެ ބޮޑަތި އާގުބޯޓު ތަކަށް ކައިރިކުރުމަށް ތިލަފުށި އިރުމަތި ފަރާތް ހެދޭނެއެވެ.
ތިލަފެށީގެ ހުޅަނގައް އޮންނަ ނުހިކި އޮތް ފަރުގައި ސިޓީ ރިސޯޓަކާއި ކުޑަކުދީންގެ ބަގީޗާއެއް ހަދަންވީ. ދެން އެތާގަ ކުނި އެންދުން ހުއްޓާލާފަ..މުޅި އެސަރަހައްދަކީ ރީޓޭއިލް އަދި ހޯލްސޭލް މާކެޓަކައް ހަދާލަންވީ. އަދި މެދުގަ އޮތް ތަނައް ރާއްޖެތެރެއިން ސީޕުލޭން ޖެއްސޭގޮތައް ހަދަންވީ.