ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހިންމަފުށީ ކައިރީގައި އޮންނަ ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ރޭ 20:30 ހާއިރު ހިންމަފުށި ކައުންސިލުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް އެކަން ހުއްޓުވި ކަމަށެވެ.

އަދި އެކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އަންގައި މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އީޕީއޭގެ ލަފާގެ މަތިން އަޅާފައިވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެ ކައިރީގައި އޮންނަ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ފިނޮޅަކީ ހިންމަފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ދަތުރު ގޮސް ހަދާ ފިނޮޅެކެވެ. ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.

އެހެންވެ، އެ ރިސޯޓުގެ މުވައްޒަފުންތަކެއް ފަކީރާ ފަދަ ތަކެތި ހިފައިގެން އަރައި އެ ފިނޮޅަށް ގެއްލުން ދިން ކަމަށްވެއެވެ.

ހިންމަފުށި ތަމްސީލް ކުރައްވަމުން ގެންދަވާ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިންމަފުއްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮތް ރީތި ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް ގޮސް އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކުރަމުންދާ ކަމަށެވެ.

ނަސީމްގެ ޓުވީޓާ ގުޅިގެން ގިލިލަންކަންފުށިން ފިނޮޅަށް އެރި މީހުންނާ މެދުގައި އާންމުން ވެސް ވަނީ ހިތްހަމަނުޖެހިފައެވެ.

ފިނޮޅު ފަދަ ތަންތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަވަރު

    ރިސޯޓް ބަޔަކަށް އެފިނޮޅައް އަމުރެއް ނުހިންގޭނެ.އެއީކީ ރިސޯޓުން ކުއްޔައް ނަގާފަ އޮތް ތަނެއްނޫން.

    21
    1
    • ދިލްބަހާރު

      ޕޮލިހުން އަދި އީޕީއަށް ވެސް ނޭންގޭނެ އެތަނުގަ ވެލިގަނޑު ހެދުނުގޮތެއް އަދި ކުރިން އެއީ ނެތްތަނެއްކަމެއްވެސް. ހަގީގަތަކީ ރިސޯޓްގެ ކެނަލްއެއް ހަދަންވެގެން ނެގި ވެލިތަކެއް އެތަނައް އެމީހުން އެޅުން އެއީ ވީގޮތަކީ. ވާނުވާ އެގެން ޖެހޭއިބަ ބުރޯމެން

      1
      3
  2. ޖިހާދު

    މިކަންތައް ހުއްޓުމަކަ. އަންނާނީ ގާނޫނަކުން ތިކަހަލަ ނޭގާނީ ކަންތަ ކުރާމީހުން ޑީޕޯޓް ކުރެވޭނެ އަދި ރިސޯޓް ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު ހުކުމެ ވެސް އޮވެގެން އެހެން ނޫނީޔާ ރިސޯޓް ތަކުގެ މެނޭޖަރުން ކުރާ ގާނޫނާ ހިލާފު ކަންތަ ނުހުޓުވޭނެ
    މަޖިލިސް ރައީސް އައް ގޮވާލަނީ މިފަދަ ކަންތަ ކުރާމީހުން ގާނޫނުން ނުރެކެވޭނެ ގޮތެއް ހަދާ ދިނުމަ އެދި ތިޔައީ ދިވެހިންގެ ތިމާވެށީގެ ބައްޕަ މިކަން ދިވެސަކު ދޮގު ނުކުރާނެ ރިސޯޓެއްގެ ޖީއެމް އެކޭ ބުނަފީޔާ ހީވަނީ ދެންމިމީ މިމީހުންނަ މިފަސް ގަޑަކު ގާނޫނެ ގަވާއިދެ ނުހިގާނެ ކަމައް

    6
    1
    • ޖޯކޯ

      އެކޮއި ބޭބެ ބުނަން ވާހަކައެއް. ރިސޯޓް މެނޭޖަރަށް އަދަބެއް ދޭނީ ކިހިނެއް؟ ސަރުކާރު މަތީފަޑީގަ ތިބީ ރިސޯޓްތަކުގަ ޗުއްޓީހދާފަ، އެތާނގަ ކަރަންޓުންވެފަ ބިލް ނުދައްކާ އަންނަ މީހުން.

  3. ޑިލޫޝަނަލް

    ތަމެންގެ ވެރިކަމުގެ ތާރީޚް ގައި ދޯ މިލިޔެވިގެންދަނީ ބޭރު ޖީއެމް މެން ރާއްޖޭގެ ރީތި ފިނޮޅެއް ނޮޅާލި ތަން އެކަމަކު ތަމެންގެ ސަރުކާރުން އެކަން ކުށްވެރިކޮށް ތަމެންނަށް ބަޔާން ގަނޑެއް ވެސް 24 ގަޑިއިރު ވެގެން ދާއިރު ވެސް ނުނެރުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ މަމެންގެ ވެރިކަމުގައި ތިބި ނަމަ ތިޔާ ޖީއެމް މިހާރު ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައޭ ޔޫ ބެޓަރ ސްޓޮޕް ލައިންގް ޓު ޕަބްލިކް ދޯ ތަމެންގެ ވެރިކަމުގެ ހަގީގަތް ފަޅާ އަރަމުންދަނީއޭ

    2
    1
  4. ައަމީތާބު

    މަޖިލީހުގެ ރައީސް އަށް ގޮވާލަން ގިރިލަންކަންފުށީގެ ޖެނެރަލްމެނޭޖަރު މަޖިލީހަށް ހާޒިރުކުރަން އަދި އޭނާ ޑީޕޯޓް ކޮށްލަން ރައީސް ނަޝީދަކީ ތިމާވެށީގެ ބައްޕަ ކަން ގަބޫލުނުކުރާ ދިވެއްސަކު ނޫޅެނެ

    1
    1