ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމާއި ގުޅިގެން، ހައިކޯޓުން އިއްޔެ އިއްވި ޙުކުމާއި އެކު، ރާއްޖޭގެ ކޯޓުތަކުގައި ހައްޤުބަސް ބުނަން ފަސްނުޖެހޭނެ ފަނޑިޔާރުން ތިބިކަން ކަށަވަރުވެއްޖެ ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަދާމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެއަކީ ޖުޑީޝަރީ މިނިވަންކޮށް، ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް ދޭނެކަމަށް ވީ ވަޢުދުގެ ނިވަލުގައި، ވެރިކަމަށް އައި ކޯލިޝަންގެ މަކަރުވެރި ސޫރަ ހާމަވެގެންދިޔަ ދުވަސް ކަމަށާއި، އިއްޔެ އަކީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމަށް، ހައިކޯޓުގެ 33 އިންސައްތަ ނޫނެކޭ ބުނި ދުވަސް ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅިގެން، އެ މައްސަލަ އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ 75 އިސްތިޢުނާފީ ނުކުތާއާއި އެކުއެވެ. މި ނުކުތާތަކާއި ގުޅިގެން، ޝަރީޢަތަށް ފާހަގަކުރެވުނު މުޙިއްމު ކަންކަމާއި ގުޅިގެން އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.

މައްސަލައިގެ ޙުކުމަށް ވާޞިލްވުމުގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔު އިއްވަމުން، ވިދާޅުވީ، ޖިނާޢީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ މިންގަނޑު، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން، މަނީލޯންޑްރިން އަދި ޓެރެރިޒަމަށް ފައިނޭންސް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ރައީސް ޔާމީންނަށް އެނގިގެންކަން، ދަޢުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދަޢުލަތުގެ ޒިންމާއަކީ، އެ ފައިސާ އަކީ، ޝައްކު އެކުލެވޭ ފައިސާއެއްކަން ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުން ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސައިން މަޒީދާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތަޢީދުކޮށްފައެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރަޢުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އިއްވާފައިވާ ޙުކުމެއް ކަމަށާއި، އެހެންކަމުން އެ ޙުކުމް ބާޠިލް ކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެކޮޅު

    ކަންކަމާމެދު ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން ނަމަވެސް ރ ޔާމީނު ފައިސާއަށް ކިޔާނާތްތެރިވިކަމީ ޝައްކެއްވެސް ނެތްކަމެއް

    4
    13
    • Anonymous

      ޝައްކެއްވެސް ނެތް ދޯ އަންނި ވެރިކަމުން ވައްޓާލީ ބަޣާވާތަކުން ކަން. މުޅި ގައުމުގަ ހުޅުޖެހި އެންމެންނަކީ ވެސް ގައުމީ ބަތަލުންކަމާމެދުވެސް ޝައްކެއްނެތް ދޯ ހަމަ.

  2. ....

    އަހަރެންނަށް ކަންބޮޑުވިން އޮތީ ރައީސް ޔާމީން ވެގެންނެއް ނޫން...ސާބިތު ހެކިކަމަށް އެކަށީގެންވާ ހެކި ނެތި އެއްވެސް މީހެއްގެ މައްޗަށް ހުކުުމް ކުރެވޭނަމަ އެތަނެއްގައި އަދުލުވެރިކަމެއް ނުހިނގާނެ..ރައީސް ޔާމީން ހިޔާނާތްވިކަމަށް އަހަރެންނަށްވެސް ގަބޫލު ކުރެވޭ...ނަމަވެސް ޝަރީއަތުގައި ހުކުމެއް ކުރެވެންވާނީ ސާބިތު ހެކީގެ މައްޗަށް..އެއީ މުޅި އަދުލުގެ ނިޒާމާއި ރައްޔިތުންގެ އަމަނާއި އިންސާފާ ގުޅުން ހުރި ކަމެއް.. ޔާމީން ވީމަ ބުނާ އެއްޗެއް ނޫން...ކުރިޔަސް ނުކުރިޔަސް ސާބިތު ހެކި އެކަށީގެންވާ ވަރަށް ނެތި ހުކުމް ކުރެވިގެން ނުވާނެ...އެހެން އެކަން ކުރަން ޖެހޭ އެއް ސަބަބަކީ ކުށް ނުކުރާ ސާފު މީހެއްގެ ބޮލުގައި ކުށެއް އަޅުވައި އޭނާއަށް ނުހައްގު އަނިޔާއެއް ދެވޭނެ މަގު ބަންދު ކުރުން...ޔާމިން ސަލާމަތް ކުރުމެއް ނޫން ބޭނުމަކީ...ބޭނުމަކީ އަދުލު އިންސާފާއި އަނިޔާވެރިކަން ނައްތާލުން...އެހެންވީމަ އެފަދަ ހުކުމްތައް ބާތިލް ކުރުމަށް އަހަރެމެން މަސައްކަތް ކުރަން ޖެހޭނެ...

    • Anonymous

      ހެއްކެއް ނެތިއްޔާ އެހެން މީހުންގެ ބޮލުގައި ބަދުނާމު ނޭޅުވިއްޔާ ރަނގަޅުވާނީ. އެއީ ފަހަރުގަވެސް ކުށްހީއަކަށްވެދާނެތީވެ. އަދި އެވާހަކަ ދައްކަމުން ދުވީ މި ގައުމުގަ އަބަދުވެސް ދޮގުހަދާ ފަސާދަ އުފައްދާ ބަޔަކަށް ވީމަ.

  3. ބަކުރު

    މިދައުރު ނިމުނީމާ ސޯލިހާއި އަންނިގެ މަށްސަލަބެލުމަކީ އެއްމެ މުހިއްމު ރައުޔު މިރައުޔަށް ހިލާފުނުވެ ޖަލަށް މިދެމީހުން ގެންދާނެކަމީ ގެރަންޓީ ރައުޔެއް ދައުރު ހަނަވަންދެން ތިހެންތެޅިބާލާ ފަހުންއޮތީ ހިތްދަތި ކަމާއި މައިކަށި 5 ބުރިއަށް ބިނދުން.